Monday, 14 September 2026
Ads by

އިބޫ ސޯލިހު އަކީ ލަދުހަޔާތެއް ނެތް، ރައްޔިތުންގެ އިހުސާސްތައް ނޭނގޭ ބޭފުޅެއް: ސައިފް

އިބޫ ސޯލިހު އަކީ ލަދުހަޔާތެއް ނެތް، ރައްޔިތުންގެ އިހުސާސްތައް ނޭނގޭ ބޭފުޅެއް: ސައިފް

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން އިޢުލާން ކުރެއްވުމާ ގުޅިގެން، އެ ޕާޓީގެ ތެރޭގައި ތިއްބެވި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ފެކްޝަނަށް ނިސްބަތްވާ ބޭފުޅުންގެ ފާޑުކިއުން އަމާޒުވާން ފަށައިފިއެވެ.

Ad Image
Ads by

މިކަމާ ގުޅިގެން މީސްމީޑިއާގައި ޚިޔާލުފާޅުކުރައްވަމުން، މާލެ ސިޓީ ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާގެ ކުރީގެ ކައުންސިލަރު ސައިފް ފާތިހު ވަނީ ރައީސް ޞާލިޙަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ސައިފް ފާހަގަކުރެއްވި ގޮތުގައި، އެންމެ ފަހުން ޓީވީ މެދުވެރިކޮށް ރައީސް ޞާލިޙު ދެއްކެވި ވާހަކަފުޅުގައި، އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި ހިމެނޭ އަޙްމަދު އަދީބަށް މަޢާފު ދެއްވުމަކީ އެކަމަށްޓަކައި ރައީސް ސޯލިހު މަޢާފަށް އެދެންޖެހޭ ކަމެއް ނޫން ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. މިއީ ލަދުހަޔާތެއް ނެތް، އަދި ރައްޔިތުންގެ އިޙްސާސްތަކާ ބީރައްޓެހި ވާހަކައެއްގެ ގޮތުގައި ސައިފް ސިފަކުރެއްވިއެވެ.

ސައިފް އިތުރަށް ވިދާޅުވީ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީއަށް ދިމާވާނެ އެންމެ ދެރަ ގޮތަކީ އަލުން ރައީސް ޞާލިޙާ ޕާޓީ ހަވާލުކުރުން ކަމަށެވެ. އޭނާ ތުހުމަތު ކުރެއްވި ގޮތުގައި، ވެރިކަން ކުރުމުގެ ފުރުޞަތު ލިބިވަޑައިގަތުމުން ރައީސް ޞާލިޙު ވަނީ ދައުލަތުގެ އޮނިގަނޑަށް ގެންނަންޖެހޭ މުހިންމު އިޞްލާޙުތައް ގެނައުމަށް ދެކޮޅު ހައްދަވައި، އިންސާފު ގާއިމުކުރުމަށް ވެވަޑައިގެންނެވި ވަޢުދުތަކާ ޚިލާފުވެވަޑައިގެންފައެވެ.

ރައީސް ޞާލިޙު 2028 ގެ ޓިކެޓަށް ޝައުގުވެރިކަން ފާޅުކުރައްވާފައި މިވަނީ، އެމްޑީޕީގެ އެތެރޭގެ މަޞްލަޙަތު ގޯސްވެ، ޕާޓީގެ ލީޑަޝިޕާ މެދު ޚިޔާލުތަފާތުވުންތައް އުފެދިފައިވާ ދަނޑިވަޅެއްގައެވެ. މި ފާޑުކިއުންތަކާ ގުޅިގެން ރައީސް ޞާލިޙުގެ ފަރާތްޕުޅުން ނުވަތަ އެމްޑީޕީގެ ރަސްމީ އިދާރާއަކުން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
472483_f23f3663-7_
މެލޭޝިއާގެ ބޮޑު ވަޒީރު އަންވަރު އިބްރާހީމް، ރާއްޖެ ވަޑައިގެންފި
20260913_215603
ތުރުކީގެ "މަގޭ ޢާއިލާ ރައްކާތެރި" ރެެއިޑް: ލާދީނީ އެލްޖީބީޓީ ހަރުކަށި ޖަމާޢަތްތަކަށް ނިސްބަތްވާ 26 މީހުން ހައްޔަރުކޮށްފި
b_202609140349441789382984
މީހުން ބަލަބަލާ ތިއްބާ ޓީވީއެއް ވަގަށް ނަގައިގެން ފިލައިފި
raeesoffice_presidentoffice2
ރައީސް އޮފީހުގެ 2 މަގާމަކަށް 2 ބޭފުޅަކު އައްޔަންކުރައްވައިފި
Ads by
މަގުބޫލު
IMG_20260913_133240_150
ފެނުގައި ހުންނަ ވިހައިގެ 95 އިންސައްތަ ސާފުކޮށްދޭ އަގުހެޔޮ ފިލްޓަރެއް 11 އަހަރުގެ ކުއްޖަކު އުފައްދައިފި
20260914_141838
މީގެ 12 އަހަރު ކުރިން މަރާލާފައިވާކަމަށް ނިންމި އަންހެނަކު އޭނާގެ ލޯބިވެރިޔާއާއެކު ދިރިއުޅެމުންދަނިކޮށް ފެނިއްޖެ
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
yameen corrupt
ތިން މިނިސްޓްރީގައި ރޯވި ހާދިސާގެ މައުލޫމާތު ނޭނގޭ ކަމަށް ވިދާޅުވެ ރައީސް ޔާމީން ތަހުގީގަށް ފިލައިފި
IMG_20260913_133240_150
ފެނުގައި ހުންނަ ވިހައިގެ 95 އިންސައްތަ ސާފުކޮށްދޭ އަގުހެޔޮ ފިލްޓަރެއް 11 އަހަރުގެ ކުއްޖަކު އުފައްދައިފި
20260914_141838
މީގެ 12 އަހަރު ކުރިން މަރާލާފައިވާކަމަށް ނިންމި އަންހެނަކު އޭނާގެ ލޯބިވެރިޔާއާއެކު ދިރިއުޅެމުންދަނިކޮށް ފެނިއްޖެ
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
yameen corrupt
ތިން މިނިސްޓްރީގައި ރޯވި ހާދިސާގެ މައުލޫމާތު ނޭނގޭ ކަމަށް ވިދާޅުވެ ރައީސް ޔާމީން ތަހުގީގަށް ފިލައިފި