Thursday, 8 October 2026
Ads by

އެމްޑީޕީގެ މައްޗަށް އަދިވެސް އިހުތިޔާރު ކުރާނީ ރައީސް މުއިއްޒު: ރައީސް ޔާމީން

އެމްޑީޕީގެ މައްޗަށް އަދިވެސް އިހުތިޔާރު ކުރާނީ ރައީސް މުއިއްޒު: ރައީސް ޔާމީން

އިދިކޮޅު އެމްޑީޕީއާ އަޅާބަލާއިރު ކޮންމެ ވަގުތަކުވެސް އިހުތިޔާރު ކުރައްވާނީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ޕީޕަލްސް ނޭޝަނަލް ފްރަންޓް އިން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އަހަރުގެ ކޮންމެ ދުވަހެއްގެ ކޮންމެ ވަގުތެއްގައިވެސް އެމްޑީޕީއަށްވުރެ ބޮޑަށް އެމަނިކުފާނު ހިޔާރުކުރައްވާނީ ރައީސް ޑރ. މުއިއްޒު ކަމަށެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި ހިނގާފައިވާ ކަންކަމަށް ފާޑުވިދާޅުވަމުންނެވެ.

”އަދިވެސް އެނީޓައިމް އޮފް ދަ ޑޭ, އެނީޓައިމް އޮފް ދަ އިޔާ އަޅުގަނޑު ޗޫޒް ކުރާނީ މުއިއްޒު އިނގޭތޯ އެމްޑީޕީގެ މައްޗަށް. އެމްޑީޕީގެ މައްޗަށް އަޅުގަނޑު ޗޫޒް ކުރާނީ މުއިއްޒު އިނގޭތޯ. އެމްޑީޕީން ރާއްޖޭގެ ހުރިހާ މުއައްސަސާތައް، ކޮބައިތޯ މުޅި ފަނޑިޔާރުގެ ބަދަލުކޮށްލަން ކުރި މަސައްކަތް؟ ޖޭއެސްސީ ހުޅުވައިގެން ރޭގަނޑު ދަންވަރު ކުރި ކަންތައް ކޮބައިތޯ؟“ ޔާމީން ވިދާޅުވިއެވެ.

އެމްޑީޕީއަކީ ޑިމޮކްރަސީގެ އަސާސްތަކަށް ފާޅުގައި އަރައިގަތް ބައެއްގެ ގޮތުގައި ސިފަކުރައްވަމުން ޔާމީން ވިދާޅުވީ، ހަމައެކަނި ނަމެއްގައި ޑިމޮކްރެޓިކް ވުމަކުން އެއީ ޑިމޮކްރަސީއަށް ނުވާނެ ކަމަށެވެ. އެގޮތުން އެމްޑީޕީގެ ސަރުކާރުން ރާއްޖޭގެ މުއައްސަސާތަކަށް އަތްބާނައި، ފަނޑިޔާރުގެ ބަދަލުކޮށްލަން މަސައްކަތްކޮށްފައިވާ ކަމަށް އެމަނިކުފާނު ތުހުމަތު ކުރެއްވިއެވެ.

ރާއްޖޭގެ ދީނީ އަދި ސިޔާސީ އޮނިގަނޑާ ބެހޭގޮތުން ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ ރާއްޖެއަކީ އިސްލާމީ ދައުލަތަކަށް ވާއިރު، މި ގައުމުގައި އޮންނަންވާނީ ރާއްޖެއާ ގުޅޭފަދަ ނިޒާމެއް ކަމަށެވެ. އަދި ޑިމޮކްރަސީއަކީ އަބަދުވެސް ބަދަލުވަމުންދާ އެއްޗަކަށް ވާންޖެހޭނެ ކަމަށް އެމަނިކުފާނު ގަބޫލުފުޅު ކުރައްވައެވެ.

މީގެއިތުރުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ތައުލީމީ ބަޔަކަށް ވާން ނުޖެހޭ ކަމަށް އެމްޑީޕީގެ އިސް ފަރާތަކުން ވިދާޅުވި ވިދާޅުވުމަށް ޔާމީން ވަނީ ރައްދު ދެއްވާފައެވެ. އެ މަނިކުފާނު ވިދާޅުވީ ކޮރަޕްޝަން ފަދަ ނޭދެވޭ ކަންކަން ހުއްޓުވުމަށް އެންމެ މުހިންމީ އިލްމު ކަމަށާއި، އިލްމީ ބަޔަކު ތިބޭނަމަ ކޮރަޕްޝަންގެ އަމަލުތައް ހިންގުމަށް ޖެހިލުންވާނެ ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
1 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
ހިޔަޅު އަބުދުއް ރަހުމާނު
ހިޔަޅު އަބުދުއް ރަހުމާނު
1 މަސް ކުރިން

ރައީސް ޔާމީން ބަލައެއް ނުގަނެވޭ ދައްކާ އެވެސް ވާހަކައެއް ކަލެއެކޭ ރައިސް ނަޝޑީދެކޭ ކޮބާ ތަފާތެއް ރައީޢް
ނަޝީދު ވެސް ރައީސް އިބްރާހީމް ކަމުނުދިޔަ މާދަމާ ބުނާނެ މުއިއްޒު ނޫން ޔާމީނުނޫން ކޮންމެ މީހަކުވެސް އޯކޭ އޭ
ކަލޭ ވެސް ތިބުނަނީ އެމްޑީޕީ ނޫން ކޮންމެ ގޮތެއް ވެސް އޯކޭޔޭ މުއިޒުވެސް އޯކޭ އެކަމަކު މުއިއްޒުގެ ސަރުކާރު ކަލައެޔައް ކަޑައީ ދޯ

Ads by
ފަހުގެ ޚަބަރު
download - 2026-10-08T135557
ސޯސަންމަގުގައި ހިންގި އެކްސިޑެންޓުގައި އިމިގްރޭޝަން އޮފިސަރު މަރުވި މައްސަލައިގައި ލައިސަންސް ނެތް ޒުވާނާ ބަންދުކޮށްފި
download - 2026-10-07T221050
20 ބިލިއަން ޑޮލަރުގެ ރަސްމާލެ މަޝްރޫޢު ކުރިއަށްގެންދާ އީގަލް ހިލްސްގެ ޗެއާމަން އަލާއްބާރު ރާއްޖެ ވަޑައިގެންފި
big_ZinVy9dL1ondaGRbLXAopj4K9
ކައުންސިލްތަކަށް ދޫކުރި ބްލޮކް ގްރާންޓް 12 އިންސައްތަ އިތުރުވެ 1.8 ބިލިއަން ރުފިޔާއަށް އަރައިފި
20261008_080232
65 އަހަރު ފަހުން އެމެރިކާގައި މަރުގެ ޙުކުމް: ޢަދަބު ދެނީ މުސްލިމް ޤައުމުތަކުގައި އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތަކާ ދެކޮޅުވެ 13 އެމެރިކާ ސިފައިން މަރާލި ނިދާލަށް
Ads by
މަގުބޫލު
ފްލައިދުބާއީ ބޯޓު ވައްޓާލަން އުޅުނު މައްސަލައިގައި، ދުބާއީން ދެ ދިވެއްސަކު ހައްޔަރުކޮށްފި
Fuad 252
ދިވެހިޖީޕީޓީއަށް ބައްޕަގެ އަޑު އެޅީ އާއިލާއަށް އެންގުމެއް ނެތި: ފުއާދު ތައުފީޤު
IMG_20261001_070015_035
ރަސްމާލެ މަޝްރޫއު: ބިން ވިއްކަނީއެއް ނޫން، ހެވެއް ނޭދޭ ތާނގައި ތެދެއްވެސް ނުހަދަނީ!
gam
ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގެ މެމްބަރު އަލްއުސްތާޛާ ފާޠިމަތު ސައުސަން ނިޔާވެއްޖެ
ފްލައިދުބާއީ ބޯޓު ވައްޓާލަން އުޅުނު މައްސަލައިގައި، ދުބާއީން ދެ ދިވެއްސަކު ހައްޔަރުކޮށްފި
Fuad 252
ދިވެހިޖީޕީޓީއަށް ބައްޕަގެ އަޑު އެޅީ އާއިލާއަށް އެންގުމެއް ނެތި: ފުއާދު ތައުފީޤު
IMG_20261001_070015_035
ރަސްމާލެ މަޝްރޫއު: ބިން ވިއްކަނީއެއް ނޫން، ހެވެއް ނޭދޭ ތާނގައި ތެދެއްވެސް ނުހަދަނީ!
gam
ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގެ މެމްބަރު އަލްއުސްތާޛާ ފާޠިމަތު ސައުސަން ނިޔާވެއްޖެ