މާލޭގެ ގެއެއްގެ ތެރެއިން މަރުވެފައި އޮތް ފިރިހެނަކު ފެނިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.

Ads by MN Maldives
ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވެފައި ވަނީ އެ މީހާ ފެނިފައި ވަނީ ބަނޑޭރިކޮށީގެ އެޕާޓްމެންޓެއްގެ ތެރެއިން ކަމަށެވެ. އަދި ފެނިފައިވަނީ ފިރިހެނެއް ކަމަށް ޝިފާން ވިދާޅުވިއެވެ.
އަދި, އޭނާ ފެނުނީ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ގޮސް ބެލި ބެލުމުގެ ތެރޭގައެވެ.
އެ ސަރަހައްދުގައި ފުލުހުން މިހާރު ހަރަކާތްތެރިވަމުން އަންނައިރު އިތުރު މައުލޫމާތު ކަންކަން ސާފުވުމުން ހިއްސާކުރާނެ ކަމަށް ޝިފާން ވިދާޅުވިއެވެ.
އެއީ ކޮން ގައުމަކަށް ނިސްބަތްވާ މީހެއް ކަމެއް އަދި އެނގިފައި ނުވެއެވެ.