Saturday, 24 October 2026
Ads by

އިސްލާމްދީނާ ދުރު ސިޔާސަތުތައް ތަންފީޒުކުރާ ކޮންމެ ފަހަރަކު، ގައުމުގެ މިނިވަންކަން ވަނީ ގެއްލިފައި: ރައީސް

އިސްލާމްދީނާ ދުރު ސިޔާސަތުތައް ތަންފީޒުކުރާ ކޮންމެ ފަހަރަކު، ގައުމުގެ މިނިވަންކަން ވަނީ ގެއްލިފައި: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު--- ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

އިސްލާމްދީނާ ދުރު ސިޔާސަތުތައް ތަންފީޒުކުރާ ކޮންމެ ފަހަރަކު، ގައުމުގެ މިނިވަންކަން ގެއްލިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ހއ. އުތީމުގައި ބޭއްވި ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ގައުމީ ދުވަހުން ލިބިދޭ އެންމެ ބޮޑު ފިލާވަޅަކީ މާތްވެތިވެގެންވާ އިސްލާމްދީނަށް ވަފާތެރިވުމުން ލިބޭ ފޮނި ނަތީޖާ އާއި، އެ ދީނަށް އިހާނެތިކޮށް ހިތުމުން ކުރިމަތިވާ ހިތިކަމާއި ނިކަމެތިކަން ކަމަށެވެ. ގައުމިއްޔަތުގެ ކޮންމެ ސިފައެއް ބިނާވެފައިވަނީ ދީނީ އަސާސްތަކުގެ މައްޗަށްކަން ފާހަގަކުރައްވަމުން، އިސްލާމްދީނަކީ ދިވެހި ގައުމުގެ ނާރެސް ކަމަށާއި، ކީރިތި ޤުރްއާނަކީ ދިވެހި ގައުމިއްޔަތުގެ އަސްލު ކަމުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

ޕޯޗުގީޒުންގެ އަޅުވެތިކަމުގައި ދިވެހިރާއްޖެ އެތައް އަހަރަކު ހިތްދަތި ތަހައްމަލުތަކެއް ކުރަންޖެހުނީ، ދިވެހިންގެ ތެރެއިން އެކަކު އިސްލާމްދީން ދޫކޮށްލުމުގެ ސަބަބުންކަން ހަނދުމަފުޅު އާކުރައްވަމުން ރައީސް ވިދާޅުވީ، އެ ހިސާބުން އޭނާ އާއި ދިވެހި ފަސްގަނޑާ ދެމެދު އޮތް ރޫހާނީ ގުޅުން ކެނޑި، ވަތަނީ ލޯތްބާއި ކުލުނުގެ އަސާސްތައް މުޅިން ފުނޑުފުނޑުވެގެން ދިޔަ ކަމަށެވެ. ދީން ދޫކޮށްލުމަކީ ހަމައެކަނި ދީނަށް ވީ ހިޔާނާތެއް ނޫން ކަމަށާއި، އެއީ ދިވެހި ގައުމަށާއި ދިވެހި ދައުލަތަށް ވެސް ވީ ބޮޑު ހިޔާނާތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، އެއީ ދިވެހީންގެ މިނިވަންކަމާއި، ސިޔާދަތާއި، އިސްތިގުލާލުގެ އިތުރުން ދިވެހީންގެ އަބުރާއި މުޅި ތާރީހަށް ވެސް ވީ ހިޔާނާތެއް ކަމުގައި ރައީސް ވިދާޅުވިއެވެ.

”ދީން އަޅުގަނޑުމެންނަށް ލިބިދެނީ ދެ ދުނިޔޭގެ ބާއްޖަވެރިކަން. ދީނުގައި އެ ފަދަ މަތިވެރި ބާރެއް، އެ ފަދަ ދިރުންހުރި ރޫހެއް އެކުލެވިގެންވޭ. އުތީމު މަހާރަދުން ޖިހާދުކުރެއްވީ ދީނަށްޓަކައި. މި ލޮބުވެތި އުތީމު ފަސްގަނޑުގައި އެހެރަ ކަނދުވަލު މިސްކިތުގައި އުތީމު ތިންބޭން ހަނގުރާމައިގެ ދިދަ ބެންނެވީ މާތްވެގެންވާ އިސްލާމްދީނަށްޓަކައި. ހަނގުރާމައިން ހާސިލުކުރައްވަން ބޭނުންފުޅުވާ އަމާޒު އެ ބޭފުޅުން ކަނޑައެޅުއްވި ގޮތް އަޅުގަނޑުމެން ހަނދާން އެބަހުރި. އެއީ މާތްވެގެންވާ އިސްލާމްދީނާއި، ދިވެހިރާއްޖޭގެ ސަލާމަތަށްޓަކައި ނަސްރު ލިބިވަޑައިގަންނަވަންދެން ޖިހާދުކުރެއްވުން. ނޫނީ ޝަހީދުވެގެން ފުރިހަމަ މުސްލިމެއްގެ ގޮތުގައި މާތްﷲ ގެ ރަހުމަތަށް ވާސިލުވުން. އެހެންވީމާ މިކަމުން ވެސް ގައުމީ ދުވަހުގެ ހާދިސާއާ މާތްވެގެންވާ އިސްލާމްދީނާ އޮތް ގުޅުން ނިކަން ފުރިހަމައަށް އެބަފެނޭ.“ – ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، އިސްލާމްދީން ހިމާޔަތްކުރެވޭނެ ފުރިހަމަ ނިޒާމެއް ގައުމުގައި ފުރިހަމައަށް ގާއިމުވެފައި އޮތުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. ރާއްޖޭގެ ގާނޫނުއަސާސީގައިވާ ފަދައިން، އިސްލާމްދީނުގެ އަސްލުތަކާ ހިލާފު އެއްވެސް ގާނޫނެއް ރާއްޖޭގައި ނުހެދޭނެކަން ފާހަގަކުރައްވައި، ހުރިހާ ގާނޫނުތަކާއި ގަވައިދުތަކެއް އެކުލަވައިލަންވާނީ ދީނީ އިންތަކުގެ ތެރޭގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނަމަވެސް، މިފަދަ ހަރުދަނާ ނިޒާމީ އޮނިގަނޑެއް ނެތްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެކަން އިސްލާހުކުރެއްވުމަށް ގަސްތުކުރައްވާ ކަމަށެވެ. އެގޮތުން އިސްލާމްދީނާ ފުށުއަރާ އެއްވެސް ގާނޫނެއް އުފަން ނުކުރެވޭނެ ފަދަ ވަރުގަދަ ނިޒާމެއް، އުސޫލީ އަދި ނިޒާމީ ގޮތުން ކަށަވަރުކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ. މި މަގުސަދު ހާސިލުކުރުމަށްޓަކައި، ބޭނުންވާ ގާނޫނީ އޮނިގަނޑު ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރަށް ހުށަހަޅުއްވާނެ ކަމަށް ވެސް ރައީސް އިއުލާނުކުރެއްވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި