Wednesday, 12 August 2026
Ads by

ބީއެމްއެލް އިން ކޮންމެ ދުވަހަކު 2.7 މިލިޔަން ޑޮލަރު ދަނީ ވިއްކަމުން

ބީއެމްއެލް އިން ކޮންމެ ދުވަހަކު 2.7 މިލިޔަން ޑޮލަރު ދަނީ ވިއްކަމުން

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 2.7 މިލިޔަން އެމެރިކާ ޑޮލަރު ބާޒާރަށް ދޫކުރަމުންދާކަން ހާމަކޮށްފިއެވެ.

Ad Image
Ads by

ބީއެމްއެލްއިން މި ތަފާސްހިސާބުތައް ހާމަކުރެއްވީ، އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ބޭއްވި ”އިޤްތިޞާދު ހަމަމަގަށް“ ޕެނަލް މަޝްވަރާގައި ވާހަކަދައްކަވަމުން، އެ ބޭންކުގެ ހެޑް އޮފް ބްރޭންޑް އެންޑް މާކެޓިންގ ސްޓްރެޓަޖީ، މުޙައްމަދު ސައީދުއެވެ.

ސައީދު ވިދާޅުވީ، ރާއްޖެއަކީ ބޭރު ފައިސާއަށް، ވަކިން ހާއްސަކޮށް ޑޮލަރަށް ބޮޑުތަނުން ބަރޯސާވާ ގައުމަކަށްވުމާއެކު، އާންމުންނާއި ވިޔަފާރިތަކަށް ބޭނުންވާ ޑޮލަރު ފޯރުކޮށްދިނުމަށް ބޭންކުން ހާއްސަ އިސްކަމެއް ދޭ ކަމަށެވެ. އެގޮތުން ކާޑު މުއާމަލާތްތަކާއި، ޓީޓީ ހެދުމާއި އަދި އެހެނިހެން ބޭނުންތަކަށް މިހާރުވެސް ދުވާލަކު އެވްރެޖްކޮށް 2.7 މިލިޔަން ޑޮލަރު ވިއްކަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް ރަސްމީ ރޭޓުގައި ބޭންކުން ވަނީ ޖުމްލަ 570 މިލިޔަން ޑޮލަރު ވިއްކާފައެވެ. އަދި ޑޮލަރުން ލޯނުގެ ގޮތުގައި 270 މިލިޔަން ޑޮލަރު ދޫކޮށްފައިވާ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

ޑޮލަރު އޭޓީއެމްތަކުގެ ބޭނުން ހިފާ މިންވަރަށް އަލިއަޅުވާލައްވަމުން ސައީދު ވިދާޅުވީ، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ 86 ޑޮލަރު އޭޓީއެމް މެދުވެރިކޮށް، ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 1.2 މިލިޔަން ޑޮލަރު އާންމުން ނަގަމުންދާ ކަމަށެވެ. މިއީ މީގެ ތިން އަހަރު ކުރިއާ އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ. އޭރު މާލެ ސަރަހައްދުގެ އޭޓީއެމްތަކުން ދުވާލަކު ނަގަމުންދިޔައީ 6 ލައްކަ ޑޮލަރެވެ. ނަމަވެސް އަތޮޅުތެރެއަށް މި ޚިދުމަތް ފުޅާވުމާއެކު، ވޭތުވެދިޔަ 6 މަސްދުވަހުގެ ތެރޭގައި އެކަނިވެސް އޭޓީއެމްތަކުން 188 މިލިޔަން ޑޮލަރު ވަނީ ނަގާފައެވެ.

މީގެ އިތުރުން، އިޤްތިޞާދަށް ފައިސާ ދޫކުރާ މިންވަރު އިތުރުވެފައިވާކަން ފާހަގަކުރައްވަމުން ސައީދު ވިދާޅުވީ، މިދިޔަ އަހަރު މުޅި އަހަރު ދުވަހު ދޫކުރީ 10 ބިލިޔަން ރުފިޔާގެ ލޯނު ނަމަވެސް، މި އަހަރުގެ ފުރަތަމަ 7 މަސްދުވަހުގެ ތެރޭގައި އެ އަދަދު މިހާރުވެސް 9 ބިލިޔަން ރުފިޔާއާ ގާތްކޮށްފައިވާ ކަމަށެވެ.

ރާއްޖޭގެ އިޤްތިޞާދާއި ބޭންކާ އޮތް ގުޅުން ބަދަހިކަން ފާހަގަކުރައްވައި ސައީދު އިތުރަށް ވިދާޅުވީ، ދުނިޔޭގެ މަސްރަޙުގައި ހިނގަމުންދާ ރަޝިއާ-ޔޫކްރެއިން ހަނގުރާމައާއި މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ގޮންޖެހުންތަކެއް ހުރި ނަމަވެސް، ބޭންކުން ދަނީ ރާއްޖެއަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރަމުންނެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު ކާޑު މުއާމަލާތްތަކަށް އެކަނިވެސް 226 މިލިޔަން ޑޮލަރު ފޯރުކޮށްދީފައިވެއެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 29 އިންސައްތައިގެ އިތުރުވުމެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
d0955384-f0c1-4424-b42a-f7fa8ae48877
އެމްއޭސީއެލްގެ އޭވިއޭޝަން އިންސްޓިޓިއުޓް "އެއިމް" އިފްތިތާހުކޮށް، ފުރަތަމަ ބެޗް ދަސްވެނިވެއްޖެ
fe9c8e92-f9fc-4588-8df6-837b2998f66d
ވާހަކަދެއްކުމުގެ ގައުމީ މުބާރާތުން އެންމެ މަތީ ވަނަތައް ހާސިލުކުރާ ފަރާތްތަކަށް ޢުމްރާ ދަތުރެއް
MMA3
ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު އެމްއެމްއޭއިން 51 އިންސައްތަ އިތުރުކޮށްފި
02749754-cd2a-4709-bf79-523586cb51b9
އެއިމްގެ ސަބަބުން އޭވިއޭޝަންގެ ދާއިރާއަށް ގާބިލު މީހުން ބިނާކުރުން ހަލުވިވާނެ: ޝަރީފް
Ads by
މަގުބޫލު
AB6DE163-F653-4B48-BBD4-7ED2187353D2
ބަލިމީހުންގެ ފުރާނަ ސަލާމަތްކުރަން އުޅުނު ޒުވާން ނަރުސް މިއަދު އަމިއްލަ ފުރާނައަށްޓަކައި އެހީއަކަށް އެދި އާދޭސްކުރަނީ
770688466_27000402432966038_4102168319744938549_n
ކުރީގެ ބޮޑުވަޒީރު ފާމުދޭރިކިލެގެފާނުގެ ކާފަދަރިކަނބަލުން ޤުލްފިޝާން އަވަހާރަވެއްޖެ
HO_gaNOaAAE4pqQ
ސަޕްލައި ދޯންޏެއް ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ސިފައިންގެ މީހަކާއި ފުލުހަކާއި ކައްޕި ގެއްލިއްޖެ
20260809_104625
ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި ޔޫއޭއީގެ ތެޔޮ އުޅަނދަކަށް ޙަމަލާދީ އޮމާނު ކައިރިން ދެވަނަ އުޅަނދަކަށްވެސް ޙަމަލާ އަމާޒުވެއްޖެ!
AB6DE163-F653-4B48-BBD4-7ED2187353D2
ބަލިމީހުންގެ ފުރާނަ ސަލާމަތްކުރަން އުޅުނު ޒުވާން ނަރުސް މިއަދު އަމިއްލަ ފުރާނައަށްޓަކައި އެހީއަކަށް އެދި އާދޭސްކުރަނީ
770688466_27000402432966038_4102168319744938549_n
ކުރީގެ ބޮޑުވަޒީރު ފާމުދޭރިކިލެގެފާނުގެ ކާފަދަރިކަނބަލުން ޤުލްފިޝާން އަވަހާރަވެއްޖެ
HO_gaNOaAAE4pqQ
ސަޕްލައި ދޯންޏެއް ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ސިފައިންގެ މީހަކާއި ފުލުހަކާއި ކައްޕި ގެއްލިއްޖެ
20260809_104625
ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި ޔޫއޭއީގެ ތެޔޮ އުޅަނދަކަށް ޙަމަލާދީ އޮމާނު ކައިރިން ދެވަނަ އުޅަނދަކަށްވެސް ޙަމަލާ އަމާޒުވެއްޖެ!