Sunday, 26 July 2026
Ads by

މުދަލު ޒަކާތް ދެއްކުމުގައި ފަރުވާ ކުޑަނުކޮށް ފުރިހަމަ ގޮތުގައި ވާޖިބު އަދާކުރަން ޖެހޭ: ޚުޠުބާ

މުދަލު ޒަކާތް ދެއްކުމުގައި ފަރުވާ ކުޑަނުކޮށް ފުރިހަމަ ގޮތުގައި ވާޖިބު އަދާކުރަން ޖެހޭ: ޚުޠުބާ

މުދަލު ޒަކާތް ދެއްކުމުގައި ފަރުވާ ކުޑަނުކޮށް ފުރިހަމަ ގޮތުގައި ވާޖިބު އަދާކުރަން ޖެހޭ ކަމަށް ޚުޠުބާގައި ވަނީ ބުނެފައި - ފޮޓޯ:އިސްލާމިކް މިނިސްޓްރީ

މުދަލު ޒަކާތް ދެއްކުމުގައި ފަރުވާ ކުޑަނުކޮށް ދީނީ މި ވާޖިބު ފުރިހަމަ ގޮތުގައި އަދާކުރަން ޖެހޭ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

Ad Image
Ads by

މުދަލު ޒަކާތުގެ މައްޗަށް އަލިއަޅުވާލައި ޚުޠުބާގައި ބުނީ މާތް ﷲ އަހަރެމެން އިންސާނުންނަށް ވަނީ އަދަދު ނުކުރެވޭ ގިނަގުނަ ނިޢުމަތްތައް ދެއްވާފައި ކަަމަށެވެ. މީގެތެރެއިން މުދާވެރިކަމާއި ތަނަވަސް ކަަމަކީ މާތް ﷲ އިންސާނުންނަށް ދެއްވާފައިވާ ނިޢުމަތްތަކުގެ ތެރެއިން މަތިވެރި ނިޢުމަތެއް ކަމަށެވެ. މުދަލުގެ ޙަޤީޤީ މިލްކުވެރި ފަރާތަކީ މާތް ﷲ ކަމަށެވެ. އެހެންކަމުން އެކަލާނގެ އަންގަވާފައިވާ ގޮތުގެ މަތިން، އެ މުދަލުން ފަޤީރުންނަށާއި މިސްކީނުންނަށާއި ބޭނުން ޖެހިފައިވާ މީހުންނަށް އެހީތެރިވެ، ﷲ ގެ މަގުގައި ހޭދަ ކުރަން ޖެހޭ ކަމަށެވެ.

ޒަކާތް ދިނުމަކީ އީމާންކަމުގެ އަހުލުވެރީންގެ ސިފައެއްކަން ފާހަގަކޮށް މިއަދުގެ ޚުޠުބާގައި ބުނެފައި ވަނީ މުދަލަށް ލޯބި ކުރުމާއި މުދަލަށް ދަހިވެތިވުމަކީ އިންސާނާގެ ފިޠުރަތުގައިވާ ކަމެއް ކަމަށެވެ.

”މުދަލަކީ، އެއްވެސް ޙާލެއްގައި އެއިން ހޭދަނުކޮށް ރައްކާކޮށްފައި ބަހައްޓަންވީ އެއްޗެއް ނޫނެވެ. މުދާވެރިކަމާއި ތަނަވަސްކަން ލިބިފައިވާ މީހުން ޒަކާތް ދެއްކުމާ އެކު ﷲ ގެ މަގުގައި ހޭދަ ކުރަން ޖެހެއެވެ. ފަޤީރުންނާއި ބޭނުން ޖެހިފައިވާ މީހުންނަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދޭން ޖެހެއެވެ. މާތް ﷲ ގެ މަގުގައި ހޭދަ ކުރުމާއި މުޖުތަމަޢަށް ފައިދާހުރި ކަންތަކުގައި މާލީ ގޮތުން ބައިވެރިވުމާއި ބޭނުން ޖެހިފައިވާ މީހުންގެ ބޭނުންތައް ފުއްދައިދިނުމާއި މިފަދަ ކަންކަމީ ކުރަން ޖެހޭ ކަންކަމެވެ،“

މުސްލިމުންގެ މުދަލުން ޒަކާތަށް ކަނޑައެޅިފައިވާ މިންވަރު ނެރުމަކީ އިސްލާމްދީނުގެ ރުކުނެއް ކަމުގައިވީއިރު، ޒަކާތް ވާޖިބުވެއްޖެ ކޮންމެ މީހަކުމެ، ތިމާގެ މުދަލުން ޒަކާތް ދައްކަން ޖެހޭނެކަން ފާހަގަކޮށް، މުދަލު ޒަކާތް ދެއްކުމުގައި ފަރުވާ ކުޑަނުކޮށް ދީނީ މި ވާޖިބު ފުރިހަމަ ގޮތުގައި އަދާކުރުމަށް ހުކުރު ޚުޠުބާގައި އެންމެހާ މުސްލިމުންނަށް ނަސޭހަތްތެރިވެ ވަނީ ގޮވާލާފައެވެ.

ޚުޠުބާގައި ބުނީ ޒަކާތް ދިނުމާއި ޞަދަޤާތް ދިނުމުގެ ދުނިޔަވީ މަންފާތަކުގެ ތެރޭގައި ތިމާގެ މުދާ ޠާހިރުވުމާއި ބަލިތަކަށް ޝިފާ ލިބުން ލައްވާފައިވާ ކަމަށެވެ. ޒަކާތް ދެއްކުމަށް އިންކާރުކޮށް، ޒަކާތް ދެއްކުމަށް ދެކޮޅު ހެދި މީހުންނާ ބެހޭ ގޮތުން މުސްލިމުންގެ ފުރަތަމަ ޚަލީފާ އަބޫބަކުރުގެފާނު ވިދާޅުވެފައިވެއެވެ.

”ﷲ ގަންދެއްވައި ވިދާޅުވަމެވެ. ނަމާދާއި ޒަކާތް ތަފާތުކޮށްފި މީހަކާ ތިމަންކަލޭގެފާނު ހަނގުރާމަ ކުރައްވާ ހުށީމެވެ. ފަހެ ހަމަކަށަވަރުން ޒަކާތަކީ މުދަލުން އަދާކުރަން ޖެހޭ ޙައްޤެކެވެ.“

ތަނަވަސްކަމުގެ އަހުލުވެރިން، އެބައިމީހުންގެ މުދަލުން ޒަކާތް އަދާކުރާ ނަމަ އިސްލާމީ މުޖުތަމަޢުގެ ވަަރަށް ގިނަ އިޖުތިމާޢީ މައްސަލަތައް ޙައްލުވާނެ ކަމަށް މިއަދުގެ ޚުޠުބާގައި ވަނީ ބުނެފައެވެ. ޚުޠުބާގައި ބުނި ގޮތުގައި ޙަސަދަވެރިކަމާއި ރުޅިވެރިކަން އެބައިމީހުންގެ މެދުން ފިލާނެ ކަމަށާއި އެބައިމީހުންގެ މެދުގައި ފަޤީރުކަން ނެތި، މުޖުތަމަޢުގެ އެންމެހާ ފަރުދުން ފުދުންތެރި ބަޔަކަށް ވާނެ ކަމުގައެވެ. ފަޤީރުންނާއި މިސްކީނުންނާއި ޔަތީމުންނާއި އަތްމަތިދަތި މީހުންނާ މި ހުރިހާ އެންމެން ދެއަތް އުފުލައި، އެބައިމީހުންގެ ބޭނުންތައް ފުއްދައިދިނުމުގައި މެދުވެރިވި މީހުންނަށް ހެޔޮ ދުޢާކޮށް، އެބައިމީހުންގެ މުދަލުގައި ބަރަކާތް ލެއްވުން އެދި ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާނެ ކަމުގައެވެ.

ދުނިޔެ ދޫކޮށްފައި ދާން ޖެހޭނެ ވަގުތެއް އެއްވެސް މީހަަކަށް ނޭނގޭނެކަން ފާހަގަކޮށް، އަތްމަތި ތަނަވަސް ކުރައްވައި އެކަލާނގެ ފަޟްލުވަންތަކަން ދެއްވީ އިމްތިހާނަކަށްކަން ހަނދާން ކުރަން ޖެހޭކަން ފާހަގަކޮށް ހުކުރު ޚުޠުބާގައި ވަނީ ދީނުގެ ރުކުނެއް ކަމުގައިވާ ޒަކާތް ދެއްކުމަށް ފަރުވާތެރިވެ، ޒަކާތް ދެއްކުމަށް އިލްތިމާސްކޮށްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި