Saturday, 24 October 2026
Ads by

ހުޅުމާލެ 3 ވަނަ ފިޔަވަހިން 500 އަށްވުރެ ގިނަ މީހުންނަށް ގޯތި ހަވާލުކޮށްފި

ހުޅުމާލެ 3 ވަނަ ފިޔަވަހިން 500 އަށްވުރެ ގިނަ މީހުންނަށް ގޯތި ހަވާލުކޮށްފި

ހުޅުމާލެ ތިންވަނަ ފިޔަވަހި---

ހުޅުމާލެ ތިންވަނަ ފިޔަވަހިން ގޯތި ލިބުނު މީހުންގެ ތެރެއިން މިހާތަނަށް 500 އަށްވުރެ ގިނަ މީހުންނަށް ގޯތި ހަވާލުކޮށްފައިވާ ކަމަށް ހައުސިންގ މިނިސްޓްރީން ހާމަކޮށްފިއެވެ.

Ad Image
Ads by

ހައުސިންގ މިނިސްޓްރީން މައުލޫމާތު ދީފައިވާ ގޮތުގައި، މިދިޔަ މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް 560 ފަރާތަކަށް ވަނީ ގޯތި ހަވާލުކޮށްފައެވެ. މިއީ އެ ސަރަހައްދުން ގޯތި ލިބުނު މީހުންގެ ޖުމުލަ އަދަދަށް ބަލާއިރު ގާތްގަނޑަކަށް 80 އިންސައްތަ މީހުން ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ލޭންޑް ޔޫސް ޕްލޭނަށް ގެނެވުނު ބަދަލުތަކާ ގުޅިގެން، ގޯތި ލިބިފައިވާ 698 ފަރާތެއްގެ ގޯތިތައް ކަނޑައެޅިފައިވާ ސަރަޙައްދަށް ވަނީ ބަދަލުތަކެއް އައިސްފައެވެ. މި ބަދަލާ ގުޅިގެން ލިބޭ ގޯތި އޮންނަ ސަރަޙައްދު ނުވަތަ ޕްލޮޓް ކަނޑައެޅުމަށްޓަކައި ގުރުއަތުލުން ބާއްވާފައިވަނީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 20 ވަނަ ދުވަހުއެވެ. އަދި އަމަލީ ގޮތުން ބިން ހަވާލުކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ މި އަހަރުގެ މާރިޗް މަހުގެ 26 ވަނަ ދުވަހުއެވެ.

ގޯތި ހަވާލުކުރުމުގެ ކަންކަން ކުރިއަށްދާ ގޮތާ ގުޅޭގޮތުން މިނިސްޓްރީން ބުނެފައިވަނީ، ވެރިފަރާތުން ގޯތީގެ ރަޖިސްޓަރީއަށް އެދުމުން، އެ ރަޖިސްޓަރީ ތައްޔާރުކޮށް ހަވާލުކުރާ އުސޫލުން މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި ބާކީ ހުރި ގޯތިތައް ވީހާވެސް އަވަހަކަށް ހަވާލުކޮށް ނިންމުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ހުޅުމާލެ ތިންވަނަ ފިޔަވަހިން ގޯތި ދޫކުރާ އަދަދާއި ގޯތީގެ ބޮޑުމިން:
• 1650 އަކަފޫޓުގެ 181 ގޯތި
• 2050 އަކަފޫޓުގެ 242 ގޯތި
• 2450 އަކަފޫޓުގެ 132 ގޯތި
• 2850 އަކަފޫޓުގެ 62 ގޯތި
• 3250 އަކަފޫޓުގެ 41 ގޯތި
• 3650 އަކަފޫޓުގެ 16 ގޯތި
• 4000 އަކަފޫޓުގެ 24 ގޯތި

ނިމިދިޔަ އެމްޑީޕީ ސަރުކާރުން ހިންގި ”ބިންވެރިޔާ“ ސްކީމްގެ ދަށުން ހުޅުމާލޭ ތިންވަނަ ފިޔަވަހިން ގޯތި ދޫކުރިއިރު، އެ ސަރަޙައްދު އޮތީ ނުހިއްކައެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ އެ ސަރަހައްދުން 63 ހެކްޓަރުގެ ބިން ހިއްކައި، ގޯތި ހަވާލުކުރުމުގެ މަސައްކަތް ފަށައިފައެވެ.

ހުޅުމާލޭގެ އިތުރުން ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކަށް ވެސް ބިން ހަވާލުކުރުމުގެ މަސައްކަތް ހައުސިންގ މިނިސްޓްރީން މިހާރު ދަނީ ކުރަމުންނެވެ. މިއީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ މުހިންމު މަސައްކަތެއްކަން ފާހަގަކޮށްލެވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި