Thursday, 27 March 2025
Ads by

މާލެ އާއި 23 ރަށެއްގައި މިރޭ މަޣުރިބަށް ފަހު ޒަކާތާ ބެހޭ ހާއްސަ ދަރުސްތަކެއް

މާލެ އާއި 23 ރަށެއްގައި މިރޭ މަޣުރިބަށް ފަހު ޒަކާތާ ބެހޭ ހާއްސަ ދަރުސްތަކެއް

ދަރުސް ޕްރޮގްރާމެއް: މިރޭ މަޣުރިބު ނަމާދަށްފަހު މާލެ އާއި 23 ރަށެއްގައި ޒަކާތާ ބެހޭ ހާއްސަ ދަރުސްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައި - ފޮޓޯ:އިސްލާމިކް މިނިސްޓްރީ

މިރޭ މަޣުރިބު ނަމާދަށްފަހު މާލެ އާއި 23 ރަށެއްގައި ޒަކާތާ ބެހޭ ހާއްސަ ދަރުސްތަކެއް ބޭއްވުމަށް އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިފިއެވެ.

Ad Image
Ads by MN Maldives

އިސްލާމިކް މިނިސްޓްރީން ސިލްސިލާ ގޮތެއްގައި މިސްކިތު ދަރުސްތައް ބާއްވަމުން އަންނައިރު އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެފައި ވަނީ މިރޭ މަޣުރިބު ނަމާދަށްފަހު މާލެ އާއި 23 ރަށެއްގައި ޒަކާތާ ބެހޭ ހާއްސަ ދަރުސްތަކެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެއީ މިވަގުތު އިލްމުވެރިން ތިއްބެވި ރަށްތައް ކަަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.

“ޒަކާތުގެ މުހިންމުކަން” މި މައުލޫގެ މައްޗަށް ދޭ ދަރުސް އޮންނާނީ؛

  • މާލެ
  • ވިލިމާލެ
  • ހުޅުމާލެ
  • ހއ. އިހަވަންދޫ
  • ހއ. ހޯރަފުށި
  • ހއ. ކެލާ
  • ހއ. މާރަންދޫ
  • ހދ. ކުޅުދުއްފުށި
  • ށ. ޅައިމަގު
  • ށ. ފޯކައިދޫ
  • ނ. މާފަރު
  • ރ. ފައިނު
  • ރ. ރަސްގެތީމު
  • ރ. ހުޅުދުއްފާރު
  • އއ. ތޮއްޑޫ
  • އދ. ދަނގެތި
  • ދ. ކުޑަހުވަދޫ
  • ގދ. ތިނަދޫ
  • ޏ. ފުވައްމުލައް
  • ސ. ހިތަދޫ
  • ސ. ފޭދޫ
  • ސ. ހުޅުދޫ
  • ސ. މީދޫ

މިއަދުގެ ހުކުރު ހުތުބާ ވެސް ހާއްސަ ކޮށްފައި ވަނީ މުދަލު ޒަކާތް ދެއްކުމުގެ މުހިންމުކަމުގެ މައްޗަށެވެ. ހުތުބާގައި ވަނީ މުސްލިމުންގެ މުދަލުން ޒަކާތަށް ކަނޑައެޅިފައިވާ މިންވަރު ނެރުމަކީ އިސްލާމްދީނުގެ ރުކުނެއް ކަމުގައިވީއިރު، ޒަކާތް ވާޖިބުވެއްޖެ ކޮންމެ މީހަކުމެ، ތިމާގެ މުދަލުން ޒަކާތް ދައްކަން ޖެހޭނެކަން ފާހަގަކޮށް، މުދަލު ޒަކާތް ދެއްކުމުގައި ފަރުވާ ކުޑަނުކޮށް ދީނީ މި ވާޖިބު ފުރިހަމަ ގޮތުގައި އަދާކުރުމަށް ނަސޭހަތްތެރިވެ އެކަން ކުރުމަށް ގޮވާލާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
371525_e3caafb0-1_
ތިން ވަޒީރުންނަށް ރުހުން ހޯދަން ކޮމިޓީއަށް
police_shaheedhhussainadam_gaumeedhidha_flag_jumhooree
ސްކޫލު ދަރިވަރަކު ރަހީނުކޮށް ބްލެކްމެއިލް ކުރި މައްސަލަ ބަލަނީ
aasaharaa
މަރާމާތުތަކަށްފަހު އާސަހަރާ ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ކުރިއަށް
MPL-northharbour2
އެމްޕީއެލް އިން ހުޅުމާލޭގައި 10 ބުރީގެ އިމާރާތެއް އަޅަނީ
Ads by
މަގުބޫލު
police_shaheedhhussainadam_gaumeedhidha_flag_jumhooree
ސްކޫލު ދަރިވަރަކު ރަހީނުކޮށް ބްލެކްމެއިލް ކުރި މައްސަލަ ބަލަނީ
A07F9088-E0DE-4C18-BAE3-6518526D2800
އެކި ސުފުރާ: ޗޮކްލެޓް ބޯލްސް
2bada6e4b32f43d7fca7689d75b1e936
ދެ ވަނަ ލެގުގައިވެސް ޕީއެސްޖީ ބަލިކޮށް ޑޯޓްމަންޑް ޗެމްޕިއަންސް ލީގުގެ ފައިނަލަށް
Kamanaa
އެންމެ ކާމިޔާބު ފިލްމް "ކަމަނާ": ތިނަދޫ ސިޓީގެ ޕްރިމިއަރ އަށް ޔޫއްޕެ ތިނަދޫއަށް!