Saturday, 17 October 2026
Ads by

ފަހިވައިގޭގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން 4 މީހަކަށް ވަގުތީ ބޯހިޔާވަހިކަން

ފަހިވައިގޭގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން 4 މީހަކަށް ވަގުތީ ބޯހިޔާވަހިކަން

ފަހިވައިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި އެޕާޓްމަންޓުގެ ސިޓީންރޫމް ބޭނުންނުކުރެވޭ ވަރަށް އަނދާފައި---

ހެންވޭރު ފަހިވައިގޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން ހަތަރު ދިވެއްސަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމު ހަމަޖައްސައިދީފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

Ad Image
Ads by

އެންޑީއެމްއޭ އިން ބުނީ، އެހީތެރިކަން ފޯރުކޮށްދީފައިވަނީ އަލިފާން ރޯވި އިމާރާތުގެ ހަތްވަނަ ފަންގިފިލާގައި އެޕާޓްމަންޓުގައި ދިރިއުޅެމުން އަންނަ ތިން އަންހެނަކާއި ފިރިހެނަކަށް ކަމަށެވެ. ފަހިވައިގޭގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ރޭގެ ވަގުތެއްގައެވެ. އަދި ފުލުހުންނާއި އެމްއެންޑީއެފްއިން ގުޅިގެން ކުރެވުނު މަސައްކަތުން އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވަނީ ރޭ 21:25 ހާއިރުއެވެ.

މި ހާދިސާގައި އަލިފާން ރޯވެފައިވަނީ އެގޭގެ ހަތްވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓުގެ ސިޓިންރޫމުގައެވެ. އެހެންކަމުން އެޕާޓްމަންޓުގެ ސިޓިންރޫމަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

މި ހާދިސާގައި އެ ގޭގައި ދިރިއުޅޭ އެއްވެސް މީހަކަށް އަނިޔާވެފައި ނުވި ނަމަވެސް އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި ފުލުހެއްގެ އަތް ކަނޑައިގެންގޮސް އަނިޔާވުމާ ގުޅިގެން، އޭނާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދިނެވެ. ނަމަވެސް، ފުލުސް މީހާއަށް ސީރިއަސް އަނިޔާއެއްވެފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

އެންޑީއެމްއޭ އިން އިތުރަށް ބުނެފައިވަނީ، މި ހާދިސާގެ ސަބަބުން އެ އިމާރާތުގެ ބައެއް އެހެން ފަންގިފިލާތަކަށް ދުމުގެ އަސަރު ފޯރި ކަމަށާއި ނަމަވެސް، އެ އެޕާޓްމަންޓްތަކަށް މާބޮޑެތި ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
Screenshot_20261016_230228_Gallery
އައްޑޫ މީދޫ ކައުންސިލުން، ފިޝަރީޒް މިނިސްޓްރީއާއިއެކު 3 އެއްބަސްވުމެއްގައި ސޮއިކޮށްފި
download - 2026-10-16T220648
މެލޭޝިއާގައި ހިންގި ދެ ރޭޑެއްގައި 4.4 މިލިއަން ޑޮލަރުގެ މަސްތުވާތަކެއްޗާއެކު ބޮޑު ނެޓްވޯކެއް އަތުލައިގަނެފި
police jeelu
ވަގު ނަންބަރު ބޯޑު ހަރުކޮށްގެން ސައިކަލު ދުއްވައި، ވައްކަން ކުރަން އުޅުނު 5 މީހަކު އަތުލައިގެންފި
Ihsan
ޤައުމީ ސަލާމަތާއި ގުޅޭ ކަންކަމުގައި ދޮގުވާހަކަ ނުފެތުރުމަށް ހޯމް މިނިސްޓަރ އިލްތިމާސް ކުރައްވައިފި
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި