އީރާނުގެ ބަނދަރުތަކަށް ވަދެނުކުމެވޭ ގޮތަށް އެމެރިކާއިން އަޅާފައިވާ އަސްކަރީ ބްލޮކޭޑާ ޚިލާފުވާން އުޅުނު ޕެނަމާގެ ’ވެލާ ނޯވާ‘ ކޮންޓޭނަރު ބޯޓަށް އެމެރިކާގެ އަސްކަރީ ހެލިކޮޕްޓަރަކުން ހެލްފަޔަރ މިސައިލް ޙަމަލާތަކެއް ދީ، ބޯޓުގެ އިންޖީނުގެ އަދި މިސްރާބު ހިފާ ނިޒާމު ހަލާކުކޮށްލައިފިއެވެ.
Earlier today, CENTCOM forces disabled the steering gear of Panama-flagged M/V Vela Nova as the cargo vessel attempted to transit the Gulf of Oman and violate the U.S. blockade against Iran by sailing toward an Iranian port.
A U.S. Navy MH-60 helicopter fired two hellfire… pic.twitter.com/hqY1g2Ng8q
— U.S. Central Command (@CENTCOM) August 11, 2026
އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ކަށަވަރުކޮށްދިން ގޮތުގައި، އެމެރިކާގެ ނޭވީގެ އެމްއެޗް-60 ހެލިކޮޕްޓަރަކުން ދެ ހެލްފަޔަރ މިސައިލް ފޮނުވާލީ ބޯޓަށް ދެވުނު ގިނަ އިންޒާރުތަކަށް އިޖާބަ ނުދީ އީރާނުގެ ބަނދަރަކަށް ދަތުރުކުރަން އުޅުމުންނެވެ. މި ޙަމަލާ ދީފައިވަނީ ޕާކިސްތާނުގެ ކަންނެލި ސަރަޙައްދުން 71 ނޯޓިކަލް މީލް ދުރުން ގަލްފު އޮފް އޯމާންގައެވެ.
މި ޙަމަލާއާއެކު ބޯޓުގައި ރޯވި އަލިފާންގަނޑު ވަނީ ނިއްވާލާފައެވެ. އަދި ބޯޓުގައި ތިބި 17 ފަޅުވެރިން ވަނީ ރައްކާތެރިކަމާއެކު ބޯޓުން ބާލާފައެވެ. މި ޙަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ. ސެންޓްކޮމްއިން ހާމަކުރި ގޮތުގައި، އީރާނުގެ ބްލޮކޭޑް ތަންފީޒުކުރުމުގެ އޮޕަރޭޝަންގެ ތެރެއިން މިހާތަނަށް 55 އުޅަނދެއްގެ މިސްރާބު ބަދަލުކުރުވައި، އަމުރަށް ނުކިޔަމަންތެރިވި 3 އުޅަނދެއްގެ އިންޖީނު ހަލާކުކޮށްލައި، އަދި 2 އުޅަނދަކަށް ސިފައިން އަރައި ބަލައިފާސްކޮށްފައިވެއެވެ.












