Ads by
ޚަބަރު
ނިޒާމީ ވޯޓު ނަންގަވަން ރައީީސް ޞާލިޙް އެއްބަސްވެއްޖެ

ރައީސް ނަޝީދު ރުހޭ ގޮތަށް ނިޒާމީ ވޯޓު ނަގަން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އެއްބަސްވެވަޑައިގެންފިއެވެ.

Ads by Eki Online

މާލޭގައި ދޮރުން ދޮރަށް ކުރައްވާ ކެމްޕެއިން ހަރަކާތުގެ ތެރެއިން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޞާލިޙް ވިދާޅުވީ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގަންނަވަނީ އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން، މިމަހުގެ 25 ގައި ނިޒާމީ ވޯޓެއް ނެގުމަށް ކަމަށެވެ.

ނަމަވެސް ރިޔާސީ އިންތިހާބުގެ ކުރިން ނިޒާމީ ވޯޓު ނެގުމަކީ އެހާ ރަނގަޅުކަމެއް ގޮތުގައި ދެކެވަޑައި ނުގަނަންވާ ކަމަށް ދަންނަވާފައިވާނެ ކަމަށާއި އިންތިހާބު ނިމުމުން ނިޒާމީ ވޯޓު ނަގަން ތާރީހެއް ކަނޑައަޅަން އެއީ ރަނގަޅު ގޮތެއް ކަމަށް ފެންނަ ކަމަށް ދަންނަވާފައިވާނެ ކަމަށް ރައީސް ޞަަލިޙް ވިދާޅުވިއެވެ.

“އަޅުގަނޑު ދެންނެވިން އެއީ އެހާ ޕްރެކްޓިކަލް ކަމަކަށް ނުވާނޭ، ހިނގާށޭ ވޯޓަށް ފަހުގައި އެއާ ދޭތެރޭގައި ޑޭޓެއް ކަނޑައަޅަން. ޑޭޓަކާ ދޭތެރޭ ވެސް އަޅުގަނޑުމެން ވާހަކަ ދެއްކިން” ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ޞާލިޙް މިފަދައިން ވިދާޅުވެފައިވާއިރު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކުރިއަށްދާނެ ގޮތަކާމެދު ދަ ޑިމޮކްރެޓްސް އިން މިރޭ ގޮތެއް ނިންމުމަށް ވަނީ ނިންމާފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *