Sunday, 27 September 2026
Ads by

މި ސަރުކާރުން ޒުވާނުންނަށް މަތީ ތައުލީމާއި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭނަން: ރައީސް

މި ސަރުކާރުން ޒުވާނުންނަށް މަތީ ތައުލީމާއި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭނަން: ރައީސް

މި ސަރުކާރުން ޒުވާނުންނަށް މަތީ ތަޢުލީމާއި ހުނަރާއި ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ ބައިނަލްއަޤްވާމީ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑީއާގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.

އެމަނިކުފާނުގެ މެސެޖުގައި ޒުވާނުންނަކީ ދިވެހިރާއްޖޭގެ އެންމެ ބޮޑު އެއް ބާރުކަން ފާހަގަކުރައްވައި، ޒުވާނުންގެ އުފެއްދުންތެރިކަމާއި އަޒުމަކީ މުޅި ޤައުމަށް ބަދަލުތަކެއް ގެނެސްދޭ ކަމެއް ކަމަށް ވިދާޅުވިއެވެ.

”އަޅުގަނޑުމެންގެ ޒުވާނުންގެ އަތްމަތީގައި، ދިވެހިރާއްޖޭގެ މިއަދާއި މުސްތަޤުބަލު ފާގަތިކަމާއި ވިލުންތެރިކަމާއި އަދި ދެމެހެއްޓެނިވި ތަރައްޤީގެ މައްޗަށް ބިނާވެގެންދާނެކަމާމެދު އަޅުގަނޑަށް ފުރިހަމަ ޔަޤީންކަން އެބައޮތް“ ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 45 ޕަސަންޓަކީ ޒުވާނުން ކަމަށްވާއިރު، އެމީހުންގެ ހުވަފެންތަކަކީ ޤައުމުގެ މުސްތަޤުބަލު ބިނާކުރާނެ މުހިންމު އަސާސެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި ނެޝެނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމާއި ވަޠަނީ ޚިދުމަތުގެ ޤައުމީ ޕްރޮގްރާމަކީ މި މަގުން ސަރުކާރުން ހިންގާ މުހިންމު މަސައްކަތްތައް ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

ޒުވާނުން ބާރުވެރިކުރުމަށްޓަކައި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމެޓީއެއް އުފައްދާފައިވާކަން ފާހަގަކުރައްވަމުން، ކްރީއޭޓިވް އިކޮނޮމީއެއް ތަރައްޤީކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން މަސައްކަތުގެ މާހައުލަށް ޒުވާނުން ތައްޔާރުކުރުމަށް އަޕް ސްކިލިން ޕްރޮގްރާމުތަކާއި އެޕްރެންޓިސްޝިޕް ޕްރޮގްރާމުތައް ހިންގަމުން އަންނަ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-09-26T083407
ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ދައުވާތަކުގައި ޓިކްޓޮކުން އެމެރިކާގެ އެލަބާމާއާއެކު ސުލްހައިގެ ފުރަތަމަ އެއްބަސްވުން ގާއިމުކޮށްފި
DSC_8864
ދަރަނި އަދާކޮށް، އަސާސީ ހިދުމަތްތައް ގާއިމުކުރުމުން އިންވެސްޓަރުންގެ އިތުބާރު ލިބޭ: ރައީސް މުޢިއްޒު
marine tech ukulhas
މެރިން ޓެކް ޓްރެއިނިންގް ޕްރޮގްރާމް އއ. އުކުޅަހުގައި ފަށައިފި
download - 2026-09-26T115209
ބިން ހިއްކުމުގެ މަޝްރޫޢުތައް އަވަސްކުރަން އެމްޓީސީސީއަށް ބޮޑު އާ ޑްރެޖަރެއް ގެންނަނީ
Ads by
މަގުބޫލު
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި