Saturday, 17 October 2026
Ads by

އެއިމްގެ ސަބަބުން އޭވިއޭޝަންގެ ދާއިރާއަށް ގާބިލު މީހުން ބިނާކުރުން ހަލުވިވާނެ: ޝަރީފް

އެއިމްގެ ސަބަބުން އޭވިއޭޝަންގެ ދާއިރާއަށް ގާބިލު މީހުން ބިނާކުރުން ހަލުވިވާނެ: ޝަރީފް

އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރު ޝަރީފް--- ފޮޓޯ: އެމްއޭސީއެލް

އޭވިއޭޝަން އިންސްޓިޓިއުޓް އޮފް މޯލްޑިވްސް (އެއިމް) ގެ ސަބަބުން އޭވިއޭޝަންގެ ދާއިރާއަށް ބޭނުންވާ ގާބިލު މީހުން ބިނާކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަލުވިވެގެންދާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ޝަރީފް މުޙައްމަދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ޝަރީފް މި މޭރުމުން ވިދާޅުވީ މިއަދު ހުޅުލޭ އައިލެންޑް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި، އޭވިއޭޝަން އިންސްޓިޓިއުޓް ރަސްމީކޮށް އިފްތިތާހުކުރުމާއި، އެ އިންސްޓިޓިއުޓްގެ ފުރަތަމަ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ޝަރީފް ވިދާޅުވި ގޮތުގައި، އެމްއޭސީއެލްގެ ކުރިއެރުން ބިނާވެފައިވަނީ މެދުކެނޑުމެއްނެތި ތަރައްގީވަމުން އަންނަ، ގާބިލު މަސައްކަތްތެރި މުވައްޒަފުންގެ މައްޗަށެވެ.

މި އިންސްޓިޓިއުޓްގެ މައިގަނޑު މަގުސަދަކީ އެމްއޭސީއެލްގެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތަކާއި، އޮނިގަނޑެއްގެ ތެރެއިން ސަނަދު ހާސިލުކޮށް ވަޒީފާގެ ކުރިއެރުން ހޯދައިދިނުން ކަމަށް ވެސް ޝަރީފް ވަނީ ވިދާޅުވެފައެވެ.

މި ރަސްމިއްޔާތަކީ އޭވިއޭޝަން އިންސްޓިޓިއުޓްގެ ފުރަތަމަ ދަސްވެނިވުން ކަމަށްވާއިރު، މި ހަފްލާގައި ސެޓްފިކެޓް ލެވެލް 3 އިން އެއަރޕޯޓް ސެކިއުރިޓީ މެނޭޖްމަންޓް ފުރިހަމަކުރި 29 ދަރިވަރަކު ވަނީ ދަސްވެނިވެފައެވެ. ރަސްމިއްޔާތު ނިންމަވާލައްވަމުން ޝަރީފް ވަނީ ދަސްވެނިވި ދަރިވަރުންނަށް މަރުހަބާ ދަންނަވައި، އެމްއޭސީއެލްގެ އެންމެހައި މުވައްޒަފުން ވެސް މި އިންސްޓިޓިއުޓް މެދުވެރިކޮށް ތައުލީމާއި ތަމްރީނުގެ ފުރުސަތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އިލްތިމާސް ކުރައްވައިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-17T112740
ހައިވޭގައި ފުލުހެއްގެ ގައިގައި ގަސްތުގައި ސައިކަލުން ޖެއްސި މައްސަލަ ސީޕީ ކުށްވެރިކުރައްވައިފި
Ronaldo 565
ރޮނާލްޑޯއަށް ފީފާއިން ވަކި ޚާއްޞަ އިނާޔަތްތަކެއް ދިން ކަމަށް ބުނެ ސައުތުގޭޓް ތުހުމަތުކޮށްފި
download - 2026-10-17T081440
މާލޭގެ 14 ބިމެއް ސަރުކާރަށް ނަގާ މައްސަލަ ސުޕްރީމް ކޯޓާ ހަމައަށް ގެންދަން ސިޓީ ކައުންސިލުން ނިންމައިފި
download - 2026-10-17T061355
ޔަމަނުގެ ޢަދަން އެއާޕޯޓަށް ޙޫޘީންގެ މިސައިލް ހަމަލާތަކެއް
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި