Sunday, 27 September 2026
Ads by

މިދިޔަ ސަރުކާރުން ސިއްހީ ދާއިރާގެ މަޝްރޫއުތައް ހިންގުމަށް 60 މިލިއަން ރުފިޔާ އިސްރާފުކުރި: ޤީލާ

މިދިޔަ ސަރުކާރުން ސިއްހީ ދާއިރާގެ މަޝްރޫއުތައް ހިންގުމަށް 60 މިލިއަން ރުފިޔާ އިސްރާފުކުރި: ޤީލާ

ހެލްތް މިނިސްޓަރު ޤީލާ ޢަލީ--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ނިމިދިޔަ އެމްޑީޕީ ސަރުކާރުން ސިއްހީ ދާއިރާއާ ގުޅުންހުރި މަޝްރޫއުތައް ހިންގުމަށް ކުރި ހޭދައިން 60 މިލިއަނަށްވުރެ ގިނަ ރުފިޔާ އިސްރާފުވެފައިވާ ކަމަށް ހެތް މިނިސްޓަރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ޤީލާ ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަރުކާރުން މިހާރު ކުރިއަށްގެންދާ ސިއްހީ ދާއިރާގެ މަޝްރޫއުތަކުގެ އެންމެފަހުގެ މައުލޫމާތު ހިއްސާކުރައްވައިފައެވެ. މި މައުލޫމާތުތައް ހިއްސާކުރައްވަމުން މިނިސްޓަރު ވިދާޅުވީ، އެމްޑީޕީ ސަރުކާރުގައި ސިއްހީ ދާއިރާގެ ގިނަ މަޝްރޫއުތަކެއްގެ މަސައްކަތް ފަށައި އެ މަޝްރޫއުތަކުގެ ކޮންޓްރެކްޓަރުންނަށް ފައިސާ ދޫކުރި ކަމަށެވެ. ނަމަވެސް ގިނަ މަޝްރޫއުތަކެއްގެ މަސައްކަތް ނުފެށި ލަސްވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

”ސިއްޙީ ޚިދުމަތުގެ ގިނަ އަދަދެއްގެ ޕްރޮޖެކްޓުތަކެއް ވަނީ ބާތިލުކުރަންޖެހިފައި. 60 މިލިޔަނަށްވުރެ ގިނަ ފައިސާ އިސްރާފުވެފައިވަނީ މިގޮތަށް އެތައް ބަޔަކާ ހަވާލުކުރެވިފައި. އެހެންނަމަވެސް އަޅުގަނޑުމެން މިހާރު މި މަސައްކަތް ކުރަނީ ޤާނޫނީގޮތުން އެ ފައިސާ ހޯދުމަށާއި އަދި ޤާނޫނީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށް،“ ސިއްޙަތާއި އާއިލާ އާއި އިޖުތިމާޢީ އެހީއާބެހޭ މިނިސްޓަރ ޤީލާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިފަހުން ހުއްޓިފައި ހުރި މަޝްރޫއުތައް ކުރިއަށްގެންދެވޭނެ އިތުރު ގޮތްތައް ހޯއްދަވަމުން ގެންދާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، މަސައްކަތް ނުފެށި ހުރި 16 މަޝްރޫއެއްގެ ކޮންޓްރެކްޓް ބާތިލުކޮށްފައިވާ ކަމަށެވެ. މި މަޝްރޫއުތަކުގެ އެޑްވާންސް ފައިސާގެ ގޮތުގައި 60 މިލިޔަނަށްވުރެ ގިނަ ފައިސާ ދޫކޮށްފައިވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު ވިދާޅުވީ، ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ ގާނޫނީ ގޮތުން އެ ފައިސާ ހޯދުމުގެ އިތުރުން ގާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށް ކަމަށެވެ. އަދި މި ސަރުކާރުން މަޝްރޫއުތައް ކުރިއަށްގެންދާނީ އެ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ހަމަޖެހުމުން ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު ޤީލާ އިތުރަށް ވިދާޅުވީ، ސިއްހީ ދާއިރާއާ ގުޅުންހުރި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށްދިޔަ ނަމަވެސް، އެ މަޝްރޫއުތައް ކުރިއަށްދާ މުއްދަތުގައި ވެސް ސިއްހީ ހިދުމަތްތަކަށް ބުރޫ ނާރާނޭހެން ރަނގަޅު ސިއްްހީ ހިދުމަތެއް ފޯރުކޮށްދިނުމަށް ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-09-26T083407
ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ދައުވާތަކުގައި ޓިކްޓޮކުން އެމެރިކާގެ އެލަބާމާއާއެކު ސުލްހައިގެ ފުރަތަމަ އެއްބަސްވުން ގާއިމުކޮށްފި
DSC_8864
ދަރަނި އަދާކޮށް، އަސާސީ ހިދުމަތްތައް ގާއިމުކުރުމުން އިންވެސްޓަރުންގެ އިތުބާރު ލިބޭ: ރައީސް މުޢިއްޒު
marine tech ukulhas
މެރިން ޓެކް ޓްރެއިނިންގް ޕްރޮގްރާމް އއ. އުކުޅަހުގައި ފަށައިފި
download - 2026-09-26T115209
ބިން ހިއްކުމުގެ މަޝްރޫޢުތައް އަވަސްކުރަން އެމްޓީސީސީއަށް ބޮޑު އާ ޑްރެޖަރެއް ގެންނަނީ
Ads by
މަގުބޫލު
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި