Tuesday, 17 November 2026
Ads by

ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް އަސްކަރީ ހައްލެއް ނެތް ކަމަށް އީރާނުން ބުނެފި

ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް އަސްކަރީ ހައްލެއް ނެތް ކަމަށް އީރާނުން ބުނެފި

ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށްޓަކައި އަސްކަރީ އެއްވެސް ހައްލެއް ނެތްކަން އެމެރިކާއަށް މިހާރު ޢަމަލީގޮތުން ވިސްނިފައިވާ ކަމަށް އީރާނުގެ މަޖިލީހުގެ ނައިބު ރައީސް ޢަލީ ނިކްޒާދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

އީރާނުގެ މަސްދަރުތަކާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، ނިކްޒާދު މިހެން ވިދާޅުވީ ސަރަޙައްދީ މަޝްރަޙާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ބައިނަލްއަޤްވާމީ ގޮތުން މުހިންމު މި ކަނޑުއޮޅީގެ މައްސަލައިގައި ބާރުގެ ބޭނުންކުރުމަކީ ހައްލެއް ނޫންކަން އެމެރިކާއަށް މިހާރު ވަނީ ކަށަވަރުވެފައެވެ.

މި މައްސަލައިގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، ވޮޝިންޓަނުން އީރާނާއެކު މިވަގުތު ކުރިއަށް ގެންދަނީ ”ސެމީ ނެގޯޝިއޭޓިންގ“ ނުވަތަ ފުރިހަމަ ނޫން މަޝްވަރާތަކެއް ކަމަށް ވިދާޅުވެފައެވެ. އަދި އީރާނަށް ކުރިމަތިކޮށްފައިވާ އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ނަތީޖާ ފެންނަންދެން އެމެރިކާއިން މަޑުކުރާނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.

މީގެ އިތުރުން، މެދުއިރުމަތީގެ މަޝްރަޙަށް ބަލާއިރު، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އެމެރިކާއިން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން ޣައްޒާއަށް ހުށަހެޅި ސުލްހައިގެ ޕްލޭނަށް ރަސްމީކޮށް އިންކާރު ކޮށްފައެވެ. ނަތަންޔާހޫ ވަނީ، ޙަމާސްގެ ހަތިޔާރު އެއްކޮށް ބޭލުމަށްފަހު މެނުވީ އިޒްރޭލުގެ ސިފައިން ޣައްޒާއިން ފޭބުމަކީ މުސްތަޙީލު ކަމެއް ކަމަށް ބުނެފައެވެ.

ހަމައެއާއެކު، ޔަމަނުގެ އީރާނަށް ތާއީދުކުރާ ހޫޘީ ހަނގުރާމަވެރިން ވަނީ ރަތްކަނޑުގެ އައްސޭރީގައި އޮންނަ އަލް-މަޚާ ބަނދަރަށް ވަރުގަދަ ހަމަލާއެއް ދީފައެވެ. ޔަމަނުގެ ބައިނަލްއަޤްވާމީ ގޮތުން ބަލައިގަނެފައިވާ ސަރުކާރުގެ ކޮންޓްރޯލް އޮންނަ އެ ބަނދަރަށް ދިން ހަމަލާގައި މަދުވެގެން ހަތް މީހުން މަރުވެފައިވާ ކަމަށް އެ ޤައުމުގެ އަސްކަރީ ތަރުޖަމާނަކު ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

މި ހަމަލާތަކާއި ބަޔާންތަކާ ގުޅިގެން މެދުއިރުމަތީގެ މަޝްރަޙު މިވަނީ ކުރިއަށްވުރެ ބޮޑަށް ނުތަނަވަސްވެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
mutholibi and saeed
"އަދަދު" ނޫސްވެރިން 2 މިނިސްޓަރަކާއި މަގުމަތިން ދިމާކޮށް ފުރައްސާރަކޮށްފި
large_thumb_1794838270108
މާފަރާއި ފޮއްދޫގައި އަލަށް ބިނާކުރި ފުލުހުންގެ މަރުކަޒު ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފަށައިފި
vazeerunge majilis
ސިޔާސަތުތަކަށް ފަންނީ ތަޖުރިބާކާރުންގެ އިލްމީ ލަފާ ހޯދަން ކޮމިޓީތަކެއް އުފައްދަވަނީ
big_y0OjWZ5sc0AZ00GFfi0UbJiYK
2028 ގައި ރައީސް މުޢިއްޒަށް ދެވަނަ ދައުރެއް ދިނުމަކީ ޤައުމުގެ ހަމަޖެހުމަށް އޮތް ހަމައެކަނި މަގު: ޢަބްދުއްރަޙީމް
Ads by
މަގުބޫލު
Dhivehi Raeesun 123
ޖުމުހޫރީ ދުވަސް: އަމިއްލަ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލުގެ ތާރީޚީ ރަމުުޒު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި
Dhivehi Raeesun 123
ޖުމުހޫރީ ދުވަސް: އަމިއްލަ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލުގެ ތާރީޚީ ރަމުުޒު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި