Ads by
ޚަބަރު
ކޮކާ ބަގީޗާ އަކާއިއެކު “މާލެ ފެހި” އައުޓްލެޓެއް ހުޅުމާލޭގައި ހުޅުވައިފި

ކޮކާ ބަގީޗާ އަކާއިއެކު “މާލެ ފެހި” އައުޓްލެޓެއް ހުޅުމާލޭގައި މާލޭ ސިޓީ ކައުންސިލުން ހުޅުވައިފިއެވެ.

Ads by Eki Online

މި އައުޓްލެޓަކީ މާލެ ސިޓީ ކައުންސިލްގެ “އެއް ލައްކަ ގަސް” ޕްރޮގްރާމްގެ ދަށުން ގަސްތައް ބަލަހައްޓާ ހެއްދުމަށް ހުޅުވި މިފަދަ ދެވަނަ ތަނެވެ.

ފުރަތަމަ ހުޅުވި އައުޓްލެޓް ހުންނާނީ ކާނިވާ ސަރަހައްދުގައެވެ. ދެވަނަ އައުޓްލެޓް މިއަދު ހުޅުވީ ހުޅުމާލޭ ސަހަރާއާއި އިންވެގެން ހުންނަ ގޯޅީގައެވެ. މީގެ އިތުރުން ވިލިގިލީގައި ހުޅުވާ އައުޓްލެޓް ވެސް ދަނީ ތައްޔާރުކުރަމުންނެވެ.

ހުޅުމާލޭގައި މި ނާސަރީ ހުޅުވުމަށް ބޭއްވޖ ރަސްމިއްޔާތުގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މިއީ ރާއްޖޭގައި ހުޅުވޭ އެންމެ ބޮޑު ނާސަރީ ކަމަށާއި ތަފާތު އެކި ވައްތަރުގެ މާ އަޅާ ގަސްތަކާއި މޭވާ އަޅާ ގަސް މިތަނުން ވިއްކާނެކަމަށެވެ.

އަދި މި ނާސަރީތަކާއި ގުޅޭ މައުލޫމާތު އޮންލައިންކޮށް ބަލައި، ހިދުމަތް ހޯދުމަށް ހާއްސަކޮށްފައިވާ ވެބްސައިޓެއްގެ މަސައްކަތް ވެސް ކުރެވެމުން ދާ ކަމަށާއި އެ ވެބްސައިޓު ވަރަށް އަވަހަށް ލޯންޗު ކުރާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

މި ނާސަރީ އައުޓްލެޓް ތަކުން އާންމު ފަރާތްތަކަށްވެސް ގަހާއި ގަސްކާނާ ގަތުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. މީގެ އިތުރުން ބަގީޗާ ހައްދާ ފަރާތްތަކަށް ބޭނުންކުރެވޭނެހެން އުކާލެވޭ ލަކުޑިން ހަދާފައިވާ ބައެއް ތަކެތި މި ނާސަރީ އައުޓްލެޓުން ލިބިގެންދާނެއެވެ.

 

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *