Monday, 14 September 2026
Ads by

ހޮރްމޫޒް ކަނޑުއޮޅި އޮތީ އެމެރިކާއިން އަޅާފައިވާ ”ވައިޓައިނުލެވޭނެ ދަގަނޑު ފާރެއް“ ފަދަ ބްލޮކޭޑެއްގެ ކޮންޓްރޯލްގައި، އީރާނުން ހަނގުރާމައިގެ ބަދަލު ދޭންޖެހޭނެ: ޓްރަމްޕު

ހޮރްމޫޒް ކަނޑުއޮޅި އޮތީ އެމެރިކާއިން އަޅާފައިވާ ”ވައިޓައިނުލެވޭނެ ދަގަނޑު ފާރެއް“ ފަދަ ބްލޮކޭޑެއްގެ ކޮންޓްރޯލްގައި، އީރާނުން ހަނގުރާމައިގެ ބަދަލު ދޭންޖެހޭނެ: ޓްރަމްޕު

ޑޮނަލްޑް ޓްރަމްޕު؛ (ކަނާތް ފަރާތުން) ހޮރްމޫޒް. (ރޮއިޓާސް ފޮޓޯ)

ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށް ކުރެވެމުންދިޔަ މަޝްވަރާތައް ހުއްޓުމަކަށް އައިސް، އެމެރިކާއާއި އީރާނާ ދެމެދު ބަހުގެ ޙަމަލާތައް ވަރުގަދަވެއްޖެއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ފާރިސީ ކަނޑުއޮޅީގައި އެމެރިކާގެ ނޭވީން %100 ކޮންޓްރޯލް ހޯދާފައިވާ ކަމަށާއި، އެމެރިކާގެ އަސްކަރީ ބްލޮކޭޑަކީ ”ދަގަނޑު ފާރެއް“ ފަދަ ވަރުގަދަ ބްލޮކޭޑެއް ކަމަށް ބުނެފައެވެ.

Ad Image
Ads by

އޯވަލް އޮފީހުގައި ވާހަކަދައްކަމުން އަދި ޓްރޫތު ސޯޝަލްގައި ކުރި ޕޯސްޓްތަކެއްގައި ޓްރަމްޕް ވަނީ، އެމެރިކާއިން ދިން ޙަމަލާތަކުގެ ބަދަލު ހޯދުމަށް އީރާނުން ކުރި ޝަރުޠުތައް މުޅިން އިންކާރުކޮށްފައެވެ. އަދި އޭގެ ބަދަލުގައި، ފާއިތުވި 50 އަހަރު ދުވަހުގެ ތެރޭގައި އީރާނުން ހިންގާފައިވާ ކަމަށް ބުނާ ޢުދުވާންތަކާއި، ލިބުނު ގެއްލުންތަކުގެ ބަދަލު އީރާނުން އެމެރިކާއަށް ދޭންޖެހޭނެ ކަމަށް ޓްރަމްޕް ވަނީ ޝަރުޠުކޮށްފައެވެ.

ޓްރަމްޕް ވަނީ އެމެރިކާގެ ޔޫއެސްއެސް ކޯލްއަށް ދިން ޙަމަލާއާއި، ސޫރިޔާ އާއި، ލުބުނާނާއި، ޔަމަން އަދި ޣައްޒާގައި ހިނގި ހަނގުރާމަތަކުގައި އީރާނުގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ބަދަލު ހޯދުމަށް އެމެރިކާގެ މަންދޫބުންނަށް އަންގާފައެވެ.

އީރާނުގެ އިންފްލޭޝަން %300 އަށް އުފުލި، އިޤްތިޞާދު އިނދަޖެހެމުންދާކަން ފާހަގަކޮށް ޓްރަމްޕް ބުނީ، އީރާނަކީ މިހާރު މުފްލިސްވެފައިވާ ޤައުމެއް ކަމަށާއި، އަސްކަރީ ބްލޮކޭޑް ދެމިއޮންނާނެ ކަމަށެވެ. ދެ ޤައުމުގެ ފަރާތުން ހަރުކަށި ޝަރުޠުތައް ކުރިމަތިކުރުމާ ގުޅިގެން ކަނޑުއޮޅި އަވަހަށް ހުޅުވާލެވޭނެކަމުގެ އުންމީދުތައް ފަނޑުވެ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ %5 އަށް އުފުލިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260914_202123
ކޮލްކަތާގެ މުސްލިމް ކޮލަނީއަކުން ފެން ކަނޑާލާފައިވާތާ 46 ދުވަސް، ކައިރި ހިންދޫންގެ ހިސާބުތަކަށް ފެންލިބޭ!
810119462_1642450940631260_7645542437113783995_n
ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރި 2 ބިދޭސީއަކު އިމިގްރޭޝަނުުގެ ބެލުމުގެ ދަށަށް!
Ihusaan
ކަޅު ބާޒާރުގައި ޑޮލަރު މާރުކުރާ 12 ބިދޭސީއެއްގެ މައްސަލަ ބަލަނީ
472483_f23f3663-7_
މެލޭޝިއާގެ ބޮޑު ވަޒީރު އަންވަރު އިބްރާހީމް، ރާއްޖެ ވަޑައިގެންފި
Ads by
މަގުބޫލު
IMG_20260913_133240_150
ފެނުގައި ހުންނަ ވިހައިގެ 95 އިންސައްތަ ސާފުކޮށްދޭ އަގުހެޔޮ ފިލްޓަރެއް 11 އަހަރުގެ ކުއްޖަކު އުފައްދައިފި
20260914_141838
މީގެ 12 އަހަރު ކުރިން މަރާލާފައިވާކަމަށް ނިންމި އަންހެނަކު އޭނާގެ ލޯބިވެރިޔާއާއެކު ދިރިއުޅެމުންދަނިކޮށް ފެނިއްޖެ
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
yameen corrupt
ތިން މިނިސްޓްރީގައި ރޯވި ހާދިސާގެ މައުލޫމާތު ނޭނގޭ ކަމަށް ވިދާޅުވެ ރައީސް ޔާމީން ތަހުގީގަށް ފިލައިފި