Sunday, 27 September 2026
Ads by

ޑރ. ފައުޗީގެ ސިއްރު މެސެޖުތައް: މާބަނޑު ދުވަސްވަރު ވެކްސިން ދިނުމުގެ ނުރައްކާ އޮތް! އެކަމަކު އާންމުންނަށް ދިނީ އެހެން މެސެޖެއް!

ޑރ. ފައުޗީގެ ސިއްރު މެސެޖުތައް: މާބަނޑު ދުވަސްވަރު ވެކްސިން ދިނުމުގެ ނުރައްކާ އޮތް! އެކަމަކު އާންމުންނަށް ދިނީ އެހެން މެސެޖެއް!

ކޮވިޑް-19 ޕެންޑެމިކާ ގުޅޭގޮތުން ސުވާލުކުރުމަށް ޑރ. އެންތަނީ ފައުޗީ އެމެރިކާ ސެނެޓުގެ ކޮމިޓީއަކަށް ހާޒިރުވެ އިން މަންޒަރު, ޖުލައި 29. (އެސޯސިއޭޓެޑް ޕްރެސް)

2021 ވަނަ އަހަރުގެ ކުރަންކޮޅު އެމެރިކާގެ ޞިއްހީ އިދާރާތަކުގެ އިސް ފަރާތްތައް ބަދަލުވުންތަކުން ސިއްރު މެސެޖުތަކެއް އާންމުވެއްޖެއެވެ. މި މެސެޖުތަކުން އެނގޭ ގޮތުގައި، ކޮވިޑް-19 ވެކްސިންގެ ދެވަނަ ޑޯޒަށްފަހު އަންނަ ހުން ގަދަވުމުގެ ސަބަބުން މާބަނޑު ދުވަސްވަރުގެ ފުރަތަމަ ތިން މަހު ބައިގެންދިޔުން ނުރައްކާ ”ނަޒަރިއްޔާތީ ގޮތުން“ އޮތް ކަމަށް ޑރ. އެންތަނީ ފައުޗީ ވަނީ އަމިއްލައަށް ޤަބޫލުކޮށްފައެވެ. ނަމަވެސް، އޭގެ މަދު ދުވަސްކޮޅެއް ފަހުން އާންމުންނާ މުޚާތަބުކުރަމުން އޭނާ ވަނީ މާބަނޑު އަންހެނުންނަށް ވެކްސިން ދިނުމުގައި ”އެއްވެސް ނުރައްކަލެއްގެ ނިޝާނެއް ނެތް“ ކަމަށް ބުނެފައެވެ. މި މެސެޖުތައް އާންމުކޮށްފައިވަނީ އެމެރިކާގެ ސެނެޓުގެ ހޯމްލޭންޑް ސެކިއުރިޓީ ކޮމިޓީގައި ހިމެނޭ ސެނެޓަރު ރޭންޑްލް އަދި ސެނެޓަރު ރޮން ޖޯންސަންއެވެ.

Ad Image
Ads by

ސިއްރު މެސެޖުތަކުގެ ތަފްސީލު

25 ޖަނަވަރީ 2021 ގައި، ޑރ. ފައުޗީ ވަނީ އޭރުގެ ސީޑީސީގެ ޑިރެކްޓަރު ޑރ. ރޮޝެލެންސްކީ އަދި ސާޖަން ޖެނެރަލް ޑރ. ވިވެކް މުރުތީއާއެކު މެސެޖު ބަދަލުކޮށްފައެވެ.

”އަޅުގަނޑު އިތުރަށް އޮޅުންފިލުވާލުމުން އެނގުނު ގޮތުގައި ތިޔަބޭފުޅުން ސަމާލުވާންޖެހޭ އިތުރު މައްސަލައެއް އެބައޮތް،“ ފައުޗީ ލިޔެފައިވެއެވެ. ”ގިނަ ބަޔަކަށް ދެވަނަ ޑޯޒަށްފަހު ގަދައަށް ހުން އައިސް ދިފާޢީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އަންނާތީ، މިއީ ނަޒަރިއްޔާތީ ގޮތުން ބަލާއިރު ފުރަތަމަ ތިން މަހުގައި ބަނޑުބޮޑުވުން ބައިގެންދިއުމާ ގުޅުންހުރި ކަމަކަށް ވެދާނެ.“
މި މެސެޖަށް ރައްދު ދެމުން ޑރ. ވަނީ، މިއީ ”ނުހަނު މުހިންމު ފާހަގަކުރުމެއް“ ކަމަށް ބުނެފައެވެ.

ޖެހިގެން އައި ދުވަހު، ސާޖަން ޖެނެރަލް ވިވެކް މުރުތީ ވަނީ ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން މާބަނޑު އަންހެނުންނަށް މޮޑާނާ ވެކްސިން ދިނުން ރެކޮމެންޑް ނުކުރާ ކަމަށް ނެރުނު ބަޔާނާމެދު ކަންބޮޑުވުން ފާޅުކޮށްދައެވެ. މުރުތީ ބުނީ އެއީ ”އާންމުންގެ އިތުބާރު ގެއްލިގެންދާނެ ފަދަ ނުރައްކާތެރި ބަޔާނެއް“ ކަމަށެވެ.

އާންމުންނަށް ދިން މެސެޖާއި އެތެރޭގެ މަޝްވަރާތަކުގެ ތަފާތު

މި މެސެޖުތައް ބަދަލުކުރިކެތާ ނުވަ ދުވަސް ފަހުން، 3 ފެބްރުއަރީ 2021 ގައި، ޖާނަލް އޮފް ދި އެމެރިކަން މެޑިކަލް އެސޯސިއޭޝަން (ޖޭއޭއެމްއޭ) ގެ ލައިވް ޕްރޮގްރާމެއްގައި ވާހަކަދައްކަމުން ފައުޗީ ބުނީ، އެފްޑީއޭގެ ހޯދުންތަކުން ”މިހާތަނަށް މާބަނޑު އަންހެނުންނަށް ވެކްސިން ދިނުމުގައި އެއްވެސް ނުރައްކަލެއްގެ ނިޝާނެއް ފެނިފައިނުވާ“ ކަމަށެވެ.

އޭގެ ފަހުން އައި މަސްތަކުގައި، ސީޑީސީގެ ވީ-ސޭފް ރެޖިސްޓްރީގެ މައުލޫމާތުތަކަށް އަލިއެޅުވާލުމަށްފަހު ފައުޗީ ވަނީ ވެކްސިން ޖެހި އެތައް ހާސް މާބަނޑު އަންހެނުންގެ ތަފާތުހިސާބުތަކުން އެއްވެސް ނުރައްކަލެއް ފެންނަން ނެތް ކަމަށާއި، ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފައިދާ މާ ބޮޑު ކަމަށް ބުނެފައެވެ.

ސެނެޓުގެ ތަޙުޤީގު

މި މެސެޖުތަކަކީ ފައުޗީގެ ސަރުކާރު ފޯނުން ސެނެޓުގެ ކޮމިޓީއަކުން ހޯދާފައިވާ 34,000 އަށްވުރެ ގިނަ މެސެޖުތަކާއި 522 ވޮއިސްމެއިލްތަކުގެ ތެރެއިން އާންމުކުރި މައުލޫމާތުތަކެކެވެ. ޖުލައި 29 ގައި ބޭއްވި ސެނެޓުގެ އަޑުއެހުމުގައި، ސުވާލުތަކަށް ޖަވާބުނުދީ ހިމޭނުން ހުރުމުގެ ގާނޫނީ ޙައްޤު (ފިފްތު އެމަންޑްމަންޓު) ފައުޗީ ވަނީ ބޭނުންކޮށްފައެވެ. ސެނެޓަރު ރޮން ޖޯންސަން ވަނީ އެތެރޭގެ މަޝްވަރާތަކާއި އާންމުކޮށް ދީފައިވާ ބަޔާންތަކުގެ ތަފާތާ މެދު ސުވާލުކުރުމަށް ފައުޗީ އަޑުއެހުމަކަށް ހާޒިރުވުމަށް އެދެފައެވެ. އަދި އަމިއްލައަށް ހާޒިރުނުވެއްޖެނަމަ ކޯޓު ޢަމުރެއް (ސަބްޕޯނާ) ނެރޭނެ ކަމަށް ބުނެފައިވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-09-26T083407
ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ދައުވާތަކުގައި ޓިކްޓޮކުން އެމެރިކާގެ އެލަބާމާއާއެކު ސުލްހައިގެ ފުރަތަމަ އެއްބަސްވުން ގާއިމުކޮށްފި
DSC_8864
ދަރަނި އަދާކޮށް، އަސާސީ ހިދުމަތްތައް ގާއިމުކުރުމުން އިންވެސްޓަރުންގެ އިތުބާރު ލިބޭ: ރައީސް މުޢިއްޒު
marine tech ukulhas
މެރިން ޓެކް ޓްރެއިނިންގް ޕްރޮގްރާމް އއ. އުކުޅަހުގައި ފަށައިފި
download - 2026-09-26T115209
ބިން ހިއްކުމުގެ މަޝްރޫޢުތައް އަވަސްކުރަން އެމްޓީސީސީއަށް ބޮޑު އާ ޑްރެޖަރެއް ގެންނަނީ
Ads by
މަގުބޫލު
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި