Ads by
ޚަބަރު
މިއަދުވެސް ކޯރަމް ހަމަނުވޭ, މަޖިލިސް ހުއްޓުވާފައި އޮތީ ރައީސް ޞާލިޙްގެ ބައިވެރިވުމާއެކު: ރައީސް ނަޝީދު
ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ނުގެންދެވޭގޮތަށް ހުއްޓުވާފައި އޮންނަނީ ރައީސުލްޖުމްޙޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ބައިވެރިވުމާއެކު ކަމަށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by Eki Online

މިއަދުގެ މަޖިލިސް ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މަޖިލިސް ހުއްޓުވާފައިވަނީ ސީދާ ރައީސް ޞާލިޙް އަންގަވައިގެން ކަމަށެވެ.

އަދި ރައީސް ޞާލިޙް ބޭނުންފުޅުވި ނަމަވެސް މަޖިލިސް ނުހުއްޓުވޭނެ ކަމަށާއި އެކަން އެގޮތަށް ނުކުރެއްވުމަށް ރައީސް ނަޝީދު ވަނީ ރައީސް ޞާލިޙަށް ގޮވާލައްވާފައެވެ.

“މަޖިލިސް ހުއްޓުވާފަ މި އޮންނަނީ ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅިގެން މިކަމާ ބައިވެރިވެވަޑައިގެން. އަޅުގަނޑު އެމަނިކުފާނަށް އިލްތިމާސްކުރަން ދިވެހި ދައުލަތުގެ ބާރުތައް އެމަނިކުފާނުގެ އަތްޕުޅަށް ނަންގަވާ ނުހުއްޓުވުމަށް” ރައީސް ނަޝީދު ވިދާޅުވިއެވެ.

މިއަދު މަޖިލީހަށް ހާޒިރުވެ ތިއްބެވީ 17 މެންބަރުންނެވެ. މަޖިލީހުގެ ކޯރަމް ހަމަވަނީ 22 މެމްބަރުން ޖަލްސާގައި ބައިވެރި ވުމުންނެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *