Saturday, 24 October 2026
Ads by

ތިނަދޫގައި އަލުން މީހުން އާބާދުވިތާ 60 އަހަރު ފުރުން ފާހަގަކުރަން ނަޝީދާއި ޔާމީން އެ ސިޓީއަށް!

ތިނަދޫގައި އަލުން މީހުން އާބާދުވިތާ 60 އަހަރު ފުރުން ފާހަގަކުރަން ނަޝީދާއި ޔާމީން އެ ސިޓީއަށް!

ކުރީގެ ދެ ރައީސުން ކަމަށްވާ ނަޝީދާއި ޔާމީން---

ގދ. ތިނަދޫގައި އަލުން މީހުން އާބާދުވިތާ 60 އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ ކުލަގަދަ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރީގެ ދެ ރައީސުން ކަމަށްވާ މުޙައްމަދު ނަޝީދާއި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އެ ސިޓީއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

Ad Image
Ads by

ތިނަދޫ ސިޓީ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި، މި މުނާސަބަތުގައި ބައިވެރިވެވަޑައިގަތުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ވަނީ ދައުވަތު އަރުވާފައެވެ. އަދި އެ ދެ ބޭފުޅުން ވެސް ވަނީ މި ދައުވަތު ރަސްމީކޮށް ގަބޫލުކުރައްވާފައިވާކަން ކައުންސިލުން ވަނީ ކަށަވަރުކޮށްދީފައެވެ. މި ދަތުރުފުޅުގައި އެ ބޭފުޅުން ތިނަދޫއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 21 ވަނަ ދުވަހުއެވެ.

ތިނަދޫގައި އަލުން މީހުން އާބާދުވިތާ 60 އަހަރު ފުރެނީ މި މަހުގެ 22 ވަނަ ދުވަހުއެވެ. މި ތާރީހީ ދުވަސް ފާހަގަކުރުމަށް ”އާބާދީ 60“ ގެ ނަމުގައި ތިން ދުވަހުގެ މުއްދަތަށް ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ރަސްމީ ޖަލްސާއެއް ބޭއްވުމާއި، ތިނަދޫގެ ފާހަގަކޮށްލެވޭ ހިދުމަތްތެރިންގެ އަގުވަޒަންކުރުން ހިމެނެއެވެ. މީގެ އިތުރުން ސަގާފީ ހަރަކާތްތަކާއި، ފޮޓޯ މައުރަޒާއި، ފުޅަނދުބުރާއި، ދިދަ ނެގުމުގެ އިތުރުން ގަސް އިންދުމުގެ ހާއްސަ ޕްރޮގްރާމެއް ވެސް ކުރިއަށްދާނެއެވެ.

ކުރީގެ ރައީސް އިބްރާހިމް ނާޞިރުގެ ވެރިކަމުގައި ދެކުނުގެ އަތޮޅުތައް ގުޅިގެން އުފެއްދި ”ޔުނައިޓެޑް ސުވަދީވް ރިޕަބްލިކް“ ގެ ހަރަކާތްތައް ހުއްޓުވުމަށްޓަކައި، ސަރުކާރުން ސިފައިން ފޮނުވައިގެން އެ ރަށުން މީހުން ބާލައި އެ ރަށް ފަޅުކޮށްލީ 4 ފެބްރުއަރީ 1962 ވަނަ ދުވަހުއެވެ. އެއަށްފަހު، އެ ރަށުގައި އަލުން މީހުން އާބާދުވާން ފެށީ 22 އޮގަސްޓް 1966 ވަނަ ދުވަހުން ފެށިގެންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
messi award spain
ސްޕެއިންގެ ޝަރަފުވެރި "ޕްރިންސެސް އޮފް އަސްޓޫރިއަސް" އެވޯޑު މެސީއަށް ލިބިއްޖެ
20261023_212845
އަނިޔާވެރިކަމާ ދެކޮޅަށް ރަޝިޔާގެ އިސްތިއުމާރީ ވެރިކަމަށް ދޫނުދިން ޗެޗްނިޔާގެ ޢިލްމުވެރިއެއް ޝަހީދުކޮށްލައިފި
iPhone duo
އެމެރިކާއާ އެއް ދުވަހެއްގައި އެޕަލް ޑުއޯ ރާއްޖޭގައި ލޯންޗުކޮށް، އެލް ސްޓޫޑިއޯއިން ވިއްކަން ފަށައިފި
IMG-20261023-WA0017
ވިއްސާރައިގެ ގެއްލުންތަކުން އަރައިގަތުމަށް ފުލުހުންގެ އެހީތެރިކަން ރަށްރަށަށް
Ads by
މަގުބޫލު
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
20261023_090833
އެމެރިކާއިން އީރާނަށް ޙަމަލާދިނުމަށް 'މާދަރ އޮފް އޯލް ބޮމްބްސް' ތައްޔާރުކުރުމުން އީރާނުން 'ފާދަރ އޮފް އޯލް ބޮމްބްސް' ދައްކާލުމަށް ތައްޔާރުވަނީ