Saturday, 24 October 2026
Ads by

ބޭރުގެ ބާރުތަކުގެ ތެރޭގައި ދިވެހިން ގިރިގެން ގޮސްގެން ނުވާނެ: ރައީސް

ބޭރުގެ ބާރުތަކުގެ ތެރޭގައި ދިވެހިން ގިރިގެން ގޮސްގެން ނުވާނެ: ރައީސް

ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމުގައި ބޭރުގެ ބާރުތަކުގެ ނުފޫޒުގެ ތެރޭގައި ދިވެހިން ގިރިގެން ގޮސްގެން ނުވާނެ ކަމަށާއި، ދިވެހިންނަކީ އެއަށްވުރެ މާ ހަރުދަނާ ބައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ޤައުމީ ދުވަހުގެ މުނާސަބަތުގައި އުތީމުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ޤައުމީ ދުވަހުގެ ބަޠަލް އުތީމު މަހާރަދުންގެ ސީރަތުން ފެންނަ އެންމެ މުހިންމު އެއް ފިލާވަޅަކީ އެ ބޭފުޅުން ގެންގުޅުއްވި ހަރުދަނާ ޑިޕްލޮމަސީ ނުވަތަ ޚާރިޖީ ސިޔާސަތު ކަމަށެވެ. ޕޯޗުގީޒުންނާ ގުޅުން ބޭއްވިއިރުވެސް، ބޮޑުތަކުރުފާނު މަސައްކަތްޕުޅު ކުރެއްވީ ޤައުމުގެ މިނިވަންކަމާއި އިސްލާމީ އީމާންތެރިކަންމަތީ ސާބިތުވެ ތިއްބަވައިގެންކަން ރައީސް ފާހަގަކުރެއްވިއެވެ.

އަޅުގަނޑުމެން ބޭރު ބާރުތަކުގެ ތެރޭގައި ގިރިގެން ގޮސްގެން ނުވާނެ. ދިވެހިންނަކީ، އިސްލާމުންނަކީ އެއަށްވުރެ މާ ހަރު ބައެއް، ހަރުދަނާ ބައެއް. އަޅުގަނޑުމެން އަބަދުވެސް ތިބޭނީ އަޅުގަނޑުމެންގެ ދީނާއި ޤައުމީ ސިޔާދަތާއި މިނިވަންކަމާ އެކީގައި،“ ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، އިސްލާމްދީނާ ދުރު ސިޔާސަތުތައް ތަންފީޒުކުރާ ކޮންމެ ފަހަރަކު ދިވެހިރާއްޖޭގެ މިނިވަންކަން ނުރައްކަލުގެ ތުންފަތްމައްޗަށް ހުށަހެޅިފައިވާކަން ތާރީޚުން ފެންނަން އޮތް ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން، ރާއްޖޭގެ މިނިވަންކަމުގެ ނާރެހަކީ އިސްލާމްދީން ކަމަށާއި، ދީނާ ޚިލާފު އެއްވެސް ޤާނޫނެއް ނުހެދޭނެކަން ކަށަވަރުކުރުމަށްޓަކައި ހަރުދަނާ ނިޒާމެއް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރަށް ހުށަހަޅުއްވާނެ ކަމަށް ރައީސް އިޢުލާނުކުރެއްވިއެވެ.

ރައީސް މުޢިއްޒު ވާހަކަފުޅު ނިންމަވާލެއްވީ، ޤައުމީ ދުވަހުގެ ބަޠަލުން ފަދައިން، ބައިބައިވުންތަކާ ދުރުވެ، އެއް ރޫޙެއްގައި ޤައުމީ ވިސްނުން އިސްކުރުމަށް ދިވެހި ހުރިހާ ރައްޔިތުންނަށް އިލްތިމާސްކުރައްވަމުންނެވެ. އަދި ދިވެހިން އަބަދުވެސް ތިބޭނީ ޤައުމަށް ހެޔޮ އެދުމާއި ޤައުމީ ރޫޙުގައިކަން ފާހަގަކުރައްވައި، މި ލޮބުވެތި ވަޠަން މިނިވަންކަންމަތީ އަބަދަށް ލެހެއްޓެވުމަށް އެދި ދުޢާކުރެއްވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި