Saturday, 24 October 2026
Ads by

ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރާށި ރައީސް ހުޅުއްވައިދެއްވައިފި

ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރާށި ރައީސް ހުޅުއްވައިދެއްވައިފި

ޤައުމީ ދުވަހުގެ މުނާސަބަތުގައި ހއ. އުތީމުގައި ތަރައްޤީކުރި ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރާށި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހެނދުނު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.

Ad Image
Ads by

މި ބިނާއަކީ ޣާޒީ ބަންޑާރައިންގެ އަސަރުތައް ހިމާޔަތްކޮށް ދެމެހެއްޓުމަށް ސަރުކާރުން ފަށްޓަވާފައިވާ މަޝްރޫޢުގެ ތެރެއިން ތަރައްޤީކުރި ތާރީޚީ ބިނާއެކެވެ. މިއަދު ހެނދުނު އުތީމުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ދޮރާށި ރައީސް ހުޅުއްވައިދެއްވީ މިއަހަރުގެ ޤައުމީ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް އެރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މި ރަސްމިއްޔާތުގައި ޤައުމީ ދުވަހުގެ ހަރަކާތްތަކަށް ދަޢުވަތުއެރުވިގެން ވަޑައިގެންނެވި ޢިއްޒަތްތެރިންނާއި ރަށުގެ ގިނަ އަދަދެއްގެ އާންމުން ބައިވެރިވެވަޑައިގެންނެވިއެވެ. ބިނާ ހުޅުއްވައިދެއްވުމަށްފަހު ރައީސް ވަނީ އެ ބިނާ ބައްލަވާލައްވާފައެވެ.

މި ބިނާ ފަރުމާކޮށްފައިވަނީ ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހި ޤައުމު ސަލާމަތްކޮށްދެއްވުމަށް ބޮޑުތަކުރުފާނު ކުރެއްވި ތާރީޚީ ޖިހާދު ރަމްޒުކޮށްދޭ ގޮތަށެވެ. މި ބިނާގައި މައިގަނޑު ހަ ތަނބު ހިމެނޭއިރު، ކޮންމެ ތަނބަކުންވެސް ރަމްޒުކޮށްދެނީ ކަޅުއޮއްފުންމީގައި ޖިހާދުކުރެއްވި ހަ ބަޠަލުންނެވެ.

ބިނާގެ މަތީބައިގައި ހަ ފާނޫޒު ހިމަނާފައިވާއިރު، މިއީ މުޅި ޤައުމަށް އުންމީދާއި އަލިކަން ލިބިގެންދިޔުން ރަމްޒުކޮށްދޭ ނިޝާނެކެވެ. އަދި ބިނާގައި 16 ވަނަ ޤަރުނުގެ ފަންނުވެރިކަން ދައްކުވައިދޭ ލިޔެލާޖެހި މަސައްކަތާއި މަރްޙޫމް މުޙައްމަދު ޖަމީލު ދީދީ ލިޔުއްވާފައިވާ ތާރީޚީ ހަނދާން ޅެން ހިމަނާފައިވެއެވެ.

ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއިން ބުނި ގޮތުގައި މި މަޝްރޫޢަކީ ތަރިކައިން އަމްދަނީ ހޯދުމާއި ތާރީޚީ ތަންތަން ރައްކާތެރިކުރުމަށް ސަރުކާރުން ގެންގުޅުއްވާ ތަޞައްވުރެގެ ދަށުން ފެށިގެންދިޔަ މުހިންމު މަސައްކަތެއް ކަމަށެވެ. މިފަދަ ވަސީލަތްތަކުގެ ސަބަބުން ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިން އިތުރުވެ، ރަށުގެ އިޤްތިޞާދަށާއި ވިޔަފާރިތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
20261024_135936
1967 ގެ ފަހުން ހިންގާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަން ވެސްޓު ބޭންކުގައި އިޒްރޭލުން ފަށައި، ޚަލީލް ސިޓީ ޙިޞާރުކޮށްފި
jinseegoanaa
ރޭޕްކޭސް: އަނިޔާ ލިބުނު ފަރާތްތަކުގެ ޒާތީ މައުލޫމާތާއި ފޮޓޯ އާންމުނުކުރުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި