Saturday, 24 October 2026
Ads by

ހުޅުމާލޭ 2 ވަނަ ފިޔަވަހީގެ ބަސް ރޫޓުތައް އިތުރުކުރުމާ ގުޅޭގޮތުން އެމްޓީސީސީއާއެކު މަޝްވަރާކޮށްފި

ހުޅުމާލޭ 2 ވަނަ ފިޔަވަހީގެ ބަސް ރޫޓުތައް އިތުރުކުރުމާ ގުޅޭގޮތުން އެމްޓީސީސީއާއެކު މަޝްވަރާކޮށްފި

ޕީއެންސީގެ ހުޅުމާލެ އުތުރު ދާއިރާގެ ސްޓިއަރިންގ ކޮމިޓީން އެމްޓީސީސީއާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން---

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ގިނަ ސަރަހައްދުތަކެއްގައި އެކަށީގެންވާ ބަސް ރޫޓުތަކާއި ބަސް ހުއްޓިތައް ނެތުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވަމުންދާ ދަތިތަކަށް ހައްލެއް ހޯދުމަށްޓަކައި، ވެރިކަން ކުރާ ޕާޓީ ޕީއެންސީ ހުޅުމާލެ އުތުރު ދާއިރާގެ ސްޓިއަރިންގ ކޮމިޓީން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ އިސް ބައެއް ފަރާތްތަކާ ބައްދަލުކޮށްފިއެވެ.

Ad Image
Ads by

އިއްޔެ ބޭއްވުނު މި ބައްދަލުވުމުގައި، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުން ދަތުރުފަތުރު ކުރުމުގައި ދިމާވާ ގޮންޖެހުންތައް އެމްޓީސީސީގެ ޓީމާ ވަނީ ހިއްސާކޮށްފައެވެ. ވަކިން ހާއްސަކޮށް، ބަސް ހުއްޓިތައް މަދުވުމުގެ ސަބަބުންނާއި، ބައެއް ސަރަހައްދުތަކަށް ބަހުގެ ހިދުމަތް އެކަށީގެންވާ ގޮތެއްގައި ނުލިބޭތީ ރައްޔިތުން އުފުލަންޖެހޭ ތަކުލީފުތަކުގެ ތަފްސީލު މި ބައްދަލުވުމުގައި ވަނީ ދީފައެވެ.

މި މަޝްވަރާތަކާ ގުޅިގެން އެމްޓީސީސީން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް އުއްމީދީ ޖަވާބެއް ދީފައިވާ ކަމަށް ޕީއެންސީގެ ހުޅުމާލެ އުތުރު ދާއިރާގެ ނައިބު ރައީސް މަލްޝާ ޝަރީފް ވަނީ ވިދާޅުވެފައެވެ. އެގޮތުން، ހުޅުމާލެ ދެވަނަ ފިޔަވަހީގެ އެތެރޭގެ ދަތުރުތަކަށް ހާއްސަ ބަސް ރޫޓުތަކެއް ތައާރަފުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި، އިތުރު ސަރަހައްދުތަކަށް ބަސް ހުއްޓިތައް އިތުރުކޮށް ހިދުމަތް ފުޅާކުރާނެކަމުގެ ޔަގީންކަން އެ ކުންފުނިން ދީފައިވާ ކަމަށް މަލްޝާ ވިދާޅުވިއެވެ.

މިކަމާ ގުޅިގެން މަލްޝާ ވިދާޅުވީ، ވެރިކަން ކުރާ ޕާޓީގެ ފަރާތުން ރައްޔިތުންގެ ކަންބޮޑުވުންތައް ކަމާބެހޭ މުއައްސަސާތަކުގެ ސަމާލުކަމަށް ގެނެސް، އެކަންކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ރައްޔިތުންނާއި ސަރުކާރާ ދެމެދު އޮތް ބަދަހި ފާލަމެއްގެ ގޮތުގައި އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ދާއިރާގެ ރައްޔިތުންނަށް ދިމާވާ އެކި ދަތިތައް ހިއްސާކުރެއްވުމަށް އޭނާ ވަނީ ހުރިހާ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.

މަލްޝާ އިތުރަށް ވިދާޅުވީ، މި މަސައްކަތުގެ މައިގަނޑު މަގުސަދަކީ ހުޅުމާލެ އުތުރު ދާއިރާއަކީ ދިރިއުޅެން ފަސޭހަ، ހިދުމަތްތައް ފުރިހަމަ ތަނަކަށް ހެދުން ކަމަށެވެ. އަދި އެންމެން ގުޅިގެން މި އަމާޒަށް ވާސިލުވުމަށް މަސައްކަތް ކުރަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ، ވަކިން ހާއްސަކޮށް އަމާން ދޯދި އަދި އަމާން އުދަރެސް ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ބަހުގެ ހިދުމަތް ހޯދުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަމުގެ ޝަކުވާ އަބަދުވެސް އަންނަނީ ލިބެމުންނެވެ. ބަސް ހުއްޓިތަކާ ހަމައަށް ދިއުމަށް ދިގު ރާސްތާއެއް ހިނގަންޖެހުމާއި، ބަސް އަންނަ ވަގުތުތައް ލަސްވުމުގެ ސަބަބުން، ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނަށް އިންތިހާ އުނދަގޫތަކާ ކުރިމަތިލާންޖެހެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
20261024_135936
1967 ގެ ފަހުން ހިންގާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަން ވެސްޓު ބޭންކުގައި އިޒްރޭލުން ފަށައި، ޚަލީލް ސިޓީ ޙިޞާރުކޮށްފި
jinseegoanaa
ރޭޕްކޭސް: އަނިޔާ ލިބުނު ފަރާތްތަކުގެ ޒާތީ މައުލޫމާތާއި ފޮޓޯ އާންމުނުކުރުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި