Sunday, 25 October 2026
Ads by

ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު ތިން ގުނަ އުފުލުނު: ޝިމާދު

ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު ތިން ގުނަ އުފުލުނު: ޝިމާދު

ރާއްޖެއިން އެތެރެކުރާ ތެލުގެ އަގު ބޮޑުވެގެން ދިޔައިރު 3 ގުނައަށް އަގު އުފުލިގެން ދިޔަ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ޝިމާދް އިބްރާހިމް ވިދާޅުވެއްޖެއެވެ.

Ad Image
Ads by

އިޤްތިޞާދުގެ ދެފަރާތް ނަމުގައި ކުރިއަށްގެންދިޔަ ފޯރަމުގައި ވާހަކަ ދައްކަވަމުން ޝިމާދު ވިދާޅުވީ މުދަލުގެ އަގުތައް އުފުލުމަށް މެދުވެރިވި އެންމެ ބޮޑު ސަބަބަކީ ފްރައިޓުގެ އަގު ނުވަތަ މުދާ އުފުލުމަށް ކުރާ ޚަރަދު އިތުރުވުން ކަމަށެވެ. މިކަން އެ ކުންފުނީގެ ދަށުން ހިންގާ މޯލްޑިވްސް ސްޓޭޓް ޝިޕިންގެ އޮޕަރޭޝަންތަކުން ފެނިގެންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖެއަށް ބޭނުންވާ ތެޔޮ އެންމެ ގިނައިން އެތެރެކުރަނީ ދައުލަތުގެ ވިޔަފާރި ކުންފުނި އެސްޓީއޯ މެދުވެރިކޮށެވެ. ރާއްޖެއަށް އާންމުކޮށް ތެޔޮ ގެންނަނީ އޮމާނުން ކަމަށްވީ ނަމަވެސް، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ފްރައިޓުގެ އަގަށާއި އިންޝުއަރެންސަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށް ޝިމާދު ވިދާޅުވިއެވެ.

އޮމާނުން ރާއްޖެއަށް ތެޔޮ އެތެރެކުރާ ބަނދަރަކީ ސީދާ ހަނގުރާމައިގެ ސަރަހައްދުގައި އޮންނަ ތަނަކަށް ނުވި ނަމަވެސް، އެ ސަރަހައްދުން ތެޔޮ ގެންނަ ނަމަ ވަކި އިންޝުއަރެންސެއް ނަގަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ނަގަންޖެހޭ ވޯ ރިސްކް އިންޝުއަރެންސްގެ ސަބަބުން ޚަރަދުތައް ބޮޑުވެގެންދާ ކަމަށާއި މިފަދަ އެކި ސަބަބުތަކާހުރެ މޭ އަދި ޖޫން މަހު ތެލުގެ އަގު އެންމެ މައްޗަށް ދިޔަ ވަގުތު ތެލުގެ އަގު ތިން ގުނަ އިތުރުވި ކަމަށް އޭނާ ވިދާޅުވިއެވެ.

މިފަދަ ދަތި ހާލަތްތަކުގައި ވެސް ކުންފުންޏަށް ތެލުގެ އަގު މެނޭޖްކުރުމުގައި އެންމެ ބޮޑު ލުޔެއް ލިބިގެންދިޔައީ އަމިއްލަ ދެ ބޯޓުގައި ތެޔޮ ގެނައުމުގެ އިންތިޒާމު ހަމަޖެހިފައިވުމުން ކަމަށް ޝިމާދު ފާހަގަކުރެއްވިއެވެ. އަދި ބޯޓެއް ޗާޓާ ކުރާނަމަ ކުރިން ހޭދަވާ ވަރަށްވުރެ ބޮޑުތަނުން އަގުބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދިމާވި މިފަދަ ދަތިތަކާ ގުޅިގެން އަވަށްޓެރި ބައެއް ޤައުމުތަކުގައި ތެޔޮ ލިމިޓްކޮށްގެން ވިއްކަންޖެހުނު ނަމަވެސް، ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރާއްޖެއަށް އެފަދަ ހާލަތަކާ ކުރިމަތިލާން ނުޖެހޭ ކަމަށް އެސްޓީއޯއިން ބުނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި