Sunday, 25 October 2026
Ads by

ނ. އަތޮޅުގެ 5 ރަށެއްގައި ސަރުކާރުން ތަރައްޤީކުރި ކުޑަކުދިންގެ ޕާކުތައް ހުޅުވައިފި

ނ. އަތޮޅުގެ 5 ރަށެއްގައި ސަރުކާރުން ތަރައްޤީކުރި ކުޑަކުދިންގެ ޕާކުތައް ހުޅުވައިފި

ނޫނު އަތޮޅުގެ ފަސް ރަށެއްގައި ސަރުކާރުން އަލަށް ތަރައްޤީކުރި ކުޑަކުދިންގެ ޕާކުތައް ނިންމައި ރަސްމީކޮށް ހުޅުވައިފިއެވެ. މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، ރަށްރަށުގެ އިޖުތިމާޢީ ދުޅަހެޔޮކަން އިތުރުކުރުމަށާއި ކުޑަކުދިންނަށް ރައްކާތެރި މާޙައުލެއްގައި ކުޅެލާނެ ފުރުޞަތު ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގެ ބައެކެވެ.

Ad Image
Ads by

ނ. އަތޮޅުން މި ހަފްތާގައި ޕާކުތައް ހުޅުވި ރަށްތަކުގެ ތެރޭގައި ހިމެނެނީ ކުޑަފަރީ، ހެނބަދޫ، ކެނދިކުޅުދޫ، ވެލިދޫ އަދި މާޅެންދޫއެވެ.

މާޅެންދޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އެ ރަށުގެ ޕާކު ހުޅުވައިދެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޢަފީފް ޙުސައިން އާއި، މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓްގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ސާލިމް އަދި ކެނދިކުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު އަފޫ ޙާމިދެވެ. މި ރަސްމިއްޔާތުގައި ރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުން ގިނަ އަދަދެއްގެ ކުޑަކުދިންނާއި ބެލެނިވެރިން ބައިވެރިވިއެވެ.

މީގެ އިތުރުން ކުޑަފަރީގައި ތަރައްޤީކުރި ޕާކު ހުޅުވައިދެއްވީ ސްޓޭޓް މިނިސްޓަރު އަޙްމަދު ސާލިމް އާއި މެންބަރު މުޙައްމަދު އަފޫ ޙާމިދެވެ. މި ރަށްތަކުގެ ޕާކުތައް ތަރައްޤީކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާ ޙަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ 29 ވަނަ ދުވަހުއެވެ.

މި މަޝްރޫޢުގެ ދަށުން ޕާކުތަކަށް ބޭނުންވާ ޒަމާނީ ކުޅޭ ސާމާނު ހޯދައި، އެ ތަކެތި ހަރުކުރުމާއި، ޕާކު ސަރަޙައްދު ޒީނަތްތެރިކޮށް އާއިލާތަކަށް ހިތްފަސޭހަ މާޙައުލެއް ވަނީ ޤާއިމުކޮށްފައެވެ. ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިފަދަ ޕާކުތައް ޤާއިމުކޮށް، ކުޑަކުދިންގެ ހެދިބޮޑުވުމަށް ބޭނުންވާ ރައްކާތެރި މާޙައުލުތައް ކަށަވަރުކޮށްދިނުމެވެ. އެގޮތުން މިހާރު ކުރިއަށްދާ މިފަދަ އެހެން މަޝްރޫޢުތައް ވެސް މިއަހަރުގެ ނިޔަލަށް ނިންމުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި