Wednesday, 12 August 2026
Ads by

އީރާނުން ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ހަރުކަށި ޝަރުޠުތަކެއް ކަނޑައަޅައިފި، ސުލްޙައިގެ އެއްބަސްވުމަށް ހުރަސްތަކެއް!

އީރާނުން ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ހަރުކަށި ޝަރުޠުތަކެއް ކަނޑައަޅައިފި، ސުލްޙައިގެ އެއްބަސްވުމަށް ހުރަސްތަކެއް!

(މުސްކަޓް ޑެއިލީ މެދުވެރިކޮށް)

ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށް ކުރެވެމުންދާ ޑިޕްލޮމެޓިކް މަސައްކަތްތަކަށް ބޮޑު ހުރަހަކާ ކުރިމަތިވެއްޖެއެވެ. މިކަން ދިމާވީ އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލް (އެސްއެންއެސްސީ) ގެ ސެކްރެޓަރީ މުޙައްމަދު ބާގިރު ޒޮލްގަދްރު، އެމެރިކާއަށް އަމާޒުކޮށް ގިނަ ޝަރުޠުތަކެއް ހުށަހެޅުމާ ގުޅިގެންނެވެ. މިކަމުން ދައްކުވައިދެނީ އީރާނުން މަޝްވަރާތަކުގައި ގެންގުޅޭ ސިޔާސަތު އިތުރަށް ހަރުކަށިކޮށް، އޮމާނުގައި ކުރެވެމުންދިޔަ ކަނޑުމަތީގެ ޓެކްނިކަލް މަޝްވަރާތަކުގެ ބަދަލުގައި ބޮޑެތި އިޤްތިޞާދީ އަދި ސިޔާސީ ކަންތައްތަކަކަށް އަމާޒު ހިފާފައިވާ ކަމެވެ.

Ad Image
Ads by

އީރާނުން ހުށައެޅި ޝަރުތުތައް

– ފާރިސީ ކަނޑުއޮޅީގައި އެމެރިކާއިން ހިންގާ ނޭވަލް ބްލޮކޭޑް (ކަނޑުގެ މަގު ބަންދުކުރުން) ވަގުތުން ހުއްޓާލުން.

– އިޤްތިޞާދީ ގޮތުން އަޅާފައިވާ ހުރިހާ ދަތިކުރުމުގެ ފިޔަވަޅުތަކެއް (ސޭންކްޝަންތައް) އުވާލުން.

– ހިފަހައްޓާފައިވާ އީރާނުގެ ހުރިހާ ފައިސާއެއް އެއްވެސް ޝަރުޠަކާ ނުލައި ދޫކޮށްލުން.

– ހަނގުރާމައިގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ދިނުން.

– މުސްތަޤުބަލުގައި އަސްކަރީ ޙަމަލާއެއް ނުދޭނެކަމުގެ ޤާނޫނީ ޔަޤީންކަން ދިނުން.

މިކަމުގެ ސަބަބުން އޮމާނުން މެދުވެރިއެއްގެ ބައިދާކޮށްގެން ކުރިއަށްގެންދިޔަ ”މިޑްލް ކޮރިޑޯ“ އެއްބަސްވުމުގެ މަސައްކަތް ވަނީ ހުއްޓުމަކަށް އައިސްފައެވެ. އަދި ކަނޑުދަތުރުފަތުރުގެ ނުރައްކާތެރިކަން ބޮޑުވެ، ތެލުގެ ބާޒާރުގައި އިންޝުއަރެންސް އަގުތައް ވަނީ އުފުލިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
d0955384-f0c1-4424-b42a-f7fa8ae48877
އެމްއޭސީއެލްގެ އޭވިއޭޝަން އިންސްޓިޓިއުޓް "އެއިމް" އިފްތިތާހުކޮށް، ފުރަތަމަ ބެޗް ދަސްވެނިވެއްޖެ
fe9c8e92-f9fc-4588-8df6-837b2998f66d
ވާހަކަދެއްކުމުގެ ގައުމީ މުބާރާތުން އެންމެ މަތީ ވަނަތައް ހާސިލުކުރާ ފަރާތްތަކަށް ޢުމްރާ ދަތުރެއް
MMA3
ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު އެމްއެމްއޭއިން 51 އިންސައްތަ އިތުރުކޮށްފި
02749754-cd2a-4709-bf79-523586cb51b9
އެއިމްގެ ސަބަބުން އޭވިއޭޝަންގެ ދާއިރާއަށް ގާބިލު މީހުން ބިނާކުރުން ހަލުވިވާނެ: ޝަރީފް
Ads by
މަގުބޫލު
AB6DE163-F653-4B48-BBD4-7ED2187353D2
ބަލިމީހުންގެ ފުރާނަ ސަލާމަތްކުރަން އުޅުނު ޒުވާން ނަރުސް މިއަދު އަމިއްލަ ފުރާނައަށްޓަކައި އެހީއަކަށް އެދި އާދޭސްކުރަނީ
770688466_27000402432966038_4102168319744938549_n
ކުރީގެ ބޮޑުވަޒީރު ފާމުދޭރިކިލެގެފާނުގެ ކާފަދަރިކަނބަލުން ޤުލްފިޝާން އަވަހާރަވެއްޖެ
HO_gaNOaAAE4pqQ
ސަޕްލައި ދޯންޏެއް ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ސިފައިންގެ މީހަކާއި ފުލުހަކާއި ކައްޕި ގެއްލިއްޖެ
20260809_104625
ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި ޔޫއޭއީގެ ތެޔޮ އުޅަނދަކަށް ޙަމަލާދީ އޮމާނު ކައިރިން ދެވަނަ އުޅަނދަކަށްވެސް ޙަމަލާ އަމާޒުވެއްޖެ!