Saturday, 24 October 2026
Ads by

އާސަންދައިގެ ދަށުން އައިވީއެފް ހަދަން އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

އާސަންދައިގެ ދަށުން އައިވީއެފް ހަދަން އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

ފޮޓޯ: ކޯޕަރޭޓްސް މޯލްޑިވްސް

އާސަންދައިގެ ދަށުން އައިވީއެފް ހަދަން އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

Ad Image
Ads by

އާސަންދައިގެ ދަށުން ދަރިމައިވުމުގެ ފަރުވާ ދިނުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދެކެވެ.

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ބުނީ ދަރިމައިވުމަށްޓަކައި ހޯދާ “އައިވީއެފް” ގެ ފަރުވާ އަމިއްލަ ޚަރަދުގައި ކުރަން ދަތިވާ މީހުން ދައުލަތުގެ އެހީއަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފައިވަނީ އަންނަ ޖުލައި މަހުގެ 31ގެ 14:00ގެ ނިޔަލަށް ކަމަށެވެ.

ކުރިން އޮތް ގޮތުންނަމަ އައިވީއެފްގެ ފަރުވާއަށް އެދި ފޯމު ހުށަހެޅުމަށް މިދިޔަ މާޗު މަހުގެ 15 ގައި ހުޅުވާލި ފުރުސަތު މިއަދަށް ހަމަވާނެއެވެ.

އެންސްޕާއިން ބުނީ، ކުރިން ހުޅުވާލި ފުރުސަތުގައި މިއަދުގެ ނިޔަލަށް ފޯމާއި ލިޔެކިޔުންތައް ފުރިހަމަކޮށް، ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން އައިޔޫއައި އަދި އައިވީއެފްގެ ފަރުވާތައް އާސަންދަ ސްކީމް މެދުވެރިކޮށް ފޯރުކޮށްދިނުމާ ގުޅޭ އުސޫލުގެ ދަށުން ޝަރުތު ހަމަވާ ފަރާތްތަކަށް އެހީ ހަމަޖައްސާދެވޭނެ ކަމަށެވެ.

އާސަންދައިން ބުނީ ”އައި.ވީ.އެފް“ގެ ފަރުވާއަށް އެހީ ހަމަޖައްސާދިނުމަށް ހަމަޖެހިފައިވަނީ، އެންމެ މަތިން ޕޮއިންޓް ލިބޭ 100 ދެމަފިރިންނަށްކަމަށެވެ. އަދި މިހިދުމަތް ފޯރުކޮށްދޭނީ އާސަންދަ ސްކީމް މެދުވެރިކޮށް ”އައި.ވީ.އެފް“ގެ ފަރުވާ ރާއްޖޭގައި ފޯރުކޮށްދޭ މަރުކަޒުތަކުންނާއި، ރާއްޖެއިން ބޭރުން މި ހިދުމަތް ދޭ މަރުކަޒުތައް މެދުވެރިކޮށްކަމަށް އާސަންދައިން މަޢޫލޫމާތުދެއެވެ.

އައިވީއެފް އަދި އައިޔޫއެފްގެ ފަރުވާ އާސަންދަ ސްކީމްގެ ދަށުން ލިބޭނެ އުސޫލުގައިވާ ގޮތުން ފަރުވާއަށް އެދޭ ދެމަފިރިންގެ ކައިވެންޏަށް ތިން އަހަރު ވާން ޖެހޭއިރު ގުދުރަތީގޮތުން ދަރިމައިވުމަށް ހުރަސްއެޅޭ ފަދަ ސިއްހީ ސަބަބެއް މެދުވެރިވުން ނުވަތަ ސަބަބު ދެނެނުގަނެވި، ދަރިމައިވުމަށް ފާއިތުވި 3 އަހަރު ނުކުޅެދިފައި ވާން ޖެހޭނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި