Saturday, 24 October 2026
Ads by

ރައީސް މުޢިއްޒުއާ ބައްދަލުކުރަން އިތުރު 8 ދާއިރާއަކުން ނަން ނޯޓުކުރަން ހުޅުވާލައިފި

ރައީސް މުޢިއްޒުއާ ބައްދަލުކުރަން އިތުރު 8 ދާއިރާއަކުން ނަން ނޯޓުކުރަން ހުޅުވާލައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާންމުންގެ މީހަކާ ބައްދަލުކުރައްވަނީ--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާ ސީދާ ބައްދަލުކޮށް، ރައްޔިތުންގެ ޝުޢޫރުތަކާއި ކަންބޮޑުވުންތައް ހިއްސާކުރުމަށް ހުޅުވާލާފައިވާ ”ރައްޔިތުންގެ އަޑު“ ސިލްސިލާގެ ދަށުން، އިތުރު އަށް ދާއިރާއަކަށް އެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

Ad Image
Ads by

މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފައިވަނީ، މި ފުރުސަތު މި ފަހަރު ހުޅުވާލާފައިވާ އަށް ދާއިރާއަކީ އިހަވަންދޫ ދާއިރާ، ނައިފަރު ދާއިރާ، ފޮނަދޫ ދާއިރާ، މީދޫ ދާއިރާ، ވިލިމާލެ ދާއިރާ، މައްޗަންގޮޅި ދެކުނު ދާއިރާ، މާމިގިލި ދާއިރާގެ އިތުރުން ތިނަދޫ އުތުރު ދާއިރާގެ ރައްޔިތުންނަށް ކަމަށެވެ.

މި ބައްދަލުވުންތަކުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ޕޯޓަލް މެދުވެރިކޮށް، މި މަހުގެ 17 ވާ ހޯމަ ދުވަހުގެ ރޭ 12:00 ގެ ކުރިން ރަޖިސްޓްރީވާން ޖެހޭނެއެވެ. ފުރުސަތު ދިނުމުގައި ބަލާނީ، ހުށަހަޅާ ފަރާތްތަކުގެ އަދަދަށާއި، ކަނޑައެޅިފައިވާ ވަގުތުގެ އިތުރުން އިދާރީ އިންތިޒާމުތަކަށް ކަމަށް އެ އޮފީހުން ބަޔާންކުރެއެވެ.

”ރައްޔިތުންގެ އަޑު“ ޕްރޮގްރާމަކީ، ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ހުށަހެޅުންތައް އެއްވެސް މެދުވެރިއަކާ ނުލައި ސީދާ ރައީސަށް ހުށަހެޅުމުގެ މަގު ފަހިކޮށްދިނުމަށް ފައްޓަވާފައިވާ މުހިންމު މަސައްކަތެކެވެ.

މިދިޔަ ޖޫން މަހުގެ 25 ވަނަ ދުވަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެ ފަރާތްތަކުގެ އަޑު އެއްސެވުމަށްޓަކައި، ވަކިވަކި ދާއިރާތަކަށް ހާއްސަކޮށްގެން ސީދާ އެމަނިކުފާނާ ބައްދަލުކުރެވޭނެ އިންތިޒާމުތަކެއް ވަރަށް އަވަހަށް ހަމަޖައްސަވާނެ ކަމަށް ވިދާޅުވެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި