Saturday, 17 October 2026
Ads by

މިނިސްޓަރު ސައީދުގެ ރައްދު އަދަދުތަކުން: އެމްޑީޕީ ސަރުކާރަށް ވުރެ މި ސަރުކާރުން ދެ ގުނަ ގިނައިން ޑޮލަރު ދޫކުރި

މިނިސްޓަރު ސައީދުގެ ރައްދު އަދަދުތަކުން: އެމްޑީޕީ ސަރުކާރަށް ވުރެ މި ސަރުކާރުން ދެ ގުނަ ގިނައިން ޑޮލަރު ދޫކުރި

ނިމިދިޔަ އެމްޑީޕީގެ ސަރުކާރާ އަޅައިބަލާއިރު މި ސަރުކާރުން ބޭންކުތައް މެދުވެރިކޮށް ދޫކުރި އެމެރިކާ ޑޮލަރުގެ އަދަދު އިތުރުވެފައިވާކަން ހިސާބުތަކުން އެނގޭ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ޑޮލަރު ދޫކުރުމާ ގުޅޭގޮތުން ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކާ ގުޅޭގޮތުން އިދިކޮޅު އެމްޑީޕީން އަމާޒުކުރަމުންދާ ފާޑުކިޔުންތަކާ ގުޅިގެން ރައްދުދެއްވުމުގެ ގޮތުން މިނިސްޓަރު ސައީދު އެކްސްގައި ރޭ ހިއްސާކުރެއްވި ޕޯސްޓެއްގައި ބުނީ. އެމްޑީޕީ ސަރުކާރު ނިމުނުއިރު ދޫކޮށްފައިދިޔަ 1.2 ބިލިއަން ޑޮލަރުގެ ބޮޑު ދަރަނި މި ސަރުކާރުން ދައްކައި، ރާއްޖެ އިގުތިސާދީ ގޮތުން އިނދަޖެހުމުން ސަލާމަތްކޮށްދީފައިވާ ކަމަށެވެ.

މިނިސްޓަރު އާންމުކުރެއްވި ތަފާސްހިސާބުތަކަށް ބަލާއިރު، އެމްޑީޕީގެ ވެރިކަމުގައި 2021 ވަނަ އަހަރު މަހަކު އެވްރެޖްކޮށް ދޫކޮށްފައިވަނީ 21.1 މިލިއަން ޑޮލަރެވެ. އަދި 2022 ވަނަ އަހަރު 31.6 މިލިއަން ޑޮލަރު ދޫކުރި އިރު، 2023 ވަނަ އަހަރު ދޫކޮށްފައިވަނީ 36.9 މިލިއަން ޑޮލަރެވެ.

މި ސަރުކާރުގެ ދައުރުގައި 2024 ވަނަ އަހަރު މަހަކު އެވްރެޖްކޮށް 40.5 މިލިއަން ޑޮލަރު ދޫކޮށްފައިވާއިރު މިދިޔަ އަހަރު އަހަރު 61.2 މިލިއަން ޑޮލަރު ދޫކޮށްފައިވެއެވެ. އަދި މިއަހަރުގެ ޖެނުއަރީ މަހުން ޖުލައި މަހުގެ ނިޔަލަށް މަހަކު އެވްރެޖްކޮށް 81.2 މިލިއަން ޑޮލަރު ދޫކޮށްފައިވާކަމަށް ތަފާސްހިސާބުތައް ދައްކައެވެ.

މިނިސްޓަރު ސައީދު އާއްމުކުރެއްވި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި 2023 ވަނަ އަހަރާ އަޅައިބަލާއިރު މި އަހަރު މަހަކު އެވްރެޖްކޮށް ދޫކުރި ޑޮލަރުގެ މިންވަރު ވަނީ 120 ޕަސަންޓުން އިތުރުވެފައެވެ.

މިނިސްޓަރު ވިދާޅުވީ ރައްޔިތުންގެ ބޭނުންތަކަށް ކުރީ ސަރުކާރަށް ވުރެ ގިނައިން މި ސަރުކާރުން ބޭންކް ރޭޓުގައި ޑޮލަރު ދޫކުރި ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ރަޢީސް މުޢިއްޒުގެ ވެރިކަމުގައި އެ މަނިކުފާނު އެގެންދަވަނީ، އެމްޑީޕީ މި ގައުމު ވައްޓާލި އިގްތިސޯދީ އަނދަވަޅުން ސަލާމަތް ކުރައްވަމުން ކަމަށެވެ./

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
Screenshot_20261016_230228_Gallery
އައްޑޫ މީދޫ ކައުންސިލުން، ފިޝަރީޒް މިނިސްޓްރީއާއިއެކު 3 އެއްބަސްވުމެއްގައި ސޮއިކޮށްފި
download - 2026-10-16T220648
މެލޭޝިއާގައި ހިންގި ދެ ރޭޑެއްގައި 4.4 މިލިއަން ޑޮލަރުގެ މަސްތުވާތަކެއްޗާއެކު ބޮޑު ނެޓްވޯކެއް އަތުލައިގަނެފި
police jeelu
ވަގު ނަންބަރު ބޯޑު ހަރުކޮށްގެން ސައިކަލު ދުއްވައި، ވައްކަން ކުރަން އުޅުނު 5 މީހަކު އަތުލައިގެންފި
Ihsan
ޤައުމީ ސަލާމަތާއި ގުޅޭ ކަންކަމުގައި ދޮގުވާހަކަ ނުފެތުރުމަށް ހޯމް މިނިސްޓަރ އިލްތިމާސް ކުރައްވައިފި
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި