Ads by
ސިއްހަތު
ބޮލުގައި ރިއްސަނީތަ؟ މިކަންތައްތައް ކޮށްލާ!

ބޮލުގައި ރިއްސުމަކީ ގިނަ ބަޔަކު ތަހައްމަލު ކުރަމުން ގެންދާ ބައްޔެކެވެ.

Ads by Eki Online

ބޮލުގައި ރިއްސުމުން ގިނަ ބޭސްތަކެއް ބޭނުން ކުރެވިދާނެ ނަމަވެސް ގުދުރަތީ ގޮތުން ވެސް ވަރަށް ރަނގަޅު ފަރުވާތަކެއް އެބަހުއްޓެވެ.

އެގޮތުން ބޭނުން ކުރެވިދާނެ އެކައްޗަކީ އިނގުރެވެ. އިނގުރަކީ އެތައް ބައްޔެއްގެ ފަރުވާއަށް ބޭނުން ކުރާ އެއްޗެކެވެ. ހަމައެއާއެކު އެއީ ބޮލުގައި ރިހުމަށް ފަރުވާއަކަށް ވަރަށް ގިނަ މީހުން ބޭނުން ކުރަމުން އަންނަ އެއްޗެކެވެ. ބޮލުގައި ރިހުމަށް ލުއި ހޯދުމަށް އިނގުރު ހިމުން ކޮށްގެން ޕޭސްޓް ހަދައިގެން ނިއްކުރީގައި އުނގުޅައިގެން ވެސް ބޭނުން ކުރެވިދާނެއެވެ.

މީގެއިތުރުން ކަރަންފުލަކީ ވެސް ބޮލުގެ ރިހުމަށް ފަސޭހައިން ލުއި ކޮށްދިނުމުގައި މުހިންމު ރޯލެއް ކުޅޭ އެއްޗެކެެވެ. އެގޮތުން ބޮލުގައި ރިއްސާނަމަ ދެތިން ކަރަންފޫ ހަފާލައިގެން ކާވެސް ލެވިދާނެއެވެ. ނުވަތަ ކަރަންފޫ ތަކެއް ފުނޑުކޮށްފަ ފޮތިކޮޅަކަށް އަޅައިގެން އޭގެ ހުންނަ ވަސް ބެލުމުން ވެސް ބޮލުގައި ރިހުމަށް ލުއި ލިބިދެއެވެ.

ބެސިލް ނުވަތަ މިންޓް ލީވްސް އަކީ ވެސް ބޮލުގެ ރިހުމަށް ބޭނުންކުރެވިދާނެ އެއްޗެކެވެ. މި ފަތްތަކަކީ ވެސް ބޮލުގެ ރިހުމަށް ފަރުވާ ހޯދުމަށް ބޭނުން ކުރާ އެއްޗެކެވެ. އެގޮތުން، ބޮލުގައި ރިއްސަން ފެށުމުން ބެސިލް ލީވްސްގެ ސައި ބޮވިދާނެއެވެ. އޭރުން ބޮލުގައި ރިހުމަށް ފަރުވާ ލިބޭނެއެވެ.

 

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *