Sunday, 27 September 2026
Ads by

”3 މިނިސްޓްރީގައި ހިނގި އަލިފާނުގެ ހާދިސާގެ ތަހުގީގު ނިމިއްޖެ، އިމާރާތުގައި ރޯވީ ބަޔަކު ހުޅުޖަހައިގެނެއް ނޫން“

”3 މިނިސްޓްރީގައި ހިނގި އަލިފާނުގެ ހާދިސާގެ ތަހުގީގު ނިމިއްޖެ، އިމާރާތުގައި ރޯވީ ބަޔަކު ހުޅުޖަހައިގެނެއް ނޫން“

ހޯމް މިނިސްޓަރު ޢަލީ އިޙުސާން--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ތިން މިނިސްޓްރީއެއް ހިންގަމުން ދިޔަ ގްރީން ބިލްޑިންގގައި ހިނގި އަލިފާނުގެ ހާދިސާގެ ތަހުގީގު މިހާރު ނިމިފައިވާ ކަމަށާއި، އެ އިމާރާތުގައި ބަޔަކު ގަސްތުގައި ހުޅުޖެހުމުގެ ހަމަލާއެއް ނުހިމެނޭ ކަމަށް ހޯމް މިނިސްޓަރު ޢަލީ އިޙުސާން ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު އިޙުސާން ވިދާޅުވީ، ގްރީން ބިލްޑިންގގައި ހިނގި އަލިފާނުގެ ހާދިސާ، ދިވެހި ފުލުހުންނާއި އަވަށްޓެރި ގައުމުތަކުގެ އެހީތެރިކަމާއެކު ތަހުގީގުކޮށް ނިމިފައިވާ ކަމަށެވެ. މި ހާދިސާ ހިނގީ އެއްވެސް ބަޔަކު ގަސްތުގައި އެ އިމާރާތުގައި ހުޅުޖަހައިގެން ނޫންކަން ތަހުގީގުން ހާމަވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

އެ ހާދިސާ ހިނގަން މެދުވެރިވީ ކަރަންޓް ވަޔަރުތަކެއްގައި ރޯވެގެން ކަމަށް ތަހުގީގުން ހާމަވުމުގެ އިތުރުން ހާދިސާ ހިނގި ވަގުތު އެ ސަރަހައްދަށް ދިޔަ ފުލުހުންގެ ބޮޑީކެމްގެ ފުޓޭޖްތަކުން ވެސް އެކަން ސާބިތުވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

”ބަޔަކު ގޮސް އަލިފާން ޖަހާފައި އޮތް ހާދިސާއެއް ގޮތަކަށް ނޫން އަޅުގަނޑުމެންނަށް ހާދިސާގެ ތަހުގީގުން މި ފެންނަނީ. ކަރަންޓުގައި ރޯވެފައި، އެންމެ ފުރަތަމަ އިނީޝަލް ސްޓޭޖްގައި ފުލުހުން އެތަނަށް އެޓެންޑްވެގެން ފުލުހުންގެ ބޮޑީކެމްގެ ވީޑިއޯ ފުޓޭޖުން އަޅުގަނޑުމެންނަށް ސާބިތުވޭ އަލިފާން ރޯވެފައި ވަނީ ސީލިންގަނޑު ތެރޭގައި އެއާކޮންޑިޝަނާ ތަކެއްގެ ވައިރުތަކެއްގައިކަން،“- މިނިސްޓަރު އިޙުސާން ވިދާޅުވިއެވެ.

12 ޑިސެމްބަރު 2024 ވަނަ ދުވަހު ހިނގި މި ހާދިސާގައި ގްރީން ބިލްޑިންގގައި ރޯވެ އެ އިމާރާތް ބޭނުންނުކުރެވޭ ވަރަށް ވަނީ ގެއްލުންވެފައެވެ. މިކަމުގެ ސަބަބުން އެ އިމާރާތުގައި ހިންގަމުންދިޔަ މިނިސްޓްރީތައް ވަގުތީގޮތުން މިހާރު ހިންގަމުން އަންނަނީ ދަރުބާރުގޭގައެވެ. މިނިސްޓަރ އިޙުސާން ވިދާޅުވީ މިކަމާ ގުޅޭ މައުލޫމާތު ހިއްސާކުރެއްވުމަށް ވަރަށް އަވަހަށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-09-26T083407
ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ދައުވާތަކުގައި ޓިކްޓޮކުން އެމެރިކާގެ އެލަބާމާއާއެކު ސުލްހައިގެ ފުރަތަމަ އެއްބަސްވުން ގާއިމުކޮށްފި
DSC_8864
ދަރަނި އަދާކޮށް، އަސާސީ ހިދުމަތްތައް ގާއިމުކުރުމުން އިންވެސްޓަރުންގެ އިތުބާރު ލިބޭ: ރައީސް މުޢިއްޒު
marine tech ukulhas
މެރިން ޓެކް ޓްރެއިނިންގް ޕްރޮގްރާމް އއ. އުކުޅަހުގައި ފަށައިފި
download - 2026-09-26T115209
ބިން ހިއްކުމުގެ މަޝްރޫޢުތައް އަވަސްކުރަން އެމްޓީސީސީއަށް ބޮޑު އާ ޑްރެޖަރެއް ގެންނަނީ
Ads by
މަގުބޫލު
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި