Sunday, 27 September 2026
Ads by

ކޮންމެހެން ދޭންޖެހޭ ކަމަށް ލަފާދޭ ވެކްސިންގެ އަދަދު 18 އިން 11 ބައްޔަށް މަދުކޮށް، އެމެރިކާއިން ކުޑަކުދިންގެ ވެކްސިން ޝެޑިއުލަށް ބޮޑެތި ބަދަލުތަކެއް ގެނެއްސި

ކޮންމެހެން ދޭންޖެހޭ ކަމަށް ލަފާދޭ ވެކްސިންގެ އަދަދު 18 އިން 11 ބައްޔަށް މަދުކޮށް، އެމެރިކާއިން ކުޑަކުދިންގެ ވެކްސިން ޝެޑިއުލަށް ބޮޑެތި ބަދަލުތަކެއް ގެނެއްސި

ރައީސް ޓްރަމްޕް އަދި ހެލްތު އެންޑް ހިއުމަން ސަރވިސަސް ސެކްރެޓަރީ ރޮބަޓް އެފް. ކެނެޑީ ޖޫނިއަރ އޮގަސްޓް 10، 2026 ގައި އޯވަލް އޮފީހުގައި ތިބިތަން އަދި ކުޑަކުއްޖަކަށް ވެކްސިން ދެވޭ މަންޒަރު (ޖެކުއަލިން މާޓިން / އެސޯސިއޭޓެޑް ޕްރެސް/ ފޮޓޯ ކޮލާޖު)

އެމެރިކާގެ ކުޑަކުދިންނަށް ދޭންޖެހޭ ކަމަށް ކަނޑައަޅާފައިވާ ވެކްސިންތަކުގެ ޝެޑިއުލަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ރިޔާސީ ޤަރާރެއްގައި ސޮއިކޮށްފިއެވެ. ހެލްތު އެންޑް ހިއުމަން ސަރވިސަސް (އެޗްއެޗްއެސް) ގެ ސެކްރެޓަރީ ރޮބަޓް އެފް. ކެނެޑީ ޖޫނިއަރ އާއެކު އެކުލަވާލި މި ޤަރާރުގެ ދަށުން، ކުޑަކުދިންނަށް ކޮންމެހެން ދޭންޖެހޭނެ ކަމަށް ލަފާދޭ ވެކްސިންތަކުގެ އަދަދު ވަނީ 18 ބަލިން 11 ބައްޔަށް މަދުކޮށްފައެވެ.

Ad Image
Ads by

ހެޕަޓައިޓިސް އޭ، ހެޕަޓައިޓިސް ބީ، ކޮވިޑް-19، އިންފްލުއެންޒާ، ރޯޓާވައިރަސް އަދި އާރުއެސްވީ (RSV) ވެކްސިން ވަނީ ކޮންމެހެން ދޭންޖެހޭ ލިސްޓުން އުނިކޮށް، އެއީ މައިންބަފައިންނާއި ޑޮކްޓަރުން މަޝްވަރާކުރުމަށްފަހު ގޮތް ނިންމަންޖެހޭ، ނުވަތަ ހަމައެކަނި ”ހައި-ރިސްކް“ ކުދިންނަށް ދޭ ވެކްސިންތަކެއްގެ ގޮތުގައި ކަނޑައަޅާފައެވެ.

އެމްއެމްއާރް (MMR) މީސަލްސް (ހިމަބިހި)، މަމްޕްސް އަދި ރުބެއްލާއިން ރައްކާތެރިވުމަށް މިހާރު ދެމުން އަންނަ އެއް ވެކްސިން، ކުރިއަށް އޮތް ތަނުގައި ތިން ވެކްސިނަކަށް ބަހާލައިގެން ތިން ފަހަރެއްގެ މަތިން ދިނުމަށް މި ޤަރާރުގައި ލަފާދީފައިވެއެވެ. އެއްފަހަރާ ގިނަ އިންޖެކްޝަންތަކެއް ޖެހުމުގެ ބަދަލުގައި، އެކި ދުވަސްތަކަށް ބަހާލައިގެން ވެކްސިން ދިނުމަށް ވަނީ ބާރުއަޅާފައެވެ.

އެމެރިކާއިން ”ކުޑަކުދިންނަށް ދެވޭ ވެކްސިން ލަފަޔާމެދު ރަނުގެ މިންގަނޑު ފޯރުކޮށްދިނުން“ ނަމުގައި މިގެނައި ބަދަލާއެކު އެމެރިކާގެ ފެޑެރަލް ސަރުކާރުން ކުޑަކުދިންނަށް ވެކްސިން ދިނުމަށް ކަނޑައަޅާފައިވާ ތާވަލަށް އަސާސީ ބަދަލުތަކެއް މިވަނީ ގެނެސްފައެވެ. އަދި މިއީ މައިންބަފައިންނާ ކުޑަކުދީންގެ ޙައްޤުތައް ރައްކާތެރިކޮށް، ޞިއްޙީ ރައްކާތެރިކަމަށްވެސް އެޅުނު މުހިންމު ފިޔަވަޅެއް ކަމުގައި ޓްރަމްޕު ސަރުކާރުން ވަނީ ބުނެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-09-26T083407
ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ދައުވާތަކުގައި ޓިކްޓޮކުން އެމެރިކާގެ އެލަބާމާއާއެކު ސުލްހައިގެ ފުރަތަމަ އެއްބަސްވުން ގާއިމުކޮށްފި
DSC_8864
ދަރަނި އަދާކޮށް، އަސާސީ ހިދުމަތްތައް ގާއިމުކުރުމުން އިންވެސްޓަރުންގެ އިތުބާރު ލިބޭ: ރައީސް މުޢިއްޒު
marine tech ukulhas
މެރިން ޓެކް ޓްރެއިނިންގް ޕްރޮގްރާމް އއ. އުކުޅަހުގައި ފަށައިފި
download - 2026-09-26T115209
ބިން ހިއްކުމުގެ މަޝްރޫޢުތައް އަވަސްކުރަން އެމްޓީސީސީއަށް ބޮޑު އާ ޑްރެޖަރެއް ގެންނަނީ
Ads by
މަގުބޫލު
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި