Saturday, 24 October 2026
Ads by

ކައުންސިލްގެ ރަސްމީ ޖަލްސާގައި ކައުންސިލަރު ޚަދީޖާ މެންބަރު އިބްރާހިމަށް ފުރައްސާރަކޮށްފި

ކައުންސިލްގެ ރަސްމީ ޖަލްސާގައި ކައުންސިލަރު ޚަދީޖާ މެންބަރު އިބްރާހިމަށް ފުރައްސާރަކޮށްފި

ކައުންސިލަރު ޚަދީޖާ---

މާލެ ސިޓީ ކައުންސިލްގެ ރަސްމީ ޖަލްސާއެއްގައި މައްޗަންގޯޅި އުތުރު ދާއިރާގެ ކައުންސިލަރު ޚަދީޖާ މުޙައްމަދު ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ފުރައްސާރަކޮށްފިއެވެ.

Ad Image
Ads by

މާލެ ސިޓީ ކައުންސިލްގެ ރަސްމީ ޖަލްސާއެއްގެ ތެރެއިން ޚަދީޖާ ފުރައްސާރަކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި އުތުރު ދާއިރާ ތަމްސީލުކުރައްވާ މެންބަރު އިބްރާހިމް މުޙައްމަދަށެވެ. މި ޖަލްސާގައި ޚަދީޖާ ވަނީ މެންބަރު އިބްރާހިމަށް ނިސްބަތްކޮށް މަލާމާތްކުރުމުގެ އިތުރުން، އޭނާއަށް ވަނަމުން ގޮވައިފައެވެ.

މިކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ޚަދީޖާއަށް ވަނީ އަމާޒުވެފައެވެ.

މިކަން ހިނގައިދިޔައިރު ޖަލްސާގެ ރިޔާސަތުގައި އިންނެވި މާލޭގެ މޭޔަރު އާދަމް އާޒިމްގެ ފަރާތުން ފެނުނު އަމަލުތަކަށް ވެސް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. ކައުންސިލަރު ޚަދީޖާގެ މިފަދަ ބޭއަދަބީ އަމަލުތައް ހުއްޓުވުމުގެ ބަދަލުގައި، މޭޔަރު އާޒިމް ވަނީ އެކަމަކީ މަޖާ ކަމަކަށް ހައްދަވައި، އެކަމުގައި ބައިވެރިވެ ހީނ ހައްދަވާފައެވެ.

މިކަމާ ގުޅިގެން މެންބަރު އިބްރާހިމް މުހައްމަދު ވިދާޅުވީ، ރަސްމީ ގަޑީގައި ރައްޔިތުންނަށް ފެންނަ ގޮތަށް، މެންބަރަކަށް ވިޔަސް އަދި އެހެން މީހަކަށް ވިޔަސް ފުރައްސާރަ ކުރުމަކީ އެއްވެސް މޮޅުކަމެއް ނޫން ކަމަށެވެ. އަދި މިކަމުގައި އެންމެ ހަޑިކަމަކީ ރިޔާސަތުގައި އިންނެވި ބޭފުޅާގެ ހާލުދެރަވުން ކަމަށާއި ތައުލީމީ ވިސްނުމުން ނޫންނަމަވެސް ތިމާގެ ހައިސިއްޔަތާ މަގާމުގެ ކަރާމަތަށް ވެސް ވިސްނާލަންވާނެ ކަމަށް މެންބަރު އިބްރާހިމް ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މާލޭ ސިޓީ ކައުންސިލަށް އަލަށް އިންތިހާބުވި ކައުންސިލަތުންގެ ފަރާތުން ބޭއަދަބީ މަންޒަރުތައް ފެންނާތީ އަދި އެކަންކަން އިސްލާހުކުރުމަށް މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް އެއްވެސް މަސައްކަތެއް ނުކުރައްވާތީ ގިނަ ބައެއްގެ ފާޑުކިޔުން ވެސް ވަނީ ކައުންސިލަަށާއި މޭޔަރު އާޒިމަށް އަމާޒުވެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
20261024_135936
1967 ގެ ފަހުން ހިންގާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަން ވެސްޓު ބޭންކުގައި އިޒްރޭލުން ފަށައި، ޚަލީލް ސިޓީ ޙިޞާރުކޮށްފި
jinseegoanaa
ރޭޕްކޭސް: އަނިޔާ ލިބުނު ފަރާތްތަކުގެ ޒާތީ މައުލޫމާތާއި ފޮޓޯ އާންމުނުކުރުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި