Ads by
ޚަބަރު
ފުރައްސާރަ ކުރުމާއި ހަނގާ ކުރުމަކީ ރައީސް ޞާލިޙްގެ ސިޔާސަތެއް ނޫން: ރޮޒައިނާ

ހަނގާކުރުމާއި ފުރައްސާރަކުރުމަކީ ރައީސް ޞާލިޙުގެ ސިޔާސަތެއްނޫންކަމަށާއި، އެމްޑީޕީ ނުރޫޅޭނެކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

Ads by Eki Online

ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބައިބައި ކުރުމާއި ރޫޅާލުމާއި ފުރައްސާރަ ކުރުމާއި ހަނގާ ކުރުމަކީ ރައީސް ޞާލިޙްގެގެ ސިޔާސަތެއް ނޫން ކަަމަށެވެ.
އަދި ރައީސް ޞާލިޙްއަކީ އެކުވެރިކަމާއެކު މީހުންނާ ގުޅިގެން މަސައްކަތްކޮށް އެގޮތުގައި މަސައްކަތް ކުރުމަށް ހިތްވަރުދެއްވާ ރައީސެއް ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ރައީސް ޞާލިޙްއަކީ ކެތްތެރިބޭފުޅެއްކަން ފާހަގަކުރައްވަމުން ރޮޒައިނާ ވިދާޅުވީ އެމަނިކުފާނަކީ ކަންކަމުގައި ޙައްލު ހޯއްދަވާ ބޭފުޅެއްކަމަށެވެ.

ރޮޒައިނާ މިފަދައިން ވިދާޅުވީ ރޮޒައިނާ ރައީސް ނަޝީދު އުފެއްދެވި އާ ޕާޓީ “ދަ ޑިމޮކްރެޓްސް”އަށް ސޮއި ކުރުމަށް ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި، ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ, އެމްޑީޕީ ރޫޅާލާނެ ކަމަށް ވިދާޅުވެ އެމަނިކުފާނު ދެއްވި އިންޒާރާއި ގުޅުވައިގެންނެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *