Saturday, 24 October 2026
Ads by

2028 ގައި ޔާމީން ހުންނަވާނީ ރައީސް މުޢިއްޒު 2 ވަނަ ދައުރަކަށް ހޮވަން ފޫގަޅައިގެން: ފަލާޙު

2028 ގައި ޔާމީން ހުންނަވާނީ ރައީސް މުޢިއްޒު 2 ވަނަ ދައުރަކަށް ހޮވަން ފޫގަޅައިގެން: ފަލާޙު

އިނގުރައިދޫ ދާއިރާގެ މެންބަރު ފަލާޙު---

2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ހުންނަވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެވަނަ ދައުރަކަށް ހޮވަން ފޫގަޅައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާޙު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ފަލާޙު މި މޭރުމުން ވިދާޅުވީ، ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ޖަލްސާއެއްގައި ކުރީގެ ރައީސް ޔާމީން ދެއްކެވި ވާހަކައަކަށް އިޝާރާތްކުރައްވަމުންނެވެ. ޕީއެންއެފްގެ ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ، ވެރިކަމަށް ގެނައުމަށްޓަކައި އިދިކޮޅު އެމްޑީޕީގެ މައްޗަށް އަބަދު ވެސް އިހުތިޔާރު ކުރައްވާނީ ރައީސް ޑރ. މުޢިއްޒު ކަމަށެވެ.

”އަދިވެސް އެނީ ޓައިމް އޮފް ދަ ޑޭ، އެނީ ޓައިމް އޮފް ދަ އިޔަރ އަޅުގަނޑު ޗޫސްކުރާނީ މުޢިއްޒު އިނގޭތޯ އެމްޑީޕީގެ މައްޗަށް. އެމްޑީޕީގެ މައްޗަށް އަޅުގަނޑު ޗޫސްކުރާނީ މުޢިއްޒު،“ – ޔާމީން ވިދާޅުވިއެވެ.

ޔާމީން ދެއްކެވި ވާހަކަތަކާ ގުޅިގެން ފަލާޙު ވިދާޅުވީ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޔާމީން ހުންނަވާނީ ރައީސް މުޢިއްޒު ދެވަނަ ދައުރަކަށް ހޮވަން ފޫގަޅާލައިގެން ކަމަށާއި އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން ކަމަށެވެ. އަދި އެމްޑީޕީއަށް ވެރިކަން ލިބިއްޖެ ނަމަ ޔާމީން އަނެއްކާވެސް މާފުއްޓަށް ބަދަލުކޮށް އަނިޔާވެރިވާނެކަން ހުދު އެމަނިކުފާނަށް ވެސް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށް ފަލާހް ވިދާޅުވިއެވެ.

ޕީއެންއެފްގެ ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވަނީ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ޔާމީން ވިދާޅުވީ، ރައީސް މުޢިއްޒުގެ ސަރުކާރާ އަޅާބަލާއިރު އެމްޑީޕީ ސަރުކާރުގައި ކޮށްފައިވާ ކަންކަން މާ ބޮޑަށް ވެސް ގޯސް ކަމަށާއި، އެމްޑީޕީއަކީ ރައްޔިތުންނަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިކުރުވި އަދި އަނިޔާވެރި ބައެއް ކަމަށެވެ.

ޔާމީން އިތުރަށް ވިދާޅުވީ، އެމްޑީޕީއަކީ ޑިމޮކްރަސީގެ ނަމުގައި ހަރަކާތްތެރިވާ ޕާޓީއެއް ނަމަވެސް އެއްވެސް ވަރަކަށް ޑިމޮކްރަސީ ދަންނަ ބައެއް ނޫން ކަމަށާއި، އެމީހުންގެ އަމަލާއި ބަހާ ދިމާނުވާ ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
20261024_135936
1967 ގެ ފަހުން ހިންގާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަން ވެސްޓު ބޭންކުގައި އިޒްރޭލުން ފަށައި، ޚަލީލް ސިޓީ ޙިޞާރުކޮށްފި
jinseegoanaa
ރޭޕްކޭސް: އަނިޔާ ލިބުނު ފަރާތްތަކުގެ ޒާތީ މައުލޫމާތާއި ފޮޓޯ އާންމުނުކުރުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި