Saturday, 24 October 2026
Ads by

އެޗްއާރްސީއެމްގެ މެންބަރުކަމަށް އައްޔަންކުރަން 2 ބޭފުޅެއްގެ ނަން މަޖިލީހަށް

އެޗްއާރްސީއެމްގެ މެންބަރުކަމަށް އައްޔަންކުރަން 2 ބޭފުޅެއްގެ ނަން މަޖިލީހަށް

އެޗްއާރްސީއެމްގެ މެންބަރު ކަމަށް އައްޔަންކުރުމަށް ރައީސް މުޢިއްޒު މަޖިލީހަށް ނަން ފޮނުއްވި ދެ ބޭފުޅުން---

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ މެންބަރުކަމުގެ މަގާމަށް އައްޔަންކުރެއްވުމަށްޓަކައި ދެ ބޭފުޅެއްގެ ނަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

Ad Image
Ads by

ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި ސިޓީފުޅުގައި ހިމެނޭ ދެ ބޭފުޅުންނަކީ:

  • ހ. މީނާޒު، ޝަމްޢޫން ހަމީދު
  • ގދ. ތިނަދޫ، އަސޭގެ، އަލްއުސްތާޛާ ސަމާއު އަޙުމަދު ނަޖީބު

އެޗްއާރްސީއެމްގެ މެންބަރުކަމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުސްވި ޖުލައި މަހު ހުޅުވާލެއްވީ، މިހާރުގެ މެންބަރެއްގެ ދައުރު ހަމަވާތީއެވެ. އެގޮތުން، މިހާރު ވެސް އެ ކޮމިޝަނުގެ މެންބަރެއްގެ ގޮތުގައި ހުންނެވި އަލްއުސްތާޛާ ސަމާއު އަޙްމަދު ނަޖީބުގެ ދައުރު އަންނަ އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހަށް ހަމަވާނެއެވެ. މަޖިލީހަށް ނަން ފޮނުއްވި އަނެއް ބޭފުޅެއް ކަމުގައިވާ ޝަމްޢޫން ޙަމީދަކީ ވެސް އެ ކޮމިޝަނުގެ އިސް މަގާމުތަކެއް ފުރުއްވައި، އެ ދާއިރާއިން ގިނަ ތަޖުރިބާތަކެއް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މި ނަންތައް އިތުރަށް ދިރާސާކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް މިހާރު ވަނީ ފޮނުވައިފައެވެ. އެޗްއާރްސީއެމްއަށް މެންބަރަކު އައްޔަންކުރެވޭނީ، ކޮމިޓީ މަރުހަލާގައި މި ނަންތައް ދިރާސާކޮށް ނިންމުމަށްފަހު، މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓަކުން ފާސްވެގެންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި