Saturday, 24 October 2026
Ads by

އިސްލާމް ދީނާ ފުށުއަރާ ގާނޫނެއް ވުޖޫދު ނުކުރެވޭ ގޮތަށް ގެންނަ ބަދަލަކީ ލާޒިމު ބަދަލެއް: ސަމީރު

އިސްލާމް ދީނާ ފުށުއަރާ ގާނޫނެއް ވުޖޫދު ނުކުރެވޭ ގޮތަށް ގެންނަ ބަދަލަކީ ލާޒިމު ބަދަލެއް: ސަމީރު

ޝެއިހް ސަމީރު---

އިސްލާމް ދީނާ ހިލާފު ގާނޫނޭއް ރާއްޖޭގައި ވުޖޫދު ނުކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ހުށަހަޅުއްވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަކީ ރާއްޖެ ފަދަ ސައްތައިން ސައްތަ މުސްލިމް ގައުމެއްގައި ކޮންމެހެން ލާޒިމު ނިންމުމެއް ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ގައުމީ ދުވަހުގެ މުނާސަބަތުގައި އުތީމުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އިސްލާމްދީން ހިމާޔަތްކުރެވޭނެ ފުރިހަމަ ނިޒާމެއް ގައުމުގައި ފުރިހަމައަށް ގާއިމުވެފައި އޮތުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. ރާއްޖޭގެ ގާނޫނުއަސާސީގައިވާ ފަދައިން، އިސްލާމްދީނުގެ އަސްލުތަކާ ހިލާފު އެއްވެސް ގާނޫނެއް ރާއްޖޭގައި ނުހެދޭނެކަން ފާހަގަކުރައްވައި، ހުރިހާ ގާނޫނުތަކާއި ގަވައިދުތަކެއް އެކުލަވައިލަންވާނީ ދީނީ އިންތަކުގެ ތެރޭގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނަމަވެސް، މިފަދަ ހަރުދަނާ ނިޒާމީ އޮނިގަނޑެއް ނެތްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެކަން އިސްލާހުކުރެއްވުމަށް ގަސްތުކުރައްވާ ކަމަށެވެ. އެގޮތުން އިސްލާމްދީނާ ފުށުއަރާ އެއްވެސް ގާނޫނެއް އުފަން ނުކުރެވޭނެ ފަދަ ވަރުގަދަ ނިޒާމެއް، އުސޫލީ އަދި ނިޒާމީ ގޮތުން ކަށަވަރުކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

މިކަމާ ގުޅިގެން މީސް މީޑިއާގައި ހިއްސާކުރެއްވި ވީޑިއޯ މެސެޖެއްގައި ޝެއިހް ސަމީރް ވިދާޅުވީ, މިއީ ރާއްޖެ ފަދަ ސައްތައިން ސައްތަ މުސްލިމު ގައުމެއްގައި ކޮންމެހެން ލާޒިމު ކަމެއް ކަމަށެވެ. ދީނާ ހިލާފު ގާނޫނެއް ނެހެދޭނެކަން ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށާއި ނަމަވެސް, އެކަން ގާނޫނުތަކުގައި އެކުލެވިގެންވާކަން ކަށަވަރުކުރެވޭ ފުރިހަމަ ނިޒާމެއް ނެތް ކަމަށް ޝެއިހް ވިދާޅުވިއެވެ.

”އެހެންވީމަ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ފުރިހަމަ ދައުލަތެއްގެ ގޮތުގައި އިސްލާމީ އުސޫލުތަކަށް ތަބާވާ, އިސްލާމީ ހަމަތަކާއި އުސޫލުތަކުގެ ތެރެއިން ހިނގާ ދައުލަތެއްގެ ގޮތުގައި މި ގައުމު އޮތުމަށްޓަކައި މި އަސާސަކީ ވަރަށް މުހިންމު ކަމެއް,“ – ޝެއިހް ވިދާޅުވިއެވެ.

ޝެއިހް ސަމީރު އިތުރަށް ވިދާޅުވީ, ބޮޑުތަކުރުފާނަކީ އިސްލާމްދީނުގެ އުސޫލުތައް ރާއްޖޭގައި ހިފަހައްޓައި ނެގެހެއްޓުމަށް ވަރަށް ބޮޑަށް ބާރު އެޅުއްވި ބޭފުޅެއް ކަމަށާއި އެ ބޭފުޅާގެ ހަނދާން އާކުރެވޭ މަގާމެއްގައި މިފަދަ ހަބަރަކީ ވަރަށް އުފާވެރި ހަބަރެއް ކަމަށެވެ. މެސެޖް ނިންމަވާލައްވަމުން ޝެއިހް ވަނީ ރައީސްގެ މި ނިންމެވުމަށް ޝުކުރު އަދާކުރައްވައިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި