Saturday, 24 October 2026
Ads by

އިންޑިއާއަށް ދައްކަން ޖެހޭ ލޯން 1 އަހަރަށް ފަސްކޮށްދީފި

އިންޑިއާއަށް ދައްކަން ޖެހޭ ލޯން 1 އަހަރަށް ފަސްކޮށްދީފި

ފޮޓޯ: ފޮރިންގް މިނިސްޓްރީ

ނިމިދިޔަ ސަރުކާރުން އިންޑިއާ މެދުވެރިކޮށް ނެގި 50 މިލިއަން ޑޮލަރުގެ ލޯން އިތުރު 1 އަހަރަށް ފަސްކޮށްދިނުމަށް އިންޑިއާ އިން ނިންމައިފިއެވެ.

Ad Image
Ads by

އިންޑިއާ އިން އެގޮތަށް ނިންމީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރަސްމީކޮށް އެކަމަށް އެދި ހުށަހެޅުމުންނެވެ.

ޞާލިހުގެ ވެރިކަމުގެ ކުރީކޮޅު 2019 ވަނަ އަހަރު ބަޖެޓު ސަޕޯޓުގެ ގޮތުގައި އިންޑިއާގެ ސްޓޭޓް އޮފް ބޭންކް (އެސްބީއައި) މެދުވެރިކޮށް 200 މިލިއަން ޑޮލަރުގެ ބޮޑު ލޯނެއް ނެގިއެވެ. މި ލޯނަކީ އެސްބީއައި އަށް ޓްރެޝަރީ ބިލް ވިއްކައިގެން ހޯދި ލޯނެކެވެ. ޞާލިހުގެ ވެރިކަން ނިމިގެން އައިއިރު، މި ލޯންގެ އެއްވެސް މިންވަރެއް ދައްކާފައި ނުވުމުން އެ ދަރަނި ދައްކަން ޖެހުނީ މި ސަރުކާރަށެވެ. ކުރީގެ ސަރުކާރުން އެ ލޯން ދެއްކުމުގެ ބަދަލުގައި އިންޑިއާ ސަރުކާރަށް ހުށަހަޅައިގެން ދިޔައީ 1 އަހަރުން އަނެއް އަހަރަށް ލޯން ރޯލް އޯވާ ނުވަތަ ލޯން ދެއްކުން ފަސްކުރަމުންނެވެ.

އެކަމަކު، ރައީސް ޑރ. މުޢިއްޒު ވެރިކަމަށް ވަޑައިގެން މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ވަނީ 200 މިލިއަން ޑޮލަރުގެ ތެރެއިން 50 މިލިއަން ޑޮލަރު ދައްކައިފައެވެ. އެހެންވުމާއި އެކު، 150 މިލިއަން ޑޮލަރުގެ ލޯން މި އަހަރުގެ ތެރޭގައި ދައްކަން ޖެހެއެވެ. އަދި އޭގެތެރެއިން 50 މިލިިއަން ޑޮލަރު މި މަހުގެ ތެރޭގައި ދައްކަން ޖެހެއެވެ. އިންޑިއާ ސަރުކާރުން ރޯލް އޯވާ ނުވަތަ ފަސް މި ކުރީ މި މަހު ދައްކަން ޖެހޭ 50 މިލިއަން ޑޮލަރެވެ.

މިދިޔަ ހަފްތާގައި ރާއްޖޭގެ ފޮރިން މިނިސްޓަރ މޫސާ ޒަމީރު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދަރަނި އަދާކުރުމަށް ލުއި ގޮތްތަކެއް ހަމަޖައްސަވައިދެއްވުމަށް އެދިވަޑައިގެންފައިވެއެވެ.

އިންޑިއާ އަށް ކުރެއްވި ދަތުރުފުޅަށް ފަހު ނޫސްވެރިންނާ ބައްދަލު ކުރައްވައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ނުދައްކާ އޮތް 150 މިލިޔަން ޑޮލަރު ދެއްކުމުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދިފައިވާ އިރު، އޭގެ މުގާބިލުގައި އިންޑިއާ ސަރުކާރުން އެއްވެސް ކަމަކަށް އެދިފައި ނުވާ ކަމަށެވެ.

ޒަމީރު އިތުރަށް ވިދާޅުވީ ރާއްޖެއަށް ދިމާވާ ކަންކަމުގައި އަބަދުވެސް އެހީތެރިވާނެ ކަމުގެ ޔަގީންކަން އިންޑިއާ އިން ދީފައިވާ ކަމަށެވެ. ރާއްޖޭގެ ބޭނުންތަކަށް އަބަދުވެސް އިންޑިއާއިން ޕޮޒިޓިވްކޮށް ބައްލަވާ ކަމަށާއި ބޭނުންވާ ބޮޑެތި ކަންކަމުގައި އަބަދުވެސް އެހީތެރިވެދޭނެކަމުގެ ޔަގީންކަން އިންޑިއާއިން ދެއްވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
20261024_135936
1967 ގެ ފަހުން ހިންގާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަން ވެސްޓު ބޭންކުގައި އިޒްރޭލުން ފަށައި، ޚަލީލް ސިޓީ ޙިޞާރުކޮށްފި
jinseegoanaa
ރޭޕްކޭސް: އަނިޔާ ލިބުނު ފަރާތްތަކުގެ ޒާތީ މައުލޫމާތާއި ފޮޓޯ އާންމުނުކުރުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި