Sunday, 27 September 2026
Ads by

ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންކުރާ ފޭކު އިންޖެކްޝަނެއް ރާއްޖެ އެތެރެކުރުމާ ގުޅިގެން ސަމާލުވާން އެދިއްޖެ

ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންކުރާ ފޭކު އިންޖެކްޝަނެއް ރާއްޖެ އެތެރެކުރުމާ ގުޅިގެން ސަމާލުވާން އެދިއްޖެ

އެމްއެފްޑީއޭގެ ނަންބޯޑު---

ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންކުރާ ”އޮޕްޑިވޯ“ ބްރޭންޑުގެ އިންޖެކްޝަނެއްގެ ފޭކު ނުވަތަ ނަކަލު ބެޗެއް ރާއްޖެއަށް އެތެރެކޮށްފައިވާތީ، އެ ބޭނުންކުރުމާއި ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފިއެވެ.

Ad Image
Ads by

އެމްއެފްޑީއޭއިން ނެރުނު ނޫސްބަޔާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، އަސްލު އިންޖެކްޝަނާ އެއްގޮތަށް ނަކަލުކޮށްގެން އުފައްދާފައިވާ މި އިންޖެކްޝަންގެ ބެޗު ނަންބަރަކީ 8081399 ކަމަށެވެ. އަދި މި ބެޗުގެ އިންޖެކްޝަން ރާއްޖެއަށް އެތެރެކޮށްފައިވާކަން ކަށަވަރުކުރެވިފައިވާ ކަމަށްވެސް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.

މަނާކުރެވުނު އިންޖެކްޝަނުގެ ތަފްސީލު:

  • ބްރޭންޑް: އޮޕްޑިވޯ
  • ޖެނެރިކް ނަން: ނިވޮލުމެބް
  • ބާވަތް: އިންޖެކްޝަން (10 mg/mL – 40 mg/4 mL)
  • އުފެއްދި ކުންފުނި: ސްވޯޑްސް ލެބޯޓްރީސް އަންލިމިޓެޑު

މި ބެޗުގެ އިންޖެކްޝަން ރާއްޖެއަށް އެތެރެކުރުމާއި، ވިޔަފާރިކުރުމުގެ އިތުރުން އެއްވެސް ބަލިމީހަކަށް ދިނުމަކީ މިހާރު މަނާކަމެކެވެ. މިއީ އާންމު ސިއްހަތަށް އޮތް ބޮޑު ނުރައްކަލަކަށް ވާތީ، ހުރިހާ ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުންނާއި އާންމު ރައްޔިތުން މިކަމަށް ނުހަނު ސަމާލުވުމަށް އެމްއެފްޑީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

މި މައްސަލައާ ގުޅިގެން އިތުރު މައުލޫމާތު ސާފުކުރުމަށް ނުވަތަ މި އިންޖެކްޝަނާ ގުޅޭ އެއްވެސް ކަމެއް ރިޕޯޓުކުރުމަށް ބޭނުންވާނަމަ، އެ އޮތޯރިޓީގެ ހޮޓްލައިން ނަންބަރު 7200321 އަށް ގުޅުމަށް އެ އޮތޯރިޓީން ވަނީ އެދިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-09-26T083407
ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ދައުވާތަކުގައި ޓިކްޓޮކުން އެމެރިކާގެ އެލަބާމާއާއެކު ސުލްހައިގެ ފުރަތަމަ އެއްބަސްވުން ގާއިމުކޮށްފި
DSC_8864
ދަރަނި އަދާކޮށް، އަސާސީ ހިދުމަތްތައް ގާއިމުކުރުމުން އިންވެސްޓަރުންގެ އިތުބާރު ލިބޭ: ރައީސް މުޢިއްޒު
marine tech ukulhas
މެރިން ޓެކް ޓްރެއިނިންގް ޕްރޮގްރާމް އއ. އުކުޅަހުގައި ފަށައިފި
download - 2026-09-26T115209
ބިން ހިއްކުމުގެ މަޝްރޫޢުތައް އަވަސްކުރަން އެމްޓީސީސީއަށް ބޮޑު އާ ޑްރެޖަރެއް ގެންނަނީ
Ads by
މަގުބޫލު
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި