Tuesday, 1 September 2026
Ads by

ޝިއާއުގެ މަރު: އަޑު އެހުންތައް ނިމިއްޖެ، ހުކުމް ކުރުން އަންނަ މަހު

ޝިއާއުގެ މަރު: އަޑު އެހުންތައް ނިމިއްޖެ، ހުކުމް ކުރުން އަންނަ މަހު

ޝިއާއު މުޙައްމަދު ސަޢީދުގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ އަލީ ޝާހިލްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުން މިއަދު ނިންމާލައިފިއެވެ.

Ad Image
Ads by

ދެހާސް ބާވީސް ވަނަ އަހަރުގެ އޯގަސްޓް މަހުގެ ހަ ވަނަ ދުވަހުގެ ރޭ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއްދީ ޝިއާއު އަނިޔާވެރި ގޮތަކަށް މަރާލާފައިވަނީ ހ. ޝީރީންވިލާގައެވެ. މި މައްސަލައާ ގުޅިގެން ފ. ނިލަންދޫ ފިނިފެންމާގޭ، އަލީ ޝާހިލްގެ މައްޗަށް ފަސް ދައުވާއެއް ވަނީ އުފުލާފައެވެ.

ޝާހިލް ހައްޔަރުކުރި ފަހުން، އޭނާގެ މައްޗަށް ކުރި ބައެއް ދައުވާތައް ސާބިތުވެ، މިހާރުވެސް އަންނަނީ ތިން އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.

މި މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންގޮސްފައިވަނީ އާންމުކޮށް ހުޅުވާނުލައި ސިއްރުކޮށްގެންނެވެ. އަދި ޝާހިލްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރެއިން ބައެއް ދައުވާތަކުގެ ބާވަތްތައްވެސް ވަނީ ސިއްރުކޮށްފައެވެ.

މިދިޔަ ހަފުތާގައި މި މައްސަލައިގެ އެންމެ ފަހު އަޑުއެހުން ބާއްވާފައިވާއިރު، އެ ދުވަހު އޮތީ ހުލާސާ ބަޔާން އިއްވުމެވެ.

މި މައްސަލައިގައި ދެން އޮންނާނީ ޝާހިލްގެ މައްޗަށް ކުށް ސާބިތުވޭތޯ ނުވަތަ ނޫންތޯ ކަނޑައެޅުމެވެ. އެއަށްފަހު، ކުށް ސާބިތުވެއްޖެނަމަ ޝަރީއަތުން އަދަބު ކަނޑައަޅާނެއެވެ. ޝާހިލް ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

އެނގިފައިވާ ގޮތުގައި މި މައްސަލައިގައި އަންނަ މަހުގެ ތެރޭގައި ހުކުމް އިއްވުމަށް ވަނީ ހަމަޖައްސައިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
thinadhoo hospital
ތިނަދޫ ސިޓީ ސިނާއީ ސަރަހައްދުގައި ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެ
049-criminal-court-1200x630
ފިރިހެން ކުއްޖަކު ގްރޫމުކުރުމުގެ ތުހުމަތު އޮތް މީހާގެ ފޯނުގައި އެތައް ސަތޭކަ ބަހަަރަނާ ވީޑިއޯއެއް، އަމިއްލަ ވީޑިއޯވެސް ހިމެނޭ
dollar
ގަވާއިދާ ހިލާފަށް ޑޮލަރުގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ނައިޑް އިންވެސްޓްމަންޓްގެ އޮފީސް ރެއިޑްކޮށްފި
Screenshot 2026-09-01 at 10.55
ލަންކާގައި މަރުގެ ހުކުމަކުން ދިވެއްސަކު ސަލާމަތްވެއްޖެ
Ads by
މަގުބޫލު
20260827_092710
ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަބްދުލްޢަޒީޒް އަލް-ޠަރީފީ މެރުމަށް ސަޢޫދީ ޕްރޮސެކިއުޝަނުން ކޯޓުގައި އެދިއްޖެ
image_870x_6a3e8969ce9a8
ނަޝީދުއާއެކު ގެންނާން އުޅުނު "ބޮޑު ބަދަލު" ބޮޑު ކޯޅުމަކަށް!
20260830-234549-720281
3 އަހަރުގެ ދަރިފުޅަށް ޖިންސީ ގޯނާކޮށް، އެ މަންޒަރުތައް ރެކޯޑުކުރި ބައްޕައަކު ހައްޔަރުކޮށްފި
Screenshot 2026-08-28 at 15.46
ޕީއެންސީ މީހުން ޔާމީންގެ ޕާޓީއަށް ގެންދަން ނަޝީދު ކެމްޕެއިނަށް
20260827_092710
ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަބްދުލްޢަޒީޒް އަލް-ޠަރީފީ މެރުމަށް ސަޢޫދީ ޕްރޮސެކިއުޝަނުން ކޯޓުގައި އެދިއްޖެ
image_870x_6a3e8969ce9a8
ނަޝީދުއާއެކު ގެންނާން އުޅުނު "ބޮޑު ބަދަލު" ބޮޑު ކޯޅުމަކަށް!
20260830-234549-720281
3 އަހަރުގެ ދަރިފުޅަށް ޖިންސީ ގޯނާކޮށް، އެ މަންޒަރުތައް ރެކޯޑުކުރި ބައްޕައަކު ހައްޔަރުކޮށްފި
Screenshot 2026-08-28 at 15.46
ޕީއެންސީ މީހުން ޔާމީންގެ ޕާޓީއަށް ގެންދަން ނަޝީދު ކެމްޕެއިނަށް