Saturday, 24 October 2026
Ads by

ވާސޯގައި ޔޫކްރޭން-އެމެރިކާ ރައްޔިތަކު މަރާލަން ރަޝިޔާއިން ރޭވި ރޭވުމެއް ޕޯލޭންޑުން ނާކާމިޔާބުކޮށްލައިފި

ވާސޯގައި ޔޫކްރޭން-އެމެރިކާ ރައްޔިތަކު މަރާލަން ރަޝިޔާއިން ރޭވި ރޭވުމެއް ޕޯލޭންޑުން ނާކާމިޔާބުކޮށްލައިފި

ޕޮލެންޑުގެ ވޯސޯގައި އެމެރިކާ އާއި އޫކްރޭންގެ ރައްޔިތުކަން އޮންނަ މީހަކު މަރާލަން ރޭވިކަމުގެ ތުހުމަތުގައި، ޕޮލެންޑުން ރަޝިއާގެ ރައްޔިތަކު ހައްޔަރުކޮށްފިއެވެ. (އަންދަލޫ އެޖެންސީ)

ޕޯލޭންޑުގެ ވެރިރަށް ވާސޯގައި ދިރިއުޅޭ ޔޫކްރޭން-އެމެރިކާގެ ރައްޔިތަކު މަރާލުމަށް ރަޝިޔާގެ އިންޓެލިޖެންސުން ރޭވި ނުރައްކާތެރި ރޭވުމެއް ޕޯލޭންޑުގެ ސެކިއުރިޓީ ސަރވިސް (އޭބީޑަބްލިއު) އިން ވަނީ ނާކާމިޔާބުކޮށްފައެވެ. ޕޯލޭންޑުގެ ބޮޑުވަޒީރު ޑޮނަލްޑް ޓުސްކް ހާމަކުރި ގޮތުގައި، ރަޝިޔާގެ އެޖެންޓުންގެ އިރުޝާދުގެ ދަށުން ހަރަކާތްތެރިވި ’މުޖުރިމު‘ ވަނީ ޙަމަލާދިނުމުގެ ކުރިން ހައްޔަރުކޮށްފައެވެ.

Ad Image
Ads by

މިއީ ނޭޓޯގެ ޤައުމެއްގެ ތެރޭގައި އެމެރިކާގެ ރައްޔިތަކު މަރާލުމަށް ރަޝިޔާއިން ސީދާ އަމާޒުކޮށްގެން ޙަމަލާއެއް ދޭން ރޭވިކަން ކަށަވަރުވި ފުރަތަމަ ފަހަރެވެ. މި ހާދިސާއާ ގުޅިގެން ޕޯލޭންޑުން ވަނީ ޤައުމުގައި ތިބި ބޭރުގެ ޚާއްޞަ ފަރާތްތަކުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް، ރަޝިޔާގެ ޖާސޫސީ ނެޓްވޯކްތަކާ ދެކޮޅަށް ފިޔަވަޅުތައް އަޅަން ފަށާފައެވެ.

ހަމަމިއާއެކު ޕޯލޭންޑުގެ ޖާސޫސީ އިދާރާއަށް ރަޝިޔާގެ އަސްކަރީ ސިއްރުތަކާއި މިސައިލް ނިޒާމުތަކުގެ މައުލޫމާތު ފޯރުކޮށްދިން ކަމަށް ބުނެ ރަޝިޔާގެ ރައްޔިތެއް ކަމަށްވާ ޖޯޖީ ޕިރޯގޯވް 23 އަހަރަށް ޖަލަށް ލުމަށް މޮސްކޯގެ ކޯޓަކުން ވަނީ ޙުކުމްކޮށްފައެވެ. ރަޝިޔާއިން މި ހުކުމް އާންމުކޮށްފައިވަނީ ވާސޯގައި އެމެރިކާގެ ރައްޔިތަކު މަރާލަން ރަޝިޔާއިން ރޭވި ރޭވުމެއް ޕޯލޭންޑުން ނާކާމިޔާބުކޮށްލި ކަމަށް ބުނިކަމުގެ 24 ގަޑިއިރު ފަހުންނެވެ. މި ހާދިސާއާއެކު ނޭޓޯގެ އިރުމަތީ ބޯޑަރުގައި ރަޝިޔާއާއި ޕޯލޭންޑާ ދެމެދު ހިނގަމުންދާ ސިއްރު ޖާސޫސީ ހަރަކާތްތައް ވަނީ އިތުރަށް ވަރުގަދަވެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
20261024_135936
1967 ގެ ފަހުން ހިންގާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަން ވެސްޓު ބޭންކުގައި އިޒްރޭލުން ފަށައި، ޚަލީލް ސިޓީ ޙިޞާރުކޮށްފި
jinseegoanaa
ރޭޕްކޭސް: އަނިޔާ ލިބުނު ފަރާތްތަކުގެ ޒާތީ މައުލޫމާތާއި ފޮޓޯ އާންމުނުކުރުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި