Monday, 14 September 2026
Ads by

ޓީޓީތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު އިތުރުކުރުމަށް ބީއެމްއެލްއިން ނިންމައިފި

ޓީޓީތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު އިތުރުކުރުމަށް ބީއެމްއެލްއިން ނިންމައިފި

ބީއެމްއެލްގެ މައި އިދާރާ---

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ލިބޭ ބޭރު ފައިސާގެ މިންވަރަށާއި ކަސްޓަމަރުންގެ ބޭނުންތަކަށް ރިއާޔަތްކޮށް، ކުރިއަށް އޮތް ތިން ހަފުތާގެ މުއްދަތަށް ޓެލެގްރެފިކް ޓްރާންސްފަރ (ޓީޓީ) ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު އިތުރުކުރުމަށް އެ ބޭންކުން ނިންމައިފިއެވެ.

Ad Image
Ads by

ބީއެމްއެލްއިން މި ނިންމުން ނިންމާފައިވަނީ މަރުކަޒީ ބޭންކު (އެމްއެމްއޭ) އިން ބޭންކުތަކަށް ފޯރުކޮށްދޭ ބޭރު ފައިސާގެ މިންވަރު ކުރިއަށް އޮތް ތިން ހަފުތާއަށް އިތުރުކުރުމާ ގުޅިގެންނެވެ. މިއީ ރާއްޖޭގެ ބާޒާރުގައި ޑޮލަރުގެ މުއާމަލާތްތައް ހިންގުމުގައި ދިމާވާ ދަތިތައް ހައްލުކޮށް، ވިޔަފާރިތަކަށް ލުއިފަސޭހަކޮށްދިނުމުގެ މަގުސަދުގައި އެޅި ފިޔަވަޅެއް ކަމަށް އެ ބޭންކުން ހާމަކުރެއެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ ފުރަތަމަ ހަތް މަސްދުވަހުގެ ތެރޭގައި އެކަނިވެސް ބީއެމްއެލްއިން ވަނީ ޓީޓީ ހެދުމަށްޓަކައި 186 މިލިއަން ޑޮލަރު ކަސްޓަމަރުންނަށް ފޯރުކޮށްދީފައެވެ. މިއީ މަހެއްގެ މައްޗަށް އެވްރެޖްކޮށް 27 މިލިއަން ޑޮލަރެވެ. މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު، މި އަހަރު ކޮންމެ މަހަކު އިތުރަށް 12 މިލިއަން ޑޮލަރު ބޭންކުން ވަނީ ދޫކޮށްފައެވެ.

މީގެ އިތުރުން، މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް އެކި ބޭނުންތަކަށް ބޭންކުން ޖުމްލަ 570 މިލިއަން ޑޮލަރު ދޫކޮށްފައިވާކަން ބީއެމްއެލްއިން ފާހަގަކުރެއެވެ. މިއީ ދުވާލެއްގެ މައްޗަށް ބަލާނަމަ ގާތްގަނޑަކަށް 2.7 މިލިއަން ޑޮލަރެވެ.

ބީއެމްއެލްއިން އިތުރަށް ބުނެފައިވަނީ، ކަސްޓަމަރުންނަށް ބޭނުންވާ ބޭރު ފައިސާ ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަކީ އެ ބޭންކުގެ އެންމެ ބޮޑު އިސްކަން ކަމަށެވެ. އަދި ބޭންކަށް ލިބޭ އާމްދަނީއާ އެއްވަރަށް، އާންމުންނާއި ވިޔަފާރިތަކުގެ ބޭނުންތައް ފުއްދައިދިނުމުގައި އަބަދު ވެސް މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން އެ ބޭންކުން ވަނީ ދީފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260913_215603
ތުރުކީގެ "މަގޭ ޢާއިލާ ރައްކާތެރި" ރެެއިޑް: ލާދީނީ އެލްޖީބީޓީ ހަރުކަށި ޖަމާޢަތްތަކަށް ނިސްބަތްވާ 26 މީހުން ހައްޔަރުކޮށްފި
b_202609140349441789382984
މީހުން ބަލަބަލާ ތިއްބާ ޓީވީއެއް ވަގަށް ނަގައިގެން ފިލައިފި
raeesoffice_presidentoffice2
ރައީސް އޮފީހުގެ 2 މަގާމަކަށް 2 ބޭފުޅަކު އައްޔަންކުރައްވައިފި
Screenshot 20
ރާއްޖޭގެ ހުރިހާ ރަށެއްގައި ޛިކުރާއި ނަޞޭޙަތުގެ ބޯޑުތައް ހަރުކުރުމުގެ މަސައްކަތް ފަށައިފި
Ads by
މަގުބޫލު
IMG_20260913_133240_150
ފެނުގައި ހުންނަ ވިހައިގެ 95 އިންސައްތަ ސާފުކޮށްދޭ އަގުހެޔޮ ފިލްޓަރެއް 11 އަހަރުގެ ކުއްޖަކު އުފައްދައިފި
20260914_141838
މީގެ 12 އަހަރު ކުރިން މަރާލާފައިވާކަމަށް ނިންމި އަންހެނަކު އޭނާގެ ލޯބިވެރިޔާއާއެކު ދިރިއުޅެމުންދަނިކޮށް ފެނިއްޖެ
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
yameen corrupt
ތިން މިނިސްޓްރީގައި ރޯވި ހާދިސާގެ މައުލޫމާތު ނޭނގޭ ކަމަށް ވިދާޅުވެ ރައީސް ޔާމީން ތަހުގީގަށް ފިލައިފި
IMG_20260913_133240_150
ފެނުގައި ހުންނަ ވިހައިގެ 95 އިންސައްތަ ސާފުކޮށްދޭ އަގުހެޔޮ ފިލްޓަރެއް 11 އަހަރުގެ ކުއްޖަކު އުފައްދައިފި
20260914_141838
މީގެ 12 އަހަރު ކުރިން މަރާލާފައިވާކަމަށް ނިންމި އަންހެނަކު އޭނާގެ ލޯބިވެރިޔާއާއެކު ދިރިއުޅެމުންދަނިކޮށް ފެނިއްޖެ
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
yameen corrupt
ތިން މިނިސްޓްރީގައި ރޯވި ހާދިސާގެ މައުލޫމާތު ނޭނގޭ ކަމަށް ވިދާޅުވެ ރައީސް ޔާމީން ތަހުގީގަށް ފިލައިފި