Saturday, 24 October 2026
Ads by

5 އަހަރުން ޤައުމު ބަނގުރޫޓުކުރި އިބޫ ސޯލިހުވެސް 2028ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަނީ

5 އަހަރުން ޤައުމު ބަނގުރޫޓުކުރި އިބޫ ސޯލިހުވެސް 2028ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަނީ

ނިމިދިޔަ އެމްޑީޕީގެ 5 އަހަރުގެ ދައުރުގައި ޤައުމުގެ ހަރުމުދާ ރަހުނުކޮށް، ދިވެހިރާއްޖެ ބިލިއަނުން ދަރުވާލާ، ބަނގުރޫޓުކުރުމުގެ އެއް މޭސްތިރިޔާ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ވެސް 2028 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ނިންމަވައިފިއެވެ.

Ad Image
Ads by

މީގެކުރިން ބޭއްވި އެކި އިންޓަވިއުތަކުގައި، ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމާ މެދު ވަކި ގޮތެއް ނުނިންމަވާ ކަމަށް ރައީސް ސޯލިހް ވިދާޅުވެފައިވީ ނަމަވެސް، އެމަނިކުފާނު މިހާރު ވަނީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ނިންމަވާފައެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މި ނިންމެވުން ނިންމެވީ އިއްޔެ އެމަނިކުފާނުގެ އަރިސް އެމްޑީޕީގެ ޓީމަކާއެކު ބޭއްވެވި ބައްދަލުވުމަކަށް ފަހުގައެވެ. މީގެ އިތުރުން މިކަމާ ގުޅޭގޮތުން އެމަނިކުފާނު ވަނީ އެމްޑީޕީގެ ލީޑާޝިޕްގެ ބައެއް އިސް ބޭފުޅުންނާ ވެސް މަޝްވަރާ ކުރައްވާފައެވެ.

އެހެންނަމަވެސް، ޕްރައިމަރީގައި ވާދަކުރެއްވުމަށް ރައީސް ސޯލިހް ނިންމެވި ނަމަވެސް، އެމަނިކުފާނު އަދި މިކަން ރަސްމީކޮށް އާންމުކޮށް އިއުލާނެއް ނުކުރައްވައެވެ.

އިބްރާހިމްގެ ވެރިކަމަކީ ފަހުގެ ތާރީޚެއްގައި ދިވެހިރާއްޖެ ދުށް އެންމެ އަނދިރި ވެރިކަމޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. ދިވެހިރާއްޖޭގެ މިނިވަންކަމާ އިސްތިޤުލާލަށް އަރައިގަނެ، މުޅި ދުނިޔޭގެ ކުރިމަތީގައި ރާއްޖޭގެ އަގު ވައްޓާލުމާއި، އިސްލާމްދީނާއި، ޚިލާފު އެތައް އެތައް ކަމެއް އޭނާގެ ވެރިކަމުގައި ދިވެހިން ތަޖުރިބާކުރަން ޖެހުނެވެ. މިއަދު އެ ހަނދާން ނެތީ ކަމަށްވެދާނެއެވެ. ނުވަތަ ހިތުން އެކުރެވުނީ މާމޮޅު ވެރިކަމެއްކަމުގައި ހީވެ އަލުން ދިވެހިން ގުނބޯ ހައްދަން ބޭނުންފުޅުވީއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހްގެ އިތުރުން ދެން ވާދަކުރައްވާނެ ކަމަށް ބެލެވެނީ އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދާއި ފައްޔާޒް އިސްމާއީލެވެ. މީގެ ތެރެއިން އަބްދުﷲ ޝާހިދު މިހާރުވެސް ޕްރައިމަރީއަށް އަމާޒުކޮށް ކެމްޕެއިން ހަރަކާތްތައް ހިންގަވަމުން ގެންދަވާއިރު، ޝާހިދު ވެސް އަދި ރަސްމީކޮށް އެކަން އިއުލާނެއް ނުކުރައްވައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
1 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
ކަލޯ
ކަލޯ
2 މަސް ކުރިން

ދެން ނެތްތަ އިތުރަަޢް ހަދާނެ ދޮގެއް, ރަޢްތަކަޢް އަރާ އަހާލަބަލަ, ތި ތާއީދު ކުރާ މީހާތޯ ރަނގަޅީ, އިބޫތޯ ރަނގަޅީ.

Ads by
ފަހުގެ ޚަބަރު
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
20261024_135936
1967 ގެ ފަހުން ހިންގާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަން ވެސްޓު ބޭންކުގައި އިޒްރޭލުން ފަށައި، ޚަލީލް ސިޓީ ޙިޞާރުކޮށްފި
jinseegoanaa
ރޭޕްކޭސް: އަނިޔާ ލިބުނު ފަރާތްތަކުގެ ޒާތީ މައުލޫމާތާއި ފޮޓޯ އާންމުނުކުރުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި