Wednesday, 12 August 2026
Ads by

144 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ، ޑްރަގް ނެޓްވޯކްތަކުގެ ފައިސާގެ މައްސަލަތަކަށް ފުލުހުންގެ ތަހުގީގުތައް އަމާޒުކޮށްފި

144 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ، ޑްރަގް ނެޓްވޯކްތަކުގެ ފައިސާގެ މައްސަލަތަކަށް ފުލުހުންގެ ތަހުގީގުތައް އަމާޒުކޮށްފި

2026 ވަނަ އަހަރުގެ ފުރަތަމަ ހަތް މަސްދުވަހުގެ ތެރޭގައި މުޅި ރާއްޖޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކުގައި 144 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެ، 1،875 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.

Ad Image
Ads by

ފާއިތުވި ހަތް މަސްދުވަހު ޑްރަގް އެންފޯސްމަންޓުން ކޮށްފައިވާ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ، ޖަނަވަރީ 1 އިން ޖުލައި 31 ގެ ނިޔަލަށް މާލެ ސަރަހައްދާއި އަތޮޅުތެރެ ހިމެނޭގޮތަށް ޖުމްލަ 1،141 އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. މި އޮޕަރޭޝަންތަކުގައި 23،249 މީހުންނާއި، 7،309 ތަނެއް ބަލައިފާސްކޮށް، 144.341 ކިލޯގްރާމްގެ މަސްތުވާތަކެއްޗާއި 1،856 ފުޅި ބަނގުރާ ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައެވެ.

މި މުއްދަތުގެ ތެރޭގައި މަސްތުވާތަކެއްޗާ ގުޅުންހުރި 1،533 މައްސަލައެއް ތަހުގީގުކޮށްފައިވާއިރު، އޭގެ ތެރެއިން 634 މައްސަލައެއްގައި ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ. ޚާއްޞަގޮތެއްގައި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން އަތުލައިގަތް ތަކެތީގެ މަގުމަތީގެ އަގު 121 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް އަރައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޗީފް ސުޕްރިންޓެންޑެންޓް އަޙްމަދު މުސްލިމް ވިދާޅުވީ، މަސްތުވާތަކެތީގެ ނެޓްވޯކްތައް ހިންގާ ފަރާތްތަކާއި އެކަމަށް ފަންޑުކުރާ ފަރާތްތައް ހޯދުމަށް މިހާރު ޚާއްޞަ އިސްކަމެއް ދެމުންދާ ކަމަށެވެ. އެގޮތުން، ފައިސާއާ ގުޅުންހުރި 25 މައްސަލައެއްގެ ތަހުގީގު ކުރިއަށްދާއިރު، ނެޓްވޯކްގެ ގޮތުގައި ހަރަކާތްތެރިވާ ތިން މައްސަލައެއް ވެސް ދަނީ ބަލަމުންނެވެ.

މީގެ އިތުރުން، މަސްތުވާތަކެތީގެ މައްސަލަތަކުގައި ޝާމިލުވާ 116 ބިދޭސީއަކު ޑީޕޯޓުކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށާއި، ފަރުވާއަށް ބޭނުންވާ 37 މީހަކަށް އެ ފުރުސަތު ފަހިކޮށްދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ގާނޫނަށް ގެނެވުނު އިސްލާހުގެ ދަށުން، މަސްތުވާތަކެތި ބޭނުންކުރުމަށް ފުރުސަތުދޭ މާލޭގެ ހަ ތަނެއް ވެސް ފުލުހުން ވަނީ ބަންދުކޮށްފައެވެ. އެ ތަންތަނަކީ މ. ގުންޒަރު، މ. ތަރިވިލާގެ، މ. އަމީރާމަންޒިލް، މ. ސެވަން އެންޑް ހައުސް، މ. ކަނޑުފިނިގެ، އަދި މ. ލޭންޑްއޮފްގާޑަން އެވެ.

ފުލުހުން ހާމަކުރި ގޮތުގައި މި އޮޕަރޭޝަންތަކުގެ މައިގަނޑު އަމާޒަކީ އިންޓެލިޖެންސާއި ފައިސާގެ ތަހުގީގުތައް ގުޅުވާލައިގެން މަސްތުވާތަކެތީގެ ނެޓްވޯކްތައް މުޅިން ރޫޅާލައި، އެކަމުގެ އަސްލު ނައްތާލުމެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
d0955384-f0c1-4424-b42a-f7fa8ae48877
އެމްއޭސީއެލްގެ އޭވިއޭޝަން އިންސްޓިޓިއުޓް "އެއިމް" އިފްތިތާހުކޮށް، ފުރަތަމަ ބެޗް ދަސްވެނިވެއްޖެ
fe9c8e92-f9fc-4588-8df6-837b2998f66d
ވާހަކަދެއްކުމުގެ ގައުމީ މުބާރާތުން އެންމެ މަތީ ވަނަތައް ހާސިލުކުރާ ފަރާތްތަކަށް ޢުމްރާ ދަތުރެއް
MMA3
ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު އެމްއެމްއޭއިން 51 އިންސައްތަ އިތުރުކޮށްފި
02749754-cd2a-4709-bf79-523586cb51b9
އެއިމްގެ ސަބަބުން އޭވިއޭޝަންގެ ދާއިރާއަށް ގާބިލު މީހުން ބިނާކުރުން ހަލުވިވާނެ: ޝަރީފް
Ads by
މަގުބޫލު
AB6DE163-F653-4B48-BBD4-7ED2187353D2
ބަލިމީހުންގެ ފުރާނަ ސަލާމަތްކުރަން އުޅުނު ޒުވާން ނަރުސް މިއަދު އަމިއްލަ ފުރާނައަށްޓަކައި އެހީއަކަށް އެދި އާދޭސްކުރަނީ
770688466_27000402432966038_4102168319744938549_n
ކުރީގެ ބޮޑުވަޒީރު ފާމުދޭރިކިލެގެފާނުގެ ކާފަދަރިކަނބަލުން ޤުލްފިޝާން އަވަހާރަވެއްޖެ
HO_gaNOaAAE4pqQ
ސަޕްލައި ދޯންޏެއް ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ސިފައިންގެ މީހަކާއި ފުލުހަކާއި ކައްޕި ގެއްލިއްޖެ
20260809_104625
ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި ޔޫއޭއީގެ ތެޔޮ އުޅަނދަކަށް ޙަމަލާދީ އޮމާނު ކައިރިން ދެވަނަ އުޅަނދަކަށްވެސް ޙަމަލާ އަމާޒުވެއްޖެ!
AB6DE163-F653-4B48-BBD4-7ED2187353D2
ބަލިމީހުންގެ ފުރާނަ ސަލާމަތްކުރަން އުޅުނު ޒުވާން ނަރުސް މިއަދު އަމިއްލަ ފުރާނައަށްޓަކައި އެހީއަކަށް އެދި އާދޭސްކުރަނީ
770688466_27000402432966038_4102168319744938549_n
ކުރީގެ ބޮޑުވަޒީރު ފާމުދޭރިކިލެގެފާނުގެ ކާފަދަރިކަނބަލުން ޤުލްފިޝާން އަވަހާރަވެއްޖެ
HO_gaNOaAAE4pqQ
ސަޕްލައި ދޯންޏެއް ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ސިފައިންގެ މީހަކާއި ފުލުހަކާއި ކައްޕި ގެއްލިއްޖެ
20260809_104625
ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި ޔޫއޭއީގެ ތެޔޮ އުޅަނދަކަށް ޙަމަލާދީ އޮމާނު ކައިރިން ދެވަނަ އުޅަނދަކަށްވެސް ޙަމަލާ އަމާޒުވެއްޖެ!