Ads by
ޚަބަރު
މަޖިލީހުގެ މައިނޯރިޓީ ޕާޓީއަކަށް ދަ ޑިމޮކްރެޓްސް
ފޮޓޯ: ދަ ޑިމޮކްރެޓްސް

އިތުރު 10 މެންބަރުން ގުޅުމާއި އެކު ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ޕާޓީގެ މަޤާމު ދަ ޑިމޮކްރެޓްސްއަށް ލިބިއްޖެއެވެ.

Ads by Eki Online

މައިނޯރިޓީ ޕާޓީއަކަށް ދަ ޑިމޮކްރެޓްސްވުމާއި އެކު މިހާރު މަޖިލީހުގެ މައިނޯރިޓީ ލީޑަރަކީ، އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމއެވެ.

މީގެ ކުރިން މަޖިލީހުގެ މައިނޯރިޓީ ޕާޓީގެ ގޮތުގައި އޮތީ ޕީޕީއެމްއެވެ. އެ ޕާޓީގެ މައިނޯރިޓީ ލީޑަރަކަށް ހުންނެވީ، ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމެވެ.

އެ ބަދަލާއެކު މަޖިލީހުގައި ތިބޭނީ އެމްޑީޕީގެ 56 މެންބަރަކާއި ޑިމޮކްރެޓްސްގެ 13 މެމްބަރަކާއި ޕީޕީއެމްގެ ފަސް މެންބަރަކާއި ޕީއެންސީގެ ތިން މެންބަރަކާއި އެމްއެންޕީގެ ތިން މެންބަރަކާއި ޖުމްހޫރީ ޕާޓީގެ ދެ މެންބަރަކާއި އެމްޑީއޭގެ ދެ މެންބަރެއްގެ އިތުރުން އަމިއްލަ ތިން މެންބަރެކެވެ.

މި ބަދަލާއެކު މެޖޯރިޓީގައި އޮތް އެމްޑީޕީއަށްފަހު ދެން މަޖިލީހުގައި އެންމެ ގިނަ ގޮނޑި ކޮންޓްރޯލް ކުރަނީ ދަ ޑިމޮކްރެޓްސް ޕާޓީންނެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *