Saturday, 17 October 2026
Ads by

ޖުލައި މަހު މުދަލު ޒަކާތުގެ ގޮތުގައި 17 މިލިއަން ރުފިޔާ ލިބުނު، މިއީ %43 ގެ އިތުރުވުމެއް!

ޖުލައި މަހު މުދަލު ޒަކާތުގެ ގޮތުގައި 17 މިލިއަން ރުފިޔާ ލިބުނު، މިއީ %43 ގެ އިތުރުވުމެއް!

ޒަކާތް ދެއްކުމުގެ ކަންކަން ކުރިއަށްދަނީ---

ހުސްވި ޖުލައި މަހު މުދަލު ޒަކާތުގެ ގޮތުގައި 17 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

Ad Image
Ads by

މީރާއިން އާންމުކޮށްފައިވާ ޖުލައި މަހުގެ މާލީ ރިޕޯޓުގައިވާ ގޮތުން، މިދިޔަ މަހު މުދަލު ޒަކާތުގެ ގޮތުގައި 17 މިލިޔަން ރުފިޔާ ވަނީ ދައުލަތަށް ލިބިފައެވެ. މިއީ މިދިޔަ 2025 ވަނަ އަހަރުގެ ޖުލައި މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު 12 މިލިއަން ރުފިޔާއާ އަޅާ ބަލާއިރު %43 އިތުރު އަދަދެއް ކަމަށް މީރާއިން ބުނެއެވެ.

މި އަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި 97 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ. މިދިޔަ 2025 ވަނަ އަހަރުގެ މި މުއްދަތުގައި މި އަދަދު ހުރީ 73 މިލިއަން ރުފިޔާގައެވެ. އެހެންކަމުން މިއީ %31 އިތުރު އަދަދެކެވެ.

މުދަލު ޒަކާތަކީ މުދަލުގައި ނިޞާބު ހަމަވެ، އެ މުދަލަކަށް ހިޖުރީ އަހަރަކުން އެއް އަހަރު ފުރުމުން ކޮންމެ މުސްލިމެއްގެ މައްޗަށް އަދާކުރުން ލާޒިމުވާ ދީނީ ފަރުޟެކެވެ. މުދަލުގެ ޒަކާތް އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް ދެއްކޭއިރު، ޒަކާތް ވާޖިބުވާ މިންވަރަކީ ނިޞާބު ކަމުގައި ކަނޑައެޅޭ އެންމެ މަދު މިންވަރު ތިމާގެ މުދަލުގައި ހުރުމެވެ. އެގޮތުން، މޯލްޑިވްސް ޒަކާތު ހައުސްއިން އެންމެފަހުން ކަނޑައަޅާފައިވާ ގޮތުގައި، ރާއްޖޭގައި މުދަލު ޒަކާތުގެ ނިޞާބަކީ 21,836.50 ދިވެހި ރުފިޔާއެވެ. މިއީ ރިހީގެ ގުރާމަކަށް 36.70 ރުފިޔާގެ ރޭޓުން ބަލައި، 595 ގުރާމަށް ޖެހޭ މިންވަރެވެ.

ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލުތަކާ ގުޅިގެން، މަރުކަޒީ ބޭންކު އެމްއެމްއޭއިން އާންމުކުރާ ރޭޓުތަކަށް ބިނާކޮށް ޒަކާތުގެ ނިޞާބަށް ބަދަލުތައް ގެނެވެއެވެ. ރާއްޖޭގައި މުދަލު ޒަކާތް ބަލައިގަތުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވަނީ މީރާ މެދުވެރިކޮށެވެ. މީރާގެ ވެބްސައިޓު މެދުވެރިކޮށް އޮންލައިންކޮށް ޒަކާތް ދެއްކުމުގެ ފުރުސަތު އޮންނައިރު، ކޮންމެ މީހަކު ވެސް ދައްކަންޖެހޭ ޒަކާތުގެ މިންވަރު އެ ސައިޓުން ބަލާލެވޭނެއެވެ.

މީގެ އިތުރުން، މި އަހަރުގެ ހައްޖު މަހުގެ ފުރަތަމަ ދުވަހާއި ހަމައަށް ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް، ޒަކާތު ހައުސްއިން ވަނީ މިދިޔަ މަހު މުދަލު ޒަކާތުގެ ފައިސާ ޖަމާކޮށްދީފައެވެ. އެގޮތުން ދަފުތަރުގައި ހިމެނޭ 2,384 މީހުންގެ ތެރެއިން ކޮންމެ މީހަކަށް 5,500 ރުފިޔާގެ މަގުން ޖުމުލަ 13.1 މިލިއަން ރުފިޔާ ވަނީ ޖަމާކޮށްފައެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު ބޮލަކަށް ޖެހުނު މިންވަރު އިތުރު އަދަދެއްކަން ފާހަގަކުރެވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
Arabiyyaa 545
އަރަބިއްޔާގެ އައު އިމާރާތުގެ ބޮޑުބައި ނިމި، މިއަހަރުގެ ނިޔަލަށް ނިންމާލުމަށް އަމާޒުހިފައިފި
mtcc tower
ދިއްފުށީގެ ބިން ހިއްކުން މަހެއްހާ ދުވަސްތެރޭގައި ނިމޭނެ: އެމްޓީސީސީ
download - 2026-10-17T112740
ހައިވޭގައި ފުލުހެއްގެ ގައިގައި ގަސްތުގައި ސައިކަލުން ޖެއްސި މައްސަލަ ސީޕީ ކުށްވެރިކުރައްވައިފި
Ronaldo 565
ރޮނާލްޑޯއަށް ފީފާއިން ވަކި ޚާއްޞަ އިނާޔަތްތަކެއް ދިން ކަމަށް ބުނެ ސައުތުގޭޓް ތުހުމަތުކޮށްފި
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި