Monday, 14 September 2026
Ads by

ނަޝީދުގެ ސިޔާސީ ފޯމިއުލާ މިފަހަރުވެސް ޗޮކުން: އެމްޑީޕީގެ މުޒާހަރާގައި 90 މީހުން

ނަޝީދުގެ ސިޔާސީ ފޯމިއުލާ މިފަހަރުވެސް ޗޮކުން: އެމްޑީޕީގެ މުޒާހަރާގައި 90 މީހުން

އެމްޑީޕީން ދަތިވެއްޖެ ކިޔާ މިރޭ ކުރިއަށް ގެންދިޔަ މުޒާހަރާގައި 100 ހަމަނުވޭ.. ފޮޓޯ| ސޯޝަލްމީޑިއާ

އިދިކޮޅު އެމްޑީޕީން ގިނަ ދުވަސްތަކެއް ވަންދެން ތައްޔާރުވަމުންދިޔަ ދަތިވެއްޖެ މުޒާހަރާ މިރޭ ބޭއްވި ނަމަވެސް، އެ މުޒާހަރާއަށް އާންމުންގެ އެއްވެސް ތަރުހީބެއް ނުލިބި ފަނޑުވެގެން ހިނގައްޖެއެވެ.

Ad Image
Ads by

ސޯޝަލް މީޑިއާގައި އާންމުން ފާޑުކިޔަމުންދާ ގޮތުގައި، ބޮޑު އިޝްތިހާރުތަކަކާއެކު ރޭވި މި މުޒާހަރާގައި 90 މީހުންވެސް ހަމައެއް ނުވެއެވެ.

މިރޭ 8:30 ގައި ފެށުމަށް ތާވަލުކުރި މި މުޒާހަރާ ފެށުނީ 8:55 ހާއިރުއެވެ. މުޒާހަރާގެ އެންމެ ކުރީ ސަފުގައި އެމްޑީޕީގެ އިސް ބޭފުޅުން ކަމަށްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އަދި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ބައިވެރިވެވަޑައިގެންނެވިއެވެ. ނަމަވެސް ޕާޓީގެ އިސް ލީޑަޝިޕް އެކުގައި މަގުމައްޗަށް ނުކުތްއިރުވެސް، އާންމު ރައްޔިތުންގެ ފަރާތުން ފެނުނީ ފިނި ތަރުހީބެކެވެ.

ކުރިން އެމްޑީޕީން ބާއްވާ ވަރުގަދަ މުޒާހަރާތަކާ އަޅާކިޔާއިރު، މިރޭގެ މުޒާހަރާއިން ފެނިގެންދިޔައީ މުޅިން ތަފާތު މަންޒަރެކެވެ. މާލޭގެ މަގުތައް ފުރާލާ، އެތައް ހާސް ބަޔަކާއެކު މީގެ ކުރިން ބާއްވަމުން އައި ފޯރިގަދަ ހަރަކާތްތަކާ ޚިލާފަށް، މިރޭގެ މުޒާހަރާގައި މީހުން ހިމަނާލެވޭނީ އިނގިލިތަކުން ގުނާލެވޭހާ މަދު އަދަދަކަށެވެ. މިއީ އެމްޑީޕީގެ ތާރީޚުގައި ވެސް އެ ޕާޓީން ބޭއްވި އެންމެ މީހުން މަދު، އަދި ލަދުވެތި އެއް މުޒާހަރާގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.

މި މުޒާހަރާގެ ތައްޔާރީތައް ކުރިއަށްދިޔަ ވަގުތު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރިއަށް އޮތް ރިޔާސީ ރޭހުގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވުމާ ގުޅިގެން، އެމްޑީޕީގެ އެތެރޭގައި ވަނީ ބޮޑު ކޯޅުމެއް އުފެދިފައެވެ. މިކަމާ ގުޅިގެން ޕާޓީގެ ތެރޭގައި ބައިބައިވުން އުފެދި، ރައީސް ސޯލިހަށް އަމާޒުކޮށް ބަހުގެ ހަމަލާތައް ދަނީ ރައްދުކުރަމުންނެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މިރޭގެ މުޒާހަރާ ފަނޑުވެގެން ދިޔުމުގެ އެއް ސަބަބަކީ ވެސް ޕާޓީގެ އެތެރޭގައި އުފެދިފައިވާ މި ހަލަބޮލިކަމެވެ.

މިރޭގެ މުޒާހަރާގައި އެމްޑީޕީން ވަނީ ކުރިއަށް އޮތް 10 ދުވަސް ތެރޭގައި ޑޮލަރުގެ އަގު 19 ރުފިޔާއަށް ތިރިކުރުމަށް ސަރުކާރަށް ޑިމާންޑްކޮށްފައެވެ. އާންމުކޮށް އެމްޑީޕީގެ ކޮންމެ މުޒާހަރާއެއްވެސް ސަރުކާރަށް ހުށަހަޅާ ވަރުގަދަ ޑިމާންޑްތަކަކާއެކު ފެށި ނަމަވެސް، މިރޭ ފެނިގެންދިޔައީ އެ ޕާޓީގެ މަގުމަތީގެ ބާރު ކެނޑިފައިވާ މަންޒަރެވެ.

ނަޝީދު މާލޭގައި ހުންނަވާ ނަމަ، ކޮންމެ އަހަރެއްގެ ވެސް އޮގަސްޓް 12 އަދި 13 އާ ދިމާކޮށް މާލެ ތެރެ ހަލަބޮލިކޮށްލުމަށް ކޮންމެވެސް ހަރަކާތެއް ހިންގުމަކީ 2005 ވަނަ އަހަރުން ފެށިގެން އެމަނިކުފާނު ގެންގުޅުއްވާ ސިޔާސީ އާދައެކެވެ. އެހެންނަމަވެސް، ގިނަ ދުވަސްތަކެއް ވަންދެން ރޭވި މިފަހަރުގެ ހަރަކާތުން ފެނިގެންދިޔައީ އެމްޑީޕީގެ ސިޔާސީ ނުފޫޒު ކުޑަވެ، އާންމުންގެ އިތުބާރު ޕާޓީއަށް ގެއްލިފައިވާ މިންވަރު ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
472483_f23f3663-7_
މެލޭޝިއާގެ ބޮޑު ވަޒީރު އަންވަރު އިބްރާހީމް، ރާއްޖެ ވަޑައިގެންފި
20260913_215603
ތުރުކީގެ "މަގޭ ޢާއިލާ ރައްކާތެރި" ރެެއިޑް: ލާދީނީ އެލްޖީބީޓީ ހަރުކަށި ޖަމާޢަތްތަކަށް ނިސްބަތްވާ 26 މީހުން ހައްޔަރުކޮށްފި
b_202609140349441789382984
މީހުން ބަލަބަލާ ތިއްބާ ޓީވީއެއް ވަގަށް ނަގައިގެން ފިލައިފި
raeesoffice_presidentoffice2
ރައީސް އޮފީހުގެ 2 މަގާމަކަށް 2 ބޭފުޅަކު އައްޔަންކުރައްވައިފި
Ads by
މަގުބޫލު
IMG_20260913_133240_150
ފެނުގައި ހުންނަ ވިހައިގެ 95 އިންސައްތަ ސާފުކޮށްދޭ އަގުހެޔޮ ފިލްޓަރެއް 11 އަހަރުގެ ކުއްޖަކު އުފައްދައިފި
20260914_141838
މީގެ 12 އަހަރު ކުރިން މަރާލާފައިވާކަމަށް ނިންމި އަންހެނަކު އޭނާގެ ލޯބިވެރިޔާއާއެކު ދިރިއުޅެމުންދަނިކޮށް ފެނިއްޖެ
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
yameen corrupt
ތިން މިނިސްޓްރީގައި ރޯވި ހާދިސާގެ މައުލޫމާތު ނޭނގޭ ކަމަށް ވިދާޅުވެ ރައީސް ޔާމީން ތަހުގީގަށް ފިލައިފި
IMG_20260913_133240_150
ފެނުގައި ހުންނަ ވިހައިގެ 95 އިންސައްތަ ސާފުކޮށްދޭ އަގުހެޔޮ ފިލްޓަރެއް 11 އަހަރުގެ ކުއްޖަކު އުފައްދައިފި
20260914_141838
މީގެ 12 އަހަރު ކުރިން މަރާލާފައިވާކަމަށް ނިންމި އަންހެނަކު އޭނާގެ ލޯބިވެރިޔާއާއެކު ދިރިއުޅެމުންދަނިކޮށް ފެނިއްޖެ
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
yameen corrupt
ތިން މިނިސްޓްރީގައި ރޯވި ހާދިސާގެ މައުލޫމާތު ނޭނގޭ ކަމަށް ވިދާޅުވެ ރައީސް ޔާމީން ތަހުގީގަށް ފިލައިފި