Ads by
ޚަބަރު
ދެވަނަ ބުރުގައި ކޯލިޝަން ހެދުމާމެދު ޑިމޮކްރެޓްސްގެ ނިންމުން މިރޭ ހާމަކުރަނީ 

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޑިމޮކްރެޓްސް އިން ނިންމާ ނިންމުން މިރޭ ހާމަކުރުމަށް ހަމަޖެހިއްޖެއެވެ.

Ads by Eki Online

އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ މިރޭ 21:00ގައި ޑިމޮކްރެޓްސް ކައުންސިލް ބައްދަލުވުމެއް އޮންނާނެ ކަމަށާއި އެ ބައްދަލުވުމުގައި ކޯލިޝަން ހެދުމާމެދު ރަސްމީކޮށް ގޮތެއް ނިންމާނެ ކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ޑިމޮކްރެޓްސް އިންވަނީ 15،000 އަށްވުރެ ގިނަ ވޯޓު ހޯދައި އިންތިޚާބުގެ ތިން ވަނައަށް އެންމެ ގިނަ ވޯޓު ހޯދި ޕާޓީއަށް ވެފައެވެ.

ފުރަތަމަ ބުރުން އެންމެ ގިނަ ވޯޓު ހޯއްދެވި ދެ ކެންޑިޑޭޓުންކަމަށްވާ އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒާއި، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެސް ވަނީ ޑިމޮކްރެޓްސްއާއެކު ކޯލިޝަން ހެދުމާމެދު މަޝްވަރާކޮށްފައެވެ.

ޑިމޮކްރެޓްސް އިން އެމްޑީޕީއާއި، ޕީޕީއެމްއަށްވެސް ހުށަހަޅާފައިވަނީ މިމަހުގެ 25 ގެ ކުރިން ނިޒާމީ ވޯޓު ނެގުމަށެވެ. ނަމަވެސް މިމައްސަލާގައި އެމްޑީޕީންވެސް އަދި ޕީޕީއެމްއިންވެސް އެއްވެސް ޖަވާބެއް މިހާތަނަށް ދީފައި ނުވެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *