Saturday, 24 October 2026
Ads by

ޚާން ޔޫނިސްގައި 11 އަހަރުގެ ކުއްޖަކަށް ޙަމަލާދީފި، ’ސީޒްފަޔަރަށްފަހު‘ އިޒްރޭލުން 1,259 މީހުން ޝަހީދުކޮށްލާފައިވޭ: ޣައްޒާގެ މީޑިއާ އޮފީސް

ޚާން ޔޫނިސްގައި 11 އަހަރުގެ ކުއްޖަކަށް ޙަމަލާދީފި، ’ސީޒްފަޔަރަށްފަހު‘ އިޒްރޭލުން 1,259 މީހުން ޝަހީދުކޮށްލާފައިވޭ: ޣައްޒާގެ މީޑިއާ އޮފީސް

އިޒްރޭލުން ރޭގަނޑުގެ ވަގުތެއްގައި ދިން ހަމަލާއެއްގައި ޝަހީދުވި ފަލަސްތީނު މުސްލިމެއްގެ ކަށުނަމާދާއި ޖަނާޒާގެ ކަންކަމުގައި ގިނަ އަދަދެއްގެ މުސްލިމުން ބައިވެރިވަނީ، ޣައްޒާ ސިޓީ، 19 ޖުލައި 2026. (ރޮއިޓާސް)

ޣައްޒާގެ ދެކުނުގައިވާ ޚާން ޔޫނިސްގައި ނިރުބަވެރި އިޒްރޭލުގެ ސިފައިން ދިން ޙަމަލާއެއްގައި 11 އަހަރުގެ ކުޑަކުއްޖެއްގެ ބޮލަށާއި ފަޔަށް ވަޒަން އަމާޒުވެ ވަރަށް ބޮޑަށް ޒަޚަމްކޮށްލައިފިއެވެ. ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހާއި ސިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރި ތަފާތުހިސާބުތަކަށް ބަލާއިރު، ފާއިތުވި އޮކްޓޫބަރު މަހު ސީޒްފަޔަރު (ހަނގުރާމަ ވަގުތީ ގޮތުން ހުއްޓާލުމަށް އެއްބަސްވުން) އިޢުލާންކުރި ފަހުން އިޒްރޭލުން ދެމުންދާ ޙަމަލާތަކުގައި މަދުވެގެން 1,259 ފަލަސްޠީނު މުސްލިމުން ޝަހީދުކޮށްލާ، 4,146 މީހުން ވަނީ ޒަޚަމްވެފައެވެ.

Ad Image
Ads by

https://twitter.com/i/status/2087690596555378849

ޚާން ޔޫނިސްގެ އަލް-ނަޖާރު އަވަށުގައި ދިން މި ޙަމަލާގައި 11 އަހަރުގެ ކުއްޖާގެ ބޮލަށާއި ފަޔަށް ވަނީ ސީދާ ވާޒަން އަރާފައެވެ. ނަމެއްގައި ސީޒްފަޔަރު އިޢުލާންކޮށްފައި އޮތް ނަމަވެސް، ނިރުބަވެރި އިޒްރޭލު ސިފައިން ދަނީ ”ޔެލޯ ލައިން“ ކައިރިއަށާއި، ރައްކާތެރި ސަރަޙައްދުތަކަށް (އަލް-މަވާސީ ފަދަ) ކޮންމެ ދުވަހަކުވެސް ޑްރޯނާއި އާޓިލަރީ ބޭނުންކޮށްގެން ޙަމަލާދީ އެއްބަސްވުމާ ކެނޑިނޭޅި ޚިލާފުވަމުންނެވެ.

2023 އޮކްޓޫބަރުން ފެށިގެން މިހާތަނަށް އިޒްރޭލުން ޣައްޒާއަށް ދިން ޙަމަލާތަކުގައި 73,300 އަށްވުރެ ގިނަ ފަލަސްޠީނު މީހުން ވަނީ ޝަހީދުކޮށްލާފައެވެ. މީގެ ތެރޭގައި 21,500 އަށްވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ. އަދި ޒަޚަމްވި މީހުންގެ އަދަދު ވަނީ 174,000 އިން މައްޗަށް ގޮސްފައެވެ. ސީޒްފަޔަރަށްފަހު ޣައްޒާއަށް ވަނުމުގެ ހުއްދަ ދީފައިވަނީ ކަނޑައަޅާފައިވާ އެހީގެ އުޅަނދުފަހަރުގެ އެންމެ %35 އަށް ކަމަށްވުމުން، ނާސިރު މެޑިކަލް ކޮމްޕްލެކްސް ފަދަ ހޮސްޕިޓަލްތަކުގައި ބޭސްފަރުވާއަށް ބޭނުންވާ ތަކެތި ވަނީ ވަރަށް ބޮޑަށް ހުސްވެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
20261024_135936
1967 ގެ ފަހުން ހިންގާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަން ވެސްޓު ބޭންކުގައި އިޒްރޭލުން ފަށައި، ޚަލީލް ސިޓީ ޙިޞާރުކޮށްފި
jinseegoanaa
ރޭޕްކޭސް: އަނިޔާ ލިބުނު ފަރާތްތަކުގެ ޒާތީ މައުލޫމާތާއި ފޮޓޯ އާންމުނުކުރުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި