Saturday, 17 October 2026
Ads by

މާލެ ސިޓީ ވެޓްމާކެޓް ޕްރޮޖެކްޓް ފިޝަރީޒް މިނިސްޓްރީއާ ހަވާލުކުރުމަށް ޤަރާރެއް ފާސްކޮށްފި

މާލެ ސިޓީ ވެޓްމާކެޓް ޕްރޮޖެކްޓް ފިޝަރީޒް މިނިސްޓްރީއާ ހަވާލުކުރުމަށް ޤަރާރެއް ފާސްކޮށްފި

މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 1 ވަނަ ކުއްލި ޖަލްސާގެ ތެރެއިން.. ފޮޓޯ| މާލެސިޓީ ކައުންސިލް

މާލެ ސިޓީ ވެޓްމާކެޓް ޕްރޮޖެކްޓް ތަރައްޤީކޮށް، ނިންމުމަށްފަހު އަލުން މާލެ ސިޓީ ކައުންސިލާ ހަވާލުކުރާ ގޮތަށް މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއާ އެ މަސައްކަތް ހަވާލުކުރުމަށް މާލެ ސިޓީ ކައުންސިލުން ޤަރާރެއް ފާސްކޮށްފިއެވެ.

Ad Image
Ads by

މި ޤަރާރު ފާސްކޮށްފައިވަނީ މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 1 ވަނަ ކުއްލި ޖަލްސާގައެވެ.

މި ޖަލްސާގައި ބައިވެރިވި 16 ކައުންސިލަރުންގެ ތެރެއިން 11 ކައުންސިލަރަކު ވަނީ މި ޤަރާރަށް ތާއީދުކޮށް ވޯޓު ދެއްވާފައިވެއެވެ. ޤަރާރާ ވޯޓް ދެއްވާފައި ނުވަނީ މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު މުޙައްމަދު ރިޟްވާން ޢަލީ އާއި ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލަރު ފާތިމަތު ސަހުލާ އާއި މާފަންނު އުތުރު ދާއިރާގެ ކައުންސިލަރު ޙުސައިން ފުރުޝާން އާއި މައްޗަންގޮޅި އުތުރު ދާއިރާގެ ކައުންސިލަރު ޚަދީޖާ މުޙައްމަދު އަދި މައްޗަންގޮޅި މެދު ދާއިރާގެ ކައުންސިލަރު ޙައްވާ ޝިފާނާއެވެ. މި ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރު ފާތިމަތު ޒަހިއްޔާ އަދި ހުޅުމާލެ ދެކުނު ދާއިރާގެ ކައުންސިލަރު އަޙުމަދު ޣާލިބު ބައިވެރިވެވަޑައިގެންފައި ނުވެއެވެ.

މި ޖަލްސާގައި ޤަރާރު އިއްވަވައިދެއްވީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ޢަބްދުލް މުޙައިމިން ނަސީރެވެ.

މި ޤަރާރުގައިވާ ގޮތުން، ވެޓް މާކެޓް އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ މާލޭ މަސްމާރުކޭޓު ކުރިމަތީގައި ހުންނަ ލޯކަލް މާރުކޭޓު ސަރަޙައްދުގައި އޮތް 17,558.54 އަކަ ފޫޓުގެ ބިމުގައެވެ. މި މަސައްކަތް 30 މަސް ދުވަހުގެ ތެރޭގައި ނިންމުމަށްފަހު އަލުން ކައުންސިލާ ހަވާލުކުރަން ޖެހެއެވެ. އަދި އިމާރާތުގެ ކުރެހުންތައް ކައުންސިލާ ހިއްސާކުރުމަށާއި، އެ ބިމުން އެއްވެސް ބައެއް އެހެން ފަރާތަކަށް ނުދިނުމަށް ވެސް ޤަރާރުގައި ޝަރުތުކޮށްފައިވެއެވެ.

މީގެ އިތުރުން، މި މަޝްރޫޢު ކުރިއަށް ގެންދަންވާނީ ޤާނޫނީ ހަމަތަކުގެ މަތިން ކަމަށާއި، މިހާރު އެ ސަރަޙައްދުގައި ތިބި ފަރާތްތަކަށް ވަގުތީ ގޮޅިތަކެއް ހަމަޖައްސައިދިނުމަށްފަހު ނޫނީ އަމަލީ މަސައްކަތް ނުފެށުމަށް ވެސް ކައުންސިލްގެ ޤަރާރުގައި ވަނީ ނިންމާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
Screenshot_20261016_230228_Gallery
އައްޑޫ މީދޫ ކައުންސިލުން، ފިޝަރީޒް މިނިސްޓްރީއާއިއެކު 3 އެއްބަސްވުމެއްގައި ސޮއިކޮށްފި
download - 2026-10-16T220648
މެލޭޝިއާގައި ހިންގި ދެ ރޭޑެއްގައި 4.4 މިލިއަން ޑޮލަރުގެ މަސްތުވާތަކެއްޗާއެކު ބޮޑު ނެޓްވޯކެއް އަތުލައިގަނެފި
police jeelu
ވަގު ނަންބަރު ބޯޑު ހަރުކޮށްގެން ސައިކަލު ދުއްވައި، ވައްކަން ކުރަން އުޅުނު 5 މީހަކު އަތުލައިގެންފި
Ihsan
ޤައުމީ ސަލާމަތާއި ގުޅޭ ކަންކަމުގައި ދޮގުވާހަކަ ނުފެތުރުމަށް ހޯމް މިނިސްޓަރ އިލްތިމާސް ކުރައްވައިފި
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި